Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެނާޓޯ ލިވަޕޫލަށް ބަދަލުވުން

ރެނާޓޯ ހޯދުމުގެ ރޭހުގެ ކުރީގައި ލިވަޕޫލް

19 އޯގަސްޓު 2021 | ބުރާސްފަތި 13:50

ލިލްއިން ރެނާޓޯ ވިއްކާނީ 40 މިލިޔަން ޕައުންޑަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 އޯގަސްޓު 2021 | ބުރާސްފަތި 13:50
ޕޯޗުގަލުގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް

ޕޯޗުގަލުގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް | ގެޓީ އިމޭޖަސް

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވިދާލި ޕޯޗުގަލުގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭސް ހޯދުމުގެ ރޭހުގެ ކުރީގައި އުޅެނީ ލިވަޕޫލް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ފަސް އަހަރު ކުރިން ޕޯޗުގަލުން ޔޫރޯ ކާމިޔާބުކުރިއިރު ވިދާލި ރެނާޓޯ ވަނީ މި ފަހަރުގެ ޔޫރޯގައިވެސް މޮޅު ކުޅުމެއް ދައްކާއެވެ. އެއާއެކު ފްރާންސްގެ ލިލްއަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ ރެނާޓޯ ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އަންނަނީ ފާރަލަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރެނާޓޯ ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަނީ ލިވަޕޫލާއި ބާސެލޯނާއިންނެވެ. ޔޫރަޕުގައި ރެނާޓޯގެ ޑިމާންޑް ބޮޑުވެފައިވާއިރު، ލިލްއިން ރެނާޓޯ ވިއްކަން ކަނޑައަޅާފައިވާ އަގަކީ 40 މިލިޔަން ޕައުންޑެވެ. އެހެންކަމުން މާލީ ގޮތުން އަޑިއަޅާލާފައިވާ މި ދަނޑިވަޅުގައި ބާސާއިން ރެނާޓޯ ނުގެންނާނެ ކަމަށް ދާދި ފަހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެއާއެކު މި ފަހަރުގެ ޓްރާންސްފާގައި ރެނާޓޯ ބަދަލުވުން އެންމެ ގާތީ ލިވަޕޫލަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން، ރެނާޓޯގެ ޑީލުގެ ކަންކަން ނިންމުމުގެ މަސައްކަތް ލިވަޕޫލުން މިހާރު ކުރަމުން އަންނަ ކަމަށްވެސް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބެންފީކާ ޓީމުން ފާހަގަވި ރެނާޓޯ 2016 ވަނަ އަހަރުގެ ޔޫރޯއަށްފަހު ބަދަލުވީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށެވެ. އެ ޓީމުގައި ރެނާޓޯ ތިން ސީޒަން ހޭދަކުރިއިރު، އޭނާ ވަނީ ބަޔާނުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ ސްވަންސީ ސިޓީއަށް ކުޅެފައެވެ.

އެއަށްފަހު ރެނާޓޯ ލިލްއަށް ބަދަލުވީ 2019 ވަނަ އަހަރު 21 މިލިޔަން ޕައުންޑަށެވެ. އޭނާ އަކީ ލިލްގެ ތާރީޚުގައި އެ ޓީމަށް ސޮއިކުރި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އެ ފަހަރު ރެނާޓޯ ވަނީ ލިލްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

މިދިޔަ ސީޒަނުގައި ލިލްއިން ފްރެންޗް ލީގު ކާމިޔާބު ކުރިއިރު ރެނާޓޯ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ދާދި ފަހުން ލިބުނު އަނިޔާއެއްގެ ސަބަބުން ރެނާޓޯ ވަނީ ހަ ހަފުތާއަށް ކުޅުމާ ދުރަށްދާން ޖެހިފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ

08 މާރިޗު 2017
އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
25 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

25 ފެބުރުއަރީ 2017
 އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
10 ފެބުރުއަރީ 2017

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ

05 ފެބުރުއަރީ 2017
އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް