Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގެ މަގުތަކުގެ މަޝްރޫޢު

މާލޭގެ މަގުތަކުގެ މަޝްރޫޢު އެހެން ބަޔަކާ ހަވާލުކުރައްވަން މުޢިއްޒު ބޭނުންފުޅުވާކަމަށް މޫކޭ ތުހުމަތުކުރައްވައިފި

19 އޯގަސްޓު 2021 | ބުރާސްފަތި 12:11

ކުރީގެ ވިސްނުންފުޅުގެ ތެރެއިން ޚިޔާނާތާއި ވައްކަމުގައި ކަންކަން ކުރިއަށް ގެންދަންވެއްޖެނަމަ އުނދަގޫ ވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 އޯގަސްޓު 2021 | ބުރާސްފަތި 12:11
އާރްޑީސީ އަތުން މަޝްރޫޢު އަތުލުމަށް މޭޔަރ މަސައްކަތް ކުރައްވާ ކަަމަށް ތުހުމަތު ކުރެއްވި

އާރްޑީސީ އަތުން މަޝްރޫޢު އަތުލުމަށް މޭޔަރ މަސައްކަތް ކުރައްވާ ކަަމަށް ތުހުމަތު ކުރެއްވި

މާލެސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މަގުތަކުގެ މަޝްރޫޢު އެހެން ބަޔަކާ ހަވާލުކުރައްވަން ބޭނުންފުޅުވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) ތުހުމަތުކުރައްވައިފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ މިހާރު ކަންތައްތައް ގެންދަވާ މިސްރާބު ގޮސް ނިމޭތަން ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. އާރްޑީސީ އަތުން މަޝްރޫޢު އަތުލުމަށް މޭޔަރ މަސައްކަތް ކުރައްވާ ކަމަށާއި, ކްލައިންޓަށް އިޙްތިރާމު ކުރުމުގެ ގޮތުން އެވާހަކަތައް ނުދައްކަވާ މަޑުޖައްސާލި ކަމަށެވެ. އެހެންނަމަވެސް މިއަދު އެކަންތައްތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށާއި, ކުރީގެ ވިސްނުންފުޅުގެ ތެރެއިން ޚިޔާނާތާއި ވައްކަމާއެކު ކަންތައްތައް ކުރިއަށް ގެންދަން ޖެހިއްޖެނަމަ އުނދަގޫ ވާނެ ކަމަށެވެ.

Advertisement - newsAdvertisement

މޫކޭ ވިދާޅުވީ, މުޢިއްޒު އެދިވަޑައިގަންނަވާ ގޮތަށް މާލޭގެ މަގުތަކުގެ މަސައްކަތް އެހެންބަޔަކާ ހަވާލު ކުރާނެ ފޯމިލާއެއް ހޯދައިފިނަމަ މުޢިއްޒުއާ މައްސަލަ ނުޖެހޭނެ ކަމަށެވެ. މުކޭ މިހެން ވިދާޅުވެފައިވާއިރު މުޢިއްޒުއަށް ސަރުކާރުގެ މުއައްސަސާތައް ކަމުނުދާކަން އެމަނިކުފާނު ދަނީ ތަކުރާރުކޮށް ފާހަގަކުރައްވަމުންނެވެ.

މޭޔަރު ކަމަށް ހޮވިވަޑައިގަތުމަށްފަހު މުޢިއްޒު ގެންދަވަނީ މާލޭ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވުމަށް މަސައްކަތްތައް ކުރައްވަމުންނެވެ. މި މަސައްކަތްތައް ކޮށްދެއްވުމަށްޓަކައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ޚިޔާލުތައް ވެސް ގެންދަވަނީ ހޯއްދަވަމުންނެވެ. އަދި އެ ޚިޔާލުތަކާ ގުޅޭގޮތުން ސަރުކާރުގެ އެކި މުއައްސަސާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ގެންދަވަނީ ބާއްވަވަމުންނެވެ. އެހެންނަމަވެސް މިފަދަ ބައްދަލުވުންތަކަށްފަހު، މުޢިއްޒުގެ ވާހަކަފުޅުން ހާމަވެގެންދާ އެއްކަމެއް އެބައޮތެވެ. އެއީ ސަރުކާރުގެ މުއައްސަސާތައް އެމަނިކުފާނަށް ކަމުނުދާ ކަމެކެވެ.

ދާދިފަހުން އެމަނިކުފާނު ވަނީ ގިނަ މުއައްސަސާތަކުން ޖެއްސުން ކުރާކަމަށް ތުހުތަމުކޮށް އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ގިނަ މުއްސަސާތަކާއެކު މަސައްކަތް ކުރެއްވުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް މުޢިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ސަރުކާރުގެ ގިނަ މުއައްސަސާތަކާ ސިޓީ ކައުންސިލާ ދެމެދު މިހާރު ވަނީ މައްސަލަ ޖެހިފައެވެ. އެގޮތުން ގުޅީފަޅުގެ ބިމުގެ މައްސަލާގައި ޕްލޭނިންގ މިނިސްޓްރީއާ ދެބަސް ވެފައިވާއިރު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އަށް ދޫކޮށްފައިވާ ބިމެއް މާލެ ސިޓީ ކައުންސިލުން ހުސްކުރި މައްސަލާގައި ސްޓެލްކޯއިން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެތަނުގައި ހުރި ބައެއް ސާމާނުތައް ގެއްލިފައިވާއިރު ފެންސުތައް ނަގައިގެން ގެންދިޔަކަމުގެ ތުހުމަތު ވެސް ސިޓީ ކައުންސިލްގެ މައްޗަށް ކުރެވި، އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއެކު ބޭއްވި ބައްދަލުވުމަށްފަހު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ގޭގެއަށް އަރައި, ކުނި ނަގާނެ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ ވާހަކަދައްކަވާފައެވެ. މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ގޭބިސީތަކުން ކުނި ނެގުމާއި މާލޭގެ އާންމު ތަންތަނުން ކުނި ނެގުމަށް ކުރަމުންދާ މަސައްކަތް މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒަށް އޮޅިވަޑައިގެންފައިވާ ކަމަށާއި، ގޭބީސީތަކުން ކުނި ނެގުމުގެ އިންތިޒާމަށް ބަދަލެއް ގެނައުމަށް މަޝްވަރާ ނުކުރެވޭ ކަމަށް މެނޭޖިން ޑިރެކްޓަރު އާދަމް މުޙައްމަދު ވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު އުތުރު ސެގްމަންޓްގެ އަމަލީ މަސައްކަތް ފެށުމަށް އަންގާރަ ދުވަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ބޭއްވި ހަފްލާގައި ވެސް މުޢޖއްޒު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ, ސަރުކާރުން އެކި ކުންފުނިތައް މެދުވެރިކޮށް "ޖެއްސުން ކުރުމަށް" މަސައްކަތް ކުރާ ކަމަށާއި, އަދި ޙަފްލާ އިން ވެސް އެކަން ފެނިގެންދާ ކަމަށެވެ. ސިޓީ ކައުންސިލްގެ އެއްވެސް ލޯގޯއެއް ހަފްލާގައި ނެތްކަން ފާހަގަކުރައްވައި، ހަފްލާގައި ވާހަކަދެއްކެވުމުގެ ފުރުސަތަކަށް އެދިވަޑައިގެން އާދޭސް ކުރައްވަން ޖެހިވަޑައިގަތް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދުދެއްވައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވީ އާރްޑީސީން އެގޮތަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ސިޓީ ކައުންސިލާއެކު އެއްބާރުލުން ދީގެން މަސައްކަތް ކުރިއަށް ގެންދެވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އާރްޑީސީގެ އަމާޒަކީ ސިޓީ ކައުންސިލަށް ޖެއްސުން ކުރުން ނޫންކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ, ކުންފުނީގެ ބޭނުމަކީ ރައްޔިތުންނަށް އަވަސް، ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމުގައެވެ.

މޫކޭ މިހެން ވިދާޅުވެފައިވާއިރު މުޢިއްޒު ގެންދަވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މުއައްސަސާތައް ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަވަމުންނެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

5

ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ދައުލަތުގެ މުއައްސަސާތަކުން ގޮތެއް ނިންމަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށްގެންދާނަން: ސައީދު

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް