Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ސަރވިސް ޑިޖިޓަލައިޒްކުރުން

ޕާކިސްތާނުން ދިވެހި ސިވިލް ސަރވިސްއަށް ބައެއް ތަކެތި ހަދިޔާކޮށްފި

18 އޯގަސްޓު 2021 | ބުދަ 04:08

ދެ ގައުމުގެ ގުޅުން އެކި ރޮނގުތަކުން އިތުރަށް ފުޅާކުރުމަށް ޝައުގުވެރިވެލައްވާކަން ވަނީ ފާހަގަކުރައްވާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 18 އޯގަސްޓު 2021 | ބުދަ 04:08
ޕާކިސްތާނުގެ ފަރާތުން ސިވިލް ސަރވިސްއަށް ބައެއް ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޕާކިސްތާނުގެ ފަރާތުން ސިވިލް ސަރވިސްއަށް ބައެއް ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޕާކިސްތާނުން ދިވެހި ސިވިލް ސަރވިސްއަށް ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.

ޕާކިސްތާން ހައިކޮމިޝަންގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ގޮތުގައި ހަދިޔާކުރެއްވީ، އޮފީސް އިކުއިޕްމަންޓުތަކެކެވެ. ޕާކިސްތާންގެ ފަރާތުން މިތަކެތި ހަދިޔާކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތާރް މުޚްތާރެވެ. ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ އެކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ، ޕާކިސްތާން ސަރުކާރުގެ ފަރާތުން ހަދިޔާކުރި މިތަކެއްޗާއެކު ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރައްވާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ރާއްޖެއާއި ޕާކިސްތާނާދެމެދު އޮތް ޒަމާންވީ ގާތްގުޅުން ފާހަގަކުރައްވައި، މިގުޅުން އެކި ރޮނގުތަކުން އިތުރަށް ފުޅާކުރުމަށް ޝައުގުވެރިވެލައްވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ތައުލީމީ ދާއިރާއިންނާއި، ސިއްޙީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި ހުންނާނެކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ސިވިލް ސަރވިސްއާއި ޕާކިސްތާނުގެ ސިވިލް ސަރވިސްއާ ދެމެދު ގާއިމުވެފައިވާ ގުޅުމުގެ ސަބަބުން މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާކޮށް ޑިޖިޓަލައިޒްކުރުމަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ޕާކިސްތާނުން ހަދިޔާކުރި ތަކެތީގެ ތެރޭގައި 75 އިންޗީގެ ސްމާރޓް ޓީވީއަކާއި، 16 ކޮމްޕިއުޓަރު ސިސްޓަމާއި، 6 މޮނީޓަރުގެ އިތުރުން 3 ލެޕްޓޮޕް ހިމެނެއެވެ.

ސިވިލް ސަވިރސް ކޮމިޝަން ޕާކިސްތާން އެމްބަސީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
30 ނޮވެމްބަރު 2025

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް
21 ސެޕްޓެމްބަރު 2025

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި
07 ސެޕްޓެމްބަރު 2025

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި
19 އޯގަސްޓު 2025

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި
21 އެޕްރީލު 2025

ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި

21 އެޕްރީލު 2025
ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި
20 އެޕްރީލު 2025

ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި

20 އެޕްރީލު 2025
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
23 ޖުލައި 2024

ސީއެސްސީ އަށް ހުށަހެޅި ވަޒީފާގެ މައްސަލަތަކުގެ 87 އިންސައްތަ ވަނީ ނިންމާފައި

23 ޖުލައި 2024
ސީއެސްސީ އަށް ހުށަހެޅި ވަޒީފާގެ މައްސަލަތަކުގެ 87 އިންސައްތަ ވަނީ ނިންމާފައި
09 ޖޫން 2024

ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި

09 ޖޫން 2024
ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް