Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑަށް ފަސޭހަ މޮޅެއް

ޔުނައިޓެޑުން ވަނީ ރަސްމީކޮށް ރަފައެލް ވަރާން ދައްކާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 އޯގަސްޓު 2021 | ހޮނިހިރު 13:30
ޔުނައިޓެޑާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުނައިޓެޑާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ހެދި ހެޓްރިކާއެކު ލީޑްސް ޔުނައިޓެޑް އަތުން ފަސޭހަކަމާއެކު މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މި ހާފުގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެނާންޑޭސްއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ލީޑްސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް އައިލިންގެވެ.

ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން މޭސަން ގްރީންވުޑް ކާމިޔާބުކޮށްދިން ލަނޑާއެކު ޔުނައިޓެޑުން ވަނީ މެޗުގައި އަލުން ލީޑު ނަގާފައެވެ. އެއަށްފަހު ޔުނައިޓެޑުން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، ފެނާންޑޭސް ވަނީ މި ހާފުގައި އިތުރު ދެ ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. ދެން މި މެޗުގައި ޔުނައިޓެން ކާމިޔާބުކުރި ފަސްވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރެޑެވެ. މި މެޗުގައި ފެނާންޑޭސްގެ ހެޓްރިކް ހެދިއިރު، އެ ޓީމުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވަނީ ހަތަރު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗު ފެށުމުގެ ކުރިން ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން ދައްކާލާފައެވެ. ރެއާލް މެޑްރިޑް ދޫކޮށް އުމުރުން 28 އަހަރުގެ ވަރާން ޔުނައިޓެޑަށް ބަދަލުވީ 34 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އަދި އޭނާ ވަނީ ޔުނައިޓެޑާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ޔުނައިޓެޑުން ވަނީ އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ ފުރަތަމަ ފަހަރަށް ކުޅެން އަރުވާފައެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްރަފައެލް ވަރާން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު