Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސްގެ ކޮޅުމަޑުލު ދަތުރުފުޅު

ރައީސްގެ ތ. އަތޮޅު ދަތުރުފުޅު: ރަތްދޫލައިގައި ކިނބިދޫން ހޫނު މަރުހަބާއެއް

18 އޯގަސްޓު 2021 | ބުދަ 06:44

ކިނބިދޫގައި ތަރައްގީގެ 7 މަޝްރޫއެއް ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އޯގަސްޓު 2021 | ބުދަ 06:44
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކިނބިދޫއަށް ވަޑައިގަތުން

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކިނބިދޫއަށް ވަޑައިގަތުން

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކޮޅުމަޑުގެ 7 ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ތ. ކިނބިދޫއަށް ވަޑައިގެންފިއެވެ.

ކިނބިދޫއަކީ ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި ދެވަނަ މަންޒިލެވެ. ރައީސް ކިނބިދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ބޮޑުބެރުގެ ހަރަކާތަކުން އެމަނިކުފާނަށް މަރުހަބާ ދެންނެވި އިރު، ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބަނދަރަށް އެއްވެ ރައީސަށް މަރުހަބާ ދަންނަވާފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކިނބިދޫ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކޮށް، އެ ރަށު ކައުންސިލުން ފާހަގަކުރަން ހުރި ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ކިނބިދޫއަށް ދިމާވެފައިވާ އެކިއެކި ދަތި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމާއި، ސަރުކާރުން އެކަންކަމަށް ގެންނަވާނެ ހައްލުތަކާ ގުޅޭގޮތުން ރައީސް މަޝްވަރާ ކުރައްވާނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވެސް ރައީސްއާ މަޝްވަރާ ކުރައްވާނެއެވެ.

ރައީސް ވަނީ ކިނބިދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި މަރުކަޒުގެ ހާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން ކިނބިދޫ ސްކޫލަށް ވަޑައިގެން ސްކޫލުގެ ހާލަތު ބައްލަވާލައްވާފައިވެއެވެ.

ތ. ކިނބިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން ސޯލާ ޕީވީ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާ އިރު، ކުނި މެނޭޖް ކުރާ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ޓެންޑާކުރެވިފައެވެ. ކިނބިދޫގައި ފެން ރައްކާ ކުރާނެ ނިޒާމެއްގެ ގާއިމުކުރުމަށް ކުރިއަށް ގެންދެވުނު މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

މީގެ އިތުރުން ކިނބިދޫ ސިއްހީމަރުކަޒުގެ އިމާރާތް ކޮންޓްރެކްޓް ކުރެވިފައިވާ އިރު، ފެނަކަ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި 400 ކިލޯވޮޓުގެ ޖަަނަރޭޓަރ ސެޓް ބެހެއްޓުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުތ. ކިނބިދޫތ އަތޮޅު

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2025

އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު

07 އޮކްޓޯބަރު 2025
އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު
27 ސެޕްޓެމްބަރު 2025

ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުޢިއްޒަށް ގޮވާލައިފި

27 ސެޕްޓެމްބަރު 2025
ފްލެޓްތަކުގެ ކުލި ކުޑަކޮށް، ޑައުންޕޭމަންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަންގެ ފަރާތުން ރައީސް މުޢިއްޒަށް ގޮވާލައިފި
26 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ކިނބިދޫއަށް ވަޑައިގެންނެވުން: ކޮންމެ ފަހަރަކު ވެސް ދެއްވަނީ ކޯޒްވޭގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން

26 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ކިނބިދޫއަށް ވަޑައިގެންނެވުން: ކޮންމެ ފަހަރަކު ވެސް ދެއްވަނީ ކޯޒްވޭގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
28 އޯގަސްޓު 2023

ގާދިއްފުއްޓާއި މަޑިފުށީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި

28 އޯގަސްޓު 2023
ގާދިއްފުއްޓާއި މަޑިފުށީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސް ފާހަގަކޮށްދެއްވައިފި
28 އޯގަސްޓު 2023

ތ އަތޮޅު ރަށްތަކުގެ ބޯހިޔާވަހިކަން ޙައްލު ކޮށްދިނުމާއި އިތުރު ވައުދުފުޅުތަކެއް

28 އޯގަސްޓު 2023
ތ އަތޮޅު ރަށްތަކުގެ ބޯހިޔާވަހިކަން ޙައްލު ކޮށްދިނުމާއި އިތުރު ވައުދުފުޅުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް