Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޢަދާލަތު ޕާޓީގެ 16ވަނަ އަހަރީ ޖަލްސާ

ދީނުގެ އަސާސްތަކާ އެއްގޮތަށް ސަރުކާރުން އަމަލުކުރާހާ ހިނދަކު ކޯލިޝަންގައި ދެމިއޮންނާނަން: ޢިމްރާން

އަދާލާތު ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މަސްރަޙަށް އުފަންވި 3ވަނަ ޕާޓީ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 18 އޯގަސްޓު 2021 | ބުދަ 19:20
ޢަދާލަތު  ޕާޓީގެ 16ވަނަ އަހަރީ ދުވަހުގެ ޚާއްސަ ޖަލްސާ

ޢަދާލަތު ޕާޓީގެ 16ވަނަ އަހަރީ ދުވަހުގެ ޚާއްސަ ޖަލްސާ

ސިޔާސީ މައިދާނުގައި, އިސްލާމް ދީނުގެ އަސާސްތަކާއި އެއްގޮތަށް ރާއްޖޭގެ ސިޔާދަތު ރައްކާތެރިކުރުމަށް މި ސަރުކާރުން މަސައްކަތްކުރާހާ ހިނދަކު އަދާލަތު ޕާޓީން ކޯލިޝަންގައި ދެމި އޮންނާނެ ކަމަށް ހޯމް މިނިސްޓަރ އަދި ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ އެ ޕާޓީގެ 16ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ އެ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މައިދާނަށް އުފަންވި 3 ވަނަ ސިޔާސީ ޕާޓީކަން ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ ޢަދާލަތު ޕާޓީ ދެމިއޮންނަނީ އިސްލާމް ދީނުގެ ހައްގުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށާއި, ދިވެހިރާއްޖޭގެ އިސްތިޤްލާލަށް ލޮޅުން އަރާފަދަ ކަމެއް ވިޔަ ނުދޭން ކަމަށެވެ. 2005ވަނަ އަހަރު އެ ޕާޓީ އުފެދުނީއްސުރެ ގެންގުޅެމުން އަންނަ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މިއަދު ޢަދާލަތު ޕާޓީ ވަނީ ސަރުކާރުގެވެސް ވަރަށް މުހިންމު ބައިވެރިއަކަށް ވެފައި ކަމަށް ޢިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ, އަދާލަތު ޕާޓީއަކީ މިއަދުގެ ކޯލިޝަން ސަރުކާރުގެ ބައިވެރިއަކަށް ވާއިރު، އިސްލާމް ދީނުގެ އަސާސްތަކާއި ރާއްޖޭގެ ސިޔާދަތުތައް ދަމަހައްޓަން މި ސަރުކާރުން މަސައްކަތްކުރާހާ ހިނދަކު އެ ޕާޓީ ކޯލިޝަންގައި ދެމި އޮންނާނެ ކަމަށެވެ. އަދި ސަރުކާރުން މިކަންކަމާ ޚިލާފުވާނަމަ ކޯލިޝަނުން ވަކިވާން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

ޢިމްރާން ވިދާޅުވީ ޢަދާލަތު ޕާޓީ އުފެދިގެން މި ފާއިތުވި 16 އަހަރުގެ ތެރޭގައި އެ ޕާޓީން ވަނީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. އެގޮތުން ޕާޓީގެ އެކި މަގާމުތައް އުފައްދައި މަގާމުތަކަށް ބޭފުޅުން ޢައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލުމަށް މިހާރު މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. މިކަންކަމުގައި އެ ޕާޓީން ވަނީ އެހެނިހެން ސިޔާސީ ޕާޓީތަކަށް ނަމޫނާ ދައްކާފައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ވާހަކަފުޅަށްފަހު ޢިމްރާން ވަނީ ޢަދާލަތު ޕާޓީއާ ގުޅުމުގެ ފުރުސަތު އަބަދުވެސް އޮންނާނެކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ޒުވާނުންނަށް އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާރު ޕާޓީގައި ތިބި މެމްބަރުންނަށް ބަލައިލި ނަމަވެސް ތަޢުލީމީ، ޒުވާން ގިނަ މެމްބަރުން ތިބިތަން ފެންނާނެ ކަމަށް ޢިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީ އުފެދުމަށް 16 އަހަރު ފުރިފައިވާއިރު، އަދާލަތު ޕާޓީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަދާ ހަމައަށްވެސް ދެމިއޮތް ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެކެވެ.

އަދާލަތު ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން

ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން

22 އޮކްޓޯބަރު 2025
ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!

ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!

20 އޮކްޓޯބަރު 2025
ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި

ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު