Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލ. ފޮނަދޫ މަގު ހެދުމުގެ މަސައްކަތް

އީއައިއޭ ރިޕޯޓު ނިމުނުހާ އަވަހަކަށް ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފަށާނަން: އާޒިމް

19 އޯގަސްޓު 2021 | ބުރާސްފަތި 13:23

ފުރަތަމަ ފިޔަވަހީގެ މަސައްކަތް އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 އޯގަސްޓު 2021 | ބުރާސްފަތި 13:23
ލ. ފޮނަދޫގެ މަގުމަތި

ލ. ފޮނަދޫގެ މަގުމަތި

ލ. ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް އީއައިއޭ ރިޕޯޓު ނިމުނުހާ އަވަހަކަށް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

ލ. ފޮނަދޫ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ 2017 ވަނަ އަހަރުއެވެ. ނަމަވެސް މަސައްކަތް ހުއްޓި ދިގު މުއްދަތެއް ފާއިތުވީ ފަހުން، އަލުން އެމްޓީސީސީއާ ހަވާލުކޮށްގެން މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ޖޫންމަހުއެވެ. މިދިޔަ ޑިސެމްބަރުމަހު ވަނީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައެވެ.

Advertisement - newsAdvertisement

ލ. ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން މިހާރު ވަނީ ފަށާފައެވެ. މިކަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި މަސައްކަތުގެ ޑިޒައިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ އީއައިއޭ ރިޕޯޓު ނިންމުމުގެ މަސައްކަތް ކަމަށާއި، މި ރިޕޯޓު އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން ނިމޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އީއައިއޭ ރިޕޯޓު ތައްޔާރުކޮށް ނިމުނުހާ އަވަހަކަށް ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ފޮނަދޫ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން މިހާރު ނުނިމި ވަނީ ޕޭވްމެންޓް ނިންމުމުގެ މަސައްކަތާއި، މަގުތަކުގެ ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތެވެ. މި މަސައްކަތްތައް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. ފޮނަދޫ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގައި އެރަށުގެ 13 މަގެއް ހަދާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

ފޮނަދޫގެ މަގުތައް ތަރައްގީކުރުމާއި ގުޅޭގޮތުން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ ފޮނަދޫގެ މަގުތައް ހަދާއިރު ގިނަ ބަޔަކު އާންމުކޮށް ބޭނުންކޮށް އުޅޭ މަގުތައް ހެދުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަމަށެވެ. މީގެތެރޭގައި އޮފީސްތައް ހުންނަ މަގުތަކާއި، ރަށުގެ ބޮޑެތި މަގުތައް ހެދުމަށް ޚާއްސަ އިސްކަމެއް ދޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވީ މަގުތައް ނުހެދި މިވީ ދުވަސްތަކުގައި ފެން ބޮޑުވުމާއި، އަދިވެސް އެފަދަ އެތައް ދައްޗަކާއި ކުރިމަތިލާންޖެހުނު ކަމަށެވެ.

ލ. ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިނިސްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 3.64 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމެއް ގާއިމްކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއަކީ 53.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ގދ ފިޔޯރީ އަށް ވީއެންމެ އަވަހަކަށް ކަރަންޓް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ފެނަކަ

21 އެޕްރީލު 2017
ގދ ފިޔޯރީ އަށް ވީއެންމެ އަވަހަކަށް ކަރަންޓް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ފެނަކަ
18 އެޕްރީލު 2017

ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

18 އެޕްރީލު 2017
ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
30 މާރިޗު 2017

ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

30 މާރިޗު 2017
ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
24 މާރިޗު 2017

ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

24 މާރިޗު 2017
ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!
23 މާރިޗު 2017

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
04 މާރިޗު 2017

ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި

04 މާރިޗު 2017
ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް