Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕުގެ ޕްލޭއޮފް

އީގަލްސް އާއި ބެންގަލޫރަކީ ނުބައްދަލު ދެ ޓީމު: ޝާޒްލީ

ޕްލޭއޮފް މެޗު ކުޅޭނީ އާދީއްތަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2021 | ހޮނިހިރު 11:33
އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ އާއި ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ)

އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ އާއި ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް (ކުރޯ)

އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ވާދަކުރާ ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމަކީ ނުބައްދަލު ދެ ޓީމު ކަމަށް އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

މި ފަހަރުގެ އޭއެފްސީ ކަޕަކީ އީގަލްސްއިން މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެކަމަކު މީގެ ކުރިން ބެންގަލޫރުން ވަނީ އޭއެފްސީ ކަޕުގައި ރާއްޖޭގެ ކުލަބުތަކާ ދެކޮޅަށް 10 ފަހަރު ކުޅެފައެވެ. އޭގެ ތެރެއިން ފުރަތަމަ ހަތް މެޗުން ބެންގަލޫރު މޮޅުވިއިރު، ފަހު ތިން މެޗުން މޮޅުވެފައިވަނީ ރާއްޖޭގެ ކުލަބުތަކެވެ. އެގޮތުން 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުންނާއި، މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގެ ދެ ލެގުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުންވެސް ބެންގަލޫރު ވަނީ ބަލިވެފައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅޭ ޕްލޭއޮފް މެޗުގެ ކުރިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާޒްލީ ބުނީ ދެ ޓީމުގެ ވާހަކަ ދައްކާއިރު، ފުޓްބޯޅައަކީ ވަރަށް ބޮޑަށް ފައިސާއާ ގުޅިފައި އޮންނަ އެއްޗެއް ކަމަށެވެ. އެގޮތުން ކުޅުންތެރިންނަށް ކުރާ ޚަރަދާއި ޓީމު ތައްޔާރުވާން ފައިސާ ޚަރަދުކުރާވަރަށް ބަލާއިރު ދެ ޓީމަކީ ނުބައްދަލު ދެ ޓީމު ކަމަށްވެސް ބުންޏެވެ. އަދި ބެންގަލޫރު އަތުން ރާއްޖޭގެ ޓީމުތައް މީގެ ކުރިން މޮޅުވެފައި ހުރީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި، އެހެންކަމުން މިއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޕްލޭއޮފް މެޗާ ކުރިމަތިލާއިރު ބެންގަލޫރުން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ވަނުމުގެ އަމާޒުގައި ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އަދި އީގަލްސްއިންވެސް ވަނީ ތަޖުރިބާކާރު ހަތް ކުޅުންތެރިއަކު ގެނެސްފައެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި، ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި، އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި، ހުނަރުވެރި މިޑްފީލްޑަރުން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސަ (މެސީ) އާއި އަޙްމަދު ހަސަން (އައްމަޑޭ) ގެ އިތުރުން ގޯލްކީޕަރު މުޙައްމަދު ފައިސަލެވެ.

ޝާޒްލީ ބުނީ އީގަލްސް ޓީމުން އޭއެފްސީ ކަޕަށް ތަޖުރިބާކާރު ރަނގަޅު ކުޅުންތެރިން ހޯދި އެއް ސަބަބަކީ ޓީމުގައި މީގެ ކުރިން ތިބި ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ނެތުމުން ކަމަށެވެ. އަދި އީގަލްސް ޓީމު އިތުރަށް ވަރުގަދަވުމުން ހިތްހަމަޖެހުން ބޮޑު ކަމަށާއި، ޕްރެޝަރު އޮތް ނަމަވެސް މެޗަށް ނުކުންނާނީ ކޮންމެ ގޮތެއް ވިޔަސް މޮޅުވާން ކަމަށްވެސް ވަނީ ބުނެފައެވެ.

އާދީއްތަ ދުވަހުގެރޭ އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗު ކުޅޭއިރު، ޕްލޭއޮފަށް އީގަލްސް ދަތުރުކުރީ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި މިދިޔަ އޭޕްރީލް މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ވާދަކުރަން ހަމަޖެހިފައި އޮތީ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއެވެ. އެކަމަކު ކޮވިޑް-19 ސަބަބުން އެ ޓީމަށް ދަތުރުކުރުމުގެ ހުއްދަ ނުލިބި އަދި އަމިއްލަ ގައުމުގައި މެޗު ކުޅުމުގެ ހުއްދަވެސް ނުލިބުމުން އޭއެފްސީ ނިންމީ އަބަހާނީ މުބާރާތުން ވަކިވެފައިވާ ކަމަށެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހު ރާއްޖޭގައެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އީގަލްސް އާއި ބެންގަލޫރު ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

އޭއެފްސީ ކަޕްކުލަބު އީގަލްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު