Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާންގެ ހާލަތު

އަފްޣާންގެ ހެރަތު ޕްރޮވިންސްގެ އަންހެން ކުދިން ސްކޫލަށް ދާން ފަށައިފި

ޠާލިބާނުންނާއެކު ކުރަމުންދާ މަސައްކަތްތަކުގައި އުއްމީދީ ނަތީޖާތަކެއް ނެރެވިދާނެކަމަށް ގަބޫލު ކުރެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 އޯގަސްޓު 2021 | ބުދަ 16:40
އަފްޣާނިސްތާނުގައި މިހާރު ބާރު ހިންގަމުންދަނީ ޠާލިބާނުން

އަފްޣާނިސްތާނުގައި މިހާރު ބާރު ހިންގަމުންދަނީ ޠާލިބާނުން

ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އަފްޣާނިސްތާނުގެ ހެރަތު ޕްރޮވިންސްގެ އަންހެން ކުދިން ސްކޫލަށް ދާން ފަށައިފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ހުޅަނގު ހެރަތު ޕްރޮވިންސްގައި އަންހެން ކުދިން ސްކޫލަށް ދާން ފަށާފައިވާއިރު، މިއީ ޠާލިބާނުން މަނާ ކުރާނެ ކަމެއްކަމަށް ކުރިން އޮތީ ބެލެވިފައެވެ. ސަބަބަކީ 1990ގެ އަހަރުތަކުގައި ޠާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރިއިރު، އަންހެން ކުދިން ސްކޫލަށް ފޮނުވުމާ ގުޅޭގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވުމެވެ. އޭއެފްޕީ ނިއުސްއާ ހަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ހެރަތު ޕްރޮވިންސްގެ ސްކޫލުތަކުގައި އަންހެން ކުދިން ކިޔަވަން ދާން ފަށާފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

އެ ޕްރޮވިންސްގެ ދަރިވަރެއްކަމަށްވާ ރުޤިއްޔާއާ ޙަވާލާދީ އޭއެފްޕީގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ޠާލިބާނުން އަންހެން ދަރިވަރުންނަށްވެސް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ގިނަ ބަޔަކު ކުރާ އުއްމީދެކެވެ. އެގޮތުން ޤައުމުގައި ހަނގުރާމަތަކެއް ކުރިއަށްދާން ބޭނުން ނުވާ ކަމަށާއި، އެހެން ޤައުމުތައް ފަދައިން ކުރިއަރައި، އަމާންކަން ޤާއިމުވާން އެދޭކަމަށް ރުޤިއްޔާ ވަނީ އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައެވެ.

އޭގެ އިތުރުން، ޔުނިސެފްގެ ޗީފް ފީލްޑް އޮޕަރޭޝަންސްއިން ވެސް ވަނީ ޠާލިބާނުންނާއެކު ކުރަމުންދާ މަސައްކަތްތަކުގައި އުއްމީދީ ނަތީޖާތަކެއް ނެރެވިދާނެކަމަށް ޤަބޫލު ކުރެވޭކަމަށް ބުނެފައެވެ. އެގޮތުން އަންހެން ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ކުރަމުންދާ މަޝްވަރާތައް މިހާތަނަށް ކުރިއަށްދަނީ ވަރަށް އުއްމީދީ ގޮތެއްގައިކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެން މިހާރުވެސް ޠާލިބާނުންނާއި ޔުނިސެފްގެ ފީލްޑް އޮޕަރޭޝަންސްއާ މަޝްވަރާ ކުރަމުންދާކަމަށް ޔުނިސެފްގެ ޗީފް ފީލްޑް އޮޕަރޭޓަރ މުޞްޠަފާ ބިން މަސްޢޫދު ވިދާޅުވެފައިވެއެވެ.

މުޞްޠަފާ ވިދާޅުވީ، އަފްޣާނިސްތާނުގައި ހުންނަ ޔުނިސެފްގެ 13 ފީލްޑް އޮފީހުގެ ތެރެއިން 11 އޮފީހެއް މިހާރުވެސް އޮޕަރޭޓް ކުރަމުންދާ ކަމަށެވެ. އަދި އެއިން އެއްވެސް އޮފީހަކުން ޠާލިބާނުންނާމެދު އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހެޅިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ސަރުކާރު އެމީހުންގެ ބާރުގެ ދަށަށް ގެނެސް ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޠާލިބާންގެ ތަރުޖަމާނު ޛަބީޙުﷲ މުޖާހިދު ވިދާޅުވީ, އެމީހުން އަންހެނުންގެ ޙައްޤުތަކަށް އިޙްތިރާމުކުރާނެ ކަމަށެވެ. އަންހެނުން ވަޒީފާއަށް ނުކުތުމާއި, އަންހެން ކުދިން ތަޢުލީމު ހާސިލުކުރުމަށް ސްކޫލްތަކަށް ދިޔުމަށް ހުރަސް ނާޅާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހުރިހާ ކަމަކަށް ވެސް ޖާގަދޭނެ ކަމަށާއި، އަންހެނުންނާ މެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އަފްޣާނިސްތާންޔުނިސެފް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު