Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ ކޮޅުމަޑުލު ދަތުރުފުޅު

ރައީސް ޞާލިޙު ތިމަރަފުއްޓަށް ވަޑައިގެންފި

17 އޯގަސްޓު 2021 | އަންގާރަ 14:39

މިރޭ ތިމަރަފުށީ ކައުންސިލާ ރައީސް ބައްދަލު ކުރައްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 އޯގަސްޓު 2021 | އަންގާރަ 14:39
ރައީސް ޞާލިޙު ތިމަރަފުއްޓަށް ވަޑައިގަތުން

ރައީސް ޞާލިޙު ތިމަރަފުއްޓަށް ވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ތިމަރަފުއްޓަށް ވަޑައިގެންފިއެވެ.

ރައީސް ތ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ތ. އަތޮޅުގެ 7 ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ނިންމަވާފައެވެ. އޭގެ ތެރޭގައި ތިމަރަފުށި، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުށި ހިމެނެއެވެ.

Advertisement - newsAdvertisement

ރައީސް މި ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހުގެރޭ ތިމަރަފުށީ ކައުންސިލާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ތިމަރަފުށީގެ ވިޔަފާރިވެރިންނާވެސް ރައީސް ބައްދަލުކުރައްވާނެއެވެ.

ރައީސް މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެމަނިކުފާނު އެރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި، ދަނޑުވެރިންނާއި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅާ ގުޅޭގޮތުން ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވީ, ލާމަރުކަޒީ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ކައުންސިލަރުން އައްޔަންކޮށް އެ ގާނޫނުގެ ދަށުން ކައުންސިލްތައް ހިނގަމުން ދާއިރު, ކައުންސިލްތަކަށް ލިބިފައިވާ ބާރުގެ ދަށުން ކައުންސިލްތައް ހިނގަމުން ދިއުމަކީ ރައީސްގެ އަމާޒެއް ކަމަށާއި، މީގެ ކުރިން ވެސް ރައީސް ވަނީ ވަރޗުއަލްކޮށް ކައުންސިލްތަކާ ބައްދަލުކުރައްވާފައި ކަމަށެވެ. އަދި ރައީސްގެ މި ދަތުރުފުޅުގެ އެއް އަމާޒަކީ ކައުންސިލްތަކާ ގާތުން ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް މިވީ ދޮޅު އަހަރުގެ ތެރޭގައި ރައީސް ވަޑައިގެން ބެއްލެވިފައި ނެތުމާއެކު ރައީސް ކުރައްވާ މި ދަތުރުފުޅުގެ އަނެއް އަމާޒަކީ ތަރައްގީގެ ކަންކަން ގާތުން ބެއްލެވުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުތ. ތިމަރަފުށި

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެރިއަކަށް، މިނިސްޓަރު ފެންވަރުގައި މޫސާ އަލީ ޖަލީލް އައްޔަނު ކޮށްފި

5

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި

27 ސެޕްޓެމްބަރު 2025
ތިމަރަފުށީ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖެހިފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރައީސް ދެއްވައިފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
06 ޖުލައި 2024

ޓެރަރިޒަމްގެ މައްސަލަތަކެއްގައި ތިމަރަފުށިން ހައްޔަރުކޮށް ދައުވާ އުފުލި މީހުންގެ މައްސަލަ ލަސްވާތީ ކަންބޮޑުވުން

06 ޖުލައި 2024
ޓެރަރިޒަމްގެ މައްސަލަތަކެއްގައި ތިމަރަފުށިން ހައްޔަރުކޮށް ދައުވާ އުފުލި މީހުންގެ މައްސަލަ ލަސްވާތީ ކަންބޮޑުވުން
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް