Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ތިމަރަފުށީ ކައުންސިލާ ބައްދަލުކުރެއްވުން

ރައީސް ޞާލިޙު ތިމަރަފުށީ ކައުންސިލާ ބައްދަލުކުރައްވައިފި

ކައުންސިލުން ހުށަހެޅި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 އޯގަސްޓު 2021 | އަންގާރަ 18:30
ރައީސް ތިމަރަފުށީ ކައުންސިލް މެންބަރުންނާ ބައްދަލު ކުރެއްވުން

ރައީސް ތިމަރަފުށީ ކައުންސިލް މެންބަރުންނާ ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތިމަރަފުށީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ތިމަރަފުށީ ކައުންސިލް އިދާރާގައެވެ. ތިމަރަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެ ކައުންސިލުން ވަނީ ދިމާވެފައިވާ ބައެއް ދަތިތަކާއި ގުޅޭ ގޮތުން ރައީސަށް މައުލޫމާތު ދެއްވާފައެވެ. ރައީސް ވަނީ ކައުންސިލުން ހުށަހެޅި ކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ތިމަރަފުށީ ކައުންސިލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ތިމަރަފުށީ ކައުންސިލުގެ މެންބަރުން ވަނީ ރަށް ގިރުމުގެ މައްސަލައާއި، ރަނގަޅު ސިއްހީ ނިޒާމެއް ނެތުމާއި، ފަތުރުވެރިކަން ތަރައްގީ ކުރުމާއި، މަގު ހެދުމުގެ މަސައްކަތާއި، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަދި އިޤްތިޞާދީގޮތުން ނަފާ ހޯދުމުގެ ކަންކަމާ ގުޅޭގޮތުން ވަނީ ރައީސާ މަޝްވަރާ ކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ހުށަހެޅި ކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަށް ދެއްވާފައެވެ. އަދި ތިމަރަފުށީގެ ތަރައްގީގެ މަޝްރޫއުތައް ރޭވިފައިވާ ގޮތާއި, މިހާރު ކުރެވޭނެ ކަންކަމާއި, މެދުރާސްތާ އަދި ދުރު ރާސްތާގައި ކުރެވޭ ކަންކަމާ ގުޅޭގޮތުން ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ. ރައީސް ވަނީ ތިމަރަފުއްޓަށް ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ, މިހާރު ހުރި ދަތިތައް ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ވަނީ ތިމަރަފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާވެސް ބައްދަލު ކުރައްވައި އެ ކޮމިޓީގެ ކަންބޮޑުވުންތައް ވެސް އައްސަވާފައެވެ.

ރައީސް ތިމަރަފުއްޓަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ރައީސާއި އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގެ ޝަރަފުގައި ފަރިއްކޮޅެއް ވެސް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކޮޅުމަޑުލުގެ ހަތް ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި, އަދި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ތިމަރަފުށްޓަށެވެ. އަދި އެއަށްފަހު ކިނބިދޫއަށާއި، އޮމަދޫއަށާއި، ވޭމަންޑޫއަށާއި, ވަންދޫއަށާއި، ކަނޑޫދޫއަށާއި، ގާދިއްފުށްޓަށް އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުތ. ތިމަރަފުށިރައީސް ކޮޅުމަޑުލަށް ކުރައްވާ ދަތުރުފުޅު

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި

27 ސެޕްޓެމްބަރު 2025
ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
06 ޖުލައި 2024

ޓެރަރިޒަމްގެ މައްސަލަތަކެއްގައި ތިމަރަފުށިން ހައްޔަރުކޮށް ދައުވާ އުފުލި މީހުންގެ މައްސަލަ ލަސްވާތީ ކަންބޮޑުވުން

06 ޖުލައި 2024
ޓެރަރިޒަމްގެ މައްސަލަތަކެއްގައި ތިމަރަފުށިން ހައްޔަރުކޮށް ދައުވާ އުފުލި މީހުންގެ މައްސަލަ ލަސްވާތީ ކަންބޮޑުވުން
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު