Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާފުށީ ޖަލުގައި މެޑިކަލް ސެންޓަރު ހުޅުވުބް

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއް - ނާއިބުރައީސް

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2021 | ހޯމަ 15:26
މާފުށީ ޖަލުގައި ޤާއިމުކޮށްފައިވާ މެޑިކަލް ސެންޓަރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުވައިދެއްވަން މާފުއްޓަށް ވަޑައިގަންނަވަނީ

މާފުށީ ޖަލުގައި ޤާއިމުކޮށްފައިވާ މެޑިކަލް ސެންޓަރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުވައިދެއްވަން މާފުއްޓަށް ވަޑައިގަންނަވަނީ

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބުރައީސް މިހެން ވިދާޅުވީ މާފުށީ ޖަލުގައި ގާއިމުކޮށްފައިވާ މެޑިކަލް ސެންޓަރު ހުޅުވައިދެއްވުމަށްފަހުގައެވެ.

Advertisement - newsAdvertisement

މެޑިކަލްސެންޓަރު ހުޅުވައިދެއްވީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މާފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ސެންޓަރު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމުގައި ވިދާޅުވެފައެވެ. އެގޮތުން މި ހުޅުވި މެޑިކަލް ސެންޓަރާއެކު ގައިދީންނަށް ރަނގަޅުފެންވަރުގައި ސިއްހީ ޚިދުމަތް ދިނުމުގެ މަގުފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި މިތަނުގައި ގާއިމުކޮށްފައިވާ ޓެލެ މެޑިސިންގެ ޚިދުމަތާއެކު ބޭސްފަރުވާއަށް ގައިދީން އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ފެންވަރު ރަނގަޅު ބޭސްފަރުވާގެ ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރިހެބިލިޓޭޝަނުގެ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. ޖަލުތަކާއި ރިހެބިލިޓޭޝަންގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ ވެސް އަމާޒަކަށް ވާންވާނީ އަނބުރާ މުޖްތަމައަށް ނިކުންނަ ކޮންމެ މީހަކީ އަމިއްލަ ދިރިއުޅުމާއިގެން ކުރިޔަށްދެވޭނެ ފަދަ މަސައްކަތެއް ދަސްވެފައިވާ ހަރުދަނާ މީހަކަށް ހެދުމަށް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ގާއިމުކޮށްފައިވާ މެޑިކަލް ސެންޓަރުން ޖެނެރަލް އޯޕީޑީ، އެމެޖެންސީގައި ބަލިމީހުންނަށް ފަރުވާދިނުން، އެކްސްރޭގެ ޚިދުމަތާއި ފިޒިއޯތެރެޕީ އަދި މައިނަރ ސާރަޖަރީގެ ޚިދުމަތްފަދަ ޚިދުމަތްތައްވެސް ފޯރުކޮށްދެއެވެ. މީގެ އިތުރުން މި ސެންޓަރުގައި ދިހަ މީހުންގެ ޖާގައިގެ ރިހެބިލިޓޭޝަން ޔުނިޓެއްވެސް ގާއިމުކޮށްފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިއަދު ވަނީ މާފުށީ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލް ބައްލަވައިލެއްވުމުގެ އިތުރުން ސްކޫލުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސްކޫލުގެ އިސްވެރިން ވަނީ ސްކޫލުގެ ހިންގުން ހަރުދަނާކޮށް ތައުލީމު ކުރިއެރުވުމަށް އިތުރަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ސްކޫލުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. މާފުއްޓަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މާފުށީ ސިއްހީ މަރުކަޒަށް ވެސް ޒިޔާރަތްކުރައްވައި އެމަރުކަޒުގެ ހާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން މާފުށީ ފުޓްބޯޅަ ދަނޑަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ކުރިޔަށްދާގޮތްވެސް ރައީސުލްޖުމްހުރިއްޔާގެ ނާއިބު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މާފުއްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚު އިމްރާން އަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމްފައިސަލް ނަސީމްމާފުށިއައްސޭރި ޖަަލު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ކަންކަން ފޯރުކޮށްދިނުން، މިސަރުކާރުން ވެސް އަސާސީ ކަންކަން ހައްލުކޮށްދޭންޖެހޭ: ފައިސަލް ނަސީމް

05 ޑިސެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު