Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެއްކާބެހޭ ބިލު ފޮނުވުން

ހެއްކާބެހޭ 45 އަހަރުވީ ޤާނޫނު އުވާލުމަށް، ހެއްކާބެހޭ އައު ބިލެއް އޭޖީ އޮފީހުން ފޮނުވައިފި

18 އޯގަސްޓު 2021 | ބުދަ 13:43

ހެކިބަސް ނެގުމުގެ މަރުޙަލާތައްވެސް ބަޔާން ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 އޯގަސްޓު 2021 | ބުދަ 13:43
ބަންޑާރަނައިބު އިބްރާހީމް ރިފްޢަތު

ބަންޑާރަނައިބު އިބްރާހީމް ރިފްޢަތު

މިހާރު އަމަލު ކުރަމުންދާ, ހެއްކާބެހޭ ޤާނޫނުގެ ބަދަލުގައި ޒަމާނާ އެކަށީގެންވާ އުސޫލުތައް އެކުލެވޭ, ހެއްކާބެހޭ ބިލެއް ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެކަމާ ގުޅޭގޮތުން ބަންޑާރަނައިބު (އޭޖީ) އޮފީހުން ބުނީ، ހެއްކާބެހޭ އުސޫލުތައް މިހާރު ތަންފީޒު ކުރެވެމުން ދަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު)އާއި، ޤާނޫނު ނަންބަރު 14/72 (އަންހެނުންގެ ހެކިބަހުގެ ޤާނޫނު)ގެ ދަށުން ކަމަށެވެ. އެގޮތުން މި ބިލަކީ ޤާނޫނު އަސާސީގެ 42ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ "އިންސާފުން ޝަރީއަތް ކުރެވުމުގެ ޙައްޤު" އެ ގޮތުގައި ކަށަވަރު ކޮށްދިނުމަށް ބޭނުންވާ މައިގަނޑު އެއް އަސާސްކަމަށްވާ, ހެކީގެ އުސޫލުތައް ބަޔާންކުރާ ތަފްސީލީ އަދި ޒަމާނީ ޤާނޫނީ އޮނިގަނޑެއް ތަޢާރަފު ކުރުމަށްޓަކައި ހުށައަޅާ ބިލެއްކަމަށް އެއޮފީހުން މައުލޫމާތު ދެއެވެ.

Advertisement - newsAdvertisement

ބަންޑާރަނައިބުގެ އޮފީހުން ބުނީ، މި ބިލުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވިގެންވާ ގޮތާއި، ކަމެއް ސާބިތު ކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި، ހެކި ހުށައެޅުމާއި، ހެކި ބަލައިގަތުމާއި، ވަޒަން ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާއި، އެނޫންވެސް އާންމު އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާފައިވާނެ ކަމަށެވެ.

މި ޤާނޫނު ހިނގާނެ ދާއިރާތައްވެސް އެ އޮފީހުން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައި ހިނގާ މަދަނީ އަދި ޖިނާއީ މައްސަލަތަކާއި، ޓްރައިބިއުނަލްގައި ހިނގާ މައްސަލަތަކާއި، ދައުލަތުގެ އިދާރާތަކުން ތަހުގީގުކުރާ ނުވަތަ ފިޔަވަޅު އަޅާ މައްސަލަތަކާއި، ދައުލަތުގެ އިދާރާއަކުން ތައުދީބީ ފިޔަވަޅު އެޅުމުގެ ބާރު އޮވެގެން ބަލާ މައްސަލަތަކުގެ މައްޗަށް މި ޤާނޫނު ހިނގާނެކަމަށް އޭޖީ އޮފީހުން މައުލޫމާތު ދެއެވެ.

އޭޖީ އޮފީހުން ވަނީ ވަސީލަތަށް ބުރަވެ ހެކި ބައި ކުރެވޭ ގޮތާއި، ދަރަޖައަށް ބުރަވެ ހެކި ބައިކުރެވޭ ގޮތްތަކާއި، ގުޅުމަށް ބުރަވެ ހެކި ބައި ކުރެވޭ ގޮތްތައް މި ބިލުގައި ބަޔާންކޮށްފައެވެ. އަދި ޝަފަހީ ހެއްކާއި، ކިތާބީ ހެކީގެ އިތުރުން، މާއްދީ ހެއްކަކީ ކޮބައިކަންވެސް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، ހެކިބަސް ނެގުމުގެ މަރުޙަލާތައްވެސް ބަޔާންކޮށްފައިވާއިރު، އެގްޒެމިން ކުރުމުގެ މަރުޙަލާއާއި، ކްރޮސް-އެގްޒެމިން ކުރުމުގެ މަރުޙަލާގެ އިތުރުން، ރީ-އެގްޒެމިން ކުރުމުގެ މަރުޙަލާ ބަޔާންކޮށްފައިވެއެވެ. އަދި ހެކި ވަޒަން ކުރުމާއި، ހެކީގެ ގޮތުގައި ހުށައެޅޭނެ، އިމްތިޔާޒް ލިބިގެންވާ ކަންކަންވެސް ވަނީ ބަޔާންކޮށްފައެވެ.

އޭޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ބިލު ޤާނޫނަކަށް ވުމާއެކު ކުރިން އަމަލު ކުރަމުން އައި ހެއްކާބެހޭ ޤާނޫނާއި އަންހެނުންގެ ހެކިބަހުގެ ޤާނޫނު އުވިގެންދާނެއެވެ.

އޭޖީ އޮފީސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

07 މެއި 2024

އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު

07 މެއި 2024
އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު
20 ޑިސެމްބަރު 2023

އިޓްލޮސްގެ ނިންމުން ރިވިއު ކުރުމާއި ގުޅޭގޮތުން ކޮމިޓީއެއް އެކުލަވާލައިފި

20 ޑިސެމްބަރު 2023
އިޓްލޮސްގެ ނިންމުން ރިވިއު ކުރުމާއި ގުޅޭގޮތުން ކޮމިޓީއެއް އެކުލަވާލައިފި
14 ނޮވެމްބަރު 2023

ތިން ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި

14 ނޮވެމްބަރު 2023
ތިން ބިލެއް މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފި
07 އޯގަސްޓު 2023

ޔާމީނު ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކަވާތީ އޭޖީ އޮފީހުން ކޯޓަށް

07 އޯގަސްޓު 2023
ޔާމީނު ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކަވާތީ އޭޖީ އޮފީހުން ކޯޓަށް
05 ފެބުރުއަރީ 2023

މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ނިންމައިފި

05 ފެބުރުއަރީ 2023
މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ނިންމައިފި
24 އޮކްޓޯބަރު 2022

އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި ސިޔާސީ އެއްވެސް ކަމެއް ނުހިމެނޭ: މިއުވާން

24 އޮކްޓޯބަރު 2022
އިޓްލޮސްގައި ކުރިއަށްދާ މައްސަލާގައި ސިޔާސީ އެއްވެސް ކަމެއް ނުހިމެނޭ: މިއުވާން
24 އޮކްޓޯބަރު 2022

މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުކުރިޔަސް އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލެންޖެހޭ ސަބަބެއް ނޫން – މެންބަރުން

24 އޮކްޓޯބަރު 2022
މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ގަބޫލުކުރިޔަސް އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލެންޖެހޭ ސަބަބެއް ނޫން – މެންބަރުން
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފަށައިފި

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފަށައިފި
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދި ގަރާރެއް ހުށަހަޅައިފި

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދި ގަރާރެއް ހުށަހަޅައިފި
24 އޮކްޓޯބަރު 2022

ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

24 އޮކްޓޯބަރު 2022
ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް