Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާއިބުރައީސް ކައުންސިލަރުންނާ ބައްދަލުކުރެއްވުން

ހިރިލަންދޫގެ ބައެއް މަޝްރޫޢުތަކުގެ ތަފްސީލު ނާއިބުރައީސް އެ ރަށު ކައުންސިލަރުންނާ ހިއްސާކުރައްވައިފި

16 އޯގަސްޓު 2021 | ހޯމަ 08:17

ބިން ހިއްކުމުގެ މަސައްކަތް ވީވަރަކުން ހަލުވިކުރުމަށާއި، ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް އަވަސް ކޮށްދެއްވަން މަޝްވަރާކުރައްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އޯގަސްޓު 2021 | ހޯމަ 08:17
ނާއިބުރައީސް ފައިޞަލް ނަސީމް، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ނާއިބުރައީސް ފައިޞަލް ނަސީމް، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ތ. ހިރިލަންދޫގެ ތަރައްޤީއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ތަފްސީލު ނާއިބުރައީސް ފައިޞަލް ނަސީމް އެ ރަށު ކައުންސިލަރުންނާ ހިއްސާކުރައްވައިފިއެވެ.

މި މައުލޫމާތުތައް ހިއްސާކޮށްފައިވަނީ ނާއިބުރައީސް ފައިޞަލް ނަސީމް، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ހޯމަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ކޮޅުމަޑުލު ހިރިލަންދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ މަޝްވަރާކުރައްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން، ބިން ހިއްކުމުގެ މަސައްކަތް ވީވަރަކުން ހަލުވިކުރުމަށާއި، ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް އަވަސް ކޮށްދެއްވަން މަޝްވަރާކުރައްވާނެ ކަމަށް ނާއިބުރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ފެނަކައިން ބަހައްޓާފައިވާ އައު އިންޖީނާއި، އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓުއުފެއްދުމަށް ހިރިލަންދޫގައި ހިންގަން ނިންމަވާފައިވާ ސޯލާ އައި.ޕީ.ވީ ޕްރޮޖެކްޓްގެ އެންމެ ފަހުގެ މަޢުލޫމާތާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ރަށުގެ ބައެއް މީހުންގެ ފަރުވާއާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާ ބެހޭގޮތުން ކައުންސިލަރުންނަށް މައުލޫމާތު ހިއްސާކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއި މުއައްސަސާތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލަރުން ހިރިލަންދޫގައި ކުރިން ކުރިމަތިލާންޖެހިފައިވާ ބޭންކިންގެ ދަތިކަމަށް ޙައްލެއްހޯއްދަވައި ދެއްވުމަށް ދެންނެވުމުން ހަލުވިކަމާ އެކު ޙައްލެއް ހޯއްދަވައިދެއްވައި، މިދިޔަ ހަފްތާގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ރަށުގައި އޭ.ޓީ.އެމް އެއް ބަހައްޓާދެއްވާފައިވާކަން ފާހަގަކުރައްވައި ނާއިބުރައީސްއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި މިކަމުން ހިރިލަންދޫގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެކަން ވަނީ ފާހަގަކުރައްވާފައެވެ.

ހިރިލަންދޫގެ ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ރަށުގެ ޖާގައިގެ ދަތިކަމުގެ މައްސަލައެވެ. އެގޮތުން އެމް.ޓީ.ސީ.ސީގެ ބެލުމުގެ ދަށުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫއު އަދި ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ތަރައްޤީކުރުމުގެ މަޝްރޫއުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ކައުންސިލަރުން އެދިލެއްވި ކަމަށާއި ހިރިލަންދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެކި ދަތިތައް ހިއްސާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަމާއި، ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ފަހިކޮށްދެއްވުމަށާއި، ސްކޫލުގެ އައު އިމާރާތުގެ މަސައްކަތާއި ރައްޔިތުން އާމްދަނީ އިތުރުކުރުމަށް ކުރާ ބައެއް ކަންކަމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭ ކަންބޮޑުވުންތައް ކައުންސިލަރުން ނާއިބުރައީސްއާ ޙިއްޞާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް