Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޯޓުއާ އެއްބަސްވުން އާކުރުން

ރެއާލުގެ އެއްބަސްވުން ކޯޓުއާ އާކޮށްފި

ކޯޓުއާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2021 | އަންގާރަ 10:38
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ

ރެއާލް މެޑްރިޑާއެކު ހަދާފައި އޮތް އެއްބަސްވުން ބެލްޖިއަމުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ އާކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ކޯޓުއާ ރެއާލަށް ބަދަލުވީ ޗެލްސީ ދޫކޮށް 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި 35 މިލިޔަން ޕައުންޑަށެވެ. އެ ފަހަރު އޭނާ ވަނީ ރެއާލާއެކު ހަ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވަން އޮތީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ނަމަވެސް ހޯމަ ދުވަހު ކޯޓުއާ ރެއާލުގެ އެއްބަސްވުން އާކުރިއިރު، އޭނާ ވަނީ އެ ޓީމާއެކު ފަސް އަހަރުގެ އައު އެއްބަސްވުމެއް ހަދާފައެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ހޫނު މޫސުމުގައި ކަމަށްވެސް އެ ކުލަބުން ވަނީ ބުނެފައެވެ.

އެއްބަސްވުން އާކުރުމަށްފަހު ކޯޓުއާ ބުނީ ރެއާލަށް ކުޅުމަކީ ފަޚުރެއް ކަމަށާއި، ބޭނުމަކީ ކުރިއަށް އަޮތް ތަނުގައިވެސް ރެއާލުގެ ޖާޒީގައި މޮޅު ކުޅުމެއް ދެއްކުން ކަމަށެވެ. އަދި އައު އެއްބަސްވުމަކީ މިދިޔަ ސީޒަންތަކުގައި ދެއްކި ކުޅުމުގެ ނަތީޖާ ކަމަށާއި، އެހެންކަމުން އިތުރަށް މަސައްކަތްކޮށް، ދުނިޔޭގެ އެއްވަނަ ކުލަބާއެކު އިތުރު ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ރެއާލުގެ އެއްބަސްވުން ކޯޓުއާ އާކުރިއިރު، މިދިޔަ ހޮނިހިރު ދުވަހު ސްޕެނިޝް ލީގުގައި ޑެޕޯޓިވޯ އަލަވޭސް އަތުން ރެއާލް މޮޅުވި މެޗަކީ ލީގުގައި ރެއާލަށް ކޯޓުއާ ކުޅެދިން 100 ވަނަ މެޗެވެ. އަދި އޭނާ ވަނީ މިހާތަނަށް ރެއާލަށް ޖުމްލަ 130 މެޗު ކުޅެދީފައެވެ. ރެއާލުގައި ކޯޓުއާ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ އެ ޓީމާއެކު ސްޕެނިޝް ލީގާއި، ސްޕެނިޝް ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ބެލްޖިއަމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލުވެސް ބަލަހައްޓަމުން އަންނަ ކޯޓުއާ ވަނީ މިހާތަނަށް ގައުމީ ޓީމުގެ ޖާޒީގައި 89 މެޗު ކުޅެފައެވެ. އަދި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕުގެ ތިންވަނަ ބެލްޖިއަމުން ހޯދިއިރު، ކޯޓުއާ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދާފައެވެ.

ތިބައޫ ކޯޓުއާރެއާލް މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު