Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒުވާނުންގެ ދުވަސް

ދުނިޔޭގެ ކާބޯތަކެތީގެ ނިޒާމްތައް ހައްލުކުރުމުގައި ޒުވާނުންގެ ދައުރު މުހިއްމު - މިނިސްޓަރ ހުސައިން

14 އޯގަސްޓު 2021 | ހޮނިހިރު 07:04

ޒުވާނުންގެ ދުވަހުގެ ޝިއާރަކީ "ޓްރާންސްފޯމިންގ ފުޑް ސިސްޓަމް"

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 14 އޯގަސްޓު 2021 | ހޮނިހިރު 07:04
 ޑރ. ހުސައިން ރަޝީދު ހަސަން - މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ޑރ. ހުސައިން ރަޝީދު ހަސަން - މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ކާބޯތަކެތީގެ ނިޒާމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޒުވާނުންގެ ދައުރު މުހިއްމު ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލަޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، ޒުވާނުންގެ ދުވަހުގެ ޖަލްސާ މި ބާއްވާ މި ދަނޑިވަޅަކީ، ޔޫތު ފޯރަމުން ނިންމި ގޮތަށް ދުނިޔޭގެ ކާބޯތަކެތީގެ ނިޒާމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ނިޔަތުގައި ކަމަށެވެ. އެކަމުގައި ޒުވާނުންގެ އެއްބާރުލުން ހޯދުމަށް ކަމަށާއި، ޒުވާނުންގެ ފޯރަމުން ނިންމި ކަންތައްކަކީ ހަމަހަމަ ކާބޯތަކެތީގެ ނިޒާމެއް ދުނިޔެއަށް ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ސިއްހީގޮތުންނާއި، ތިމާވެށީގެ ގޮތުންވެސް ބަލާއިރު އެންމެ ރަނގަޅު ކާބޯތަކެއްޗަކީ ކޮބައިކަން ފާހަގަކޮށް އެކަން ތައުލީމީ ނިޒާމުގެ ތެރެއިން އުނގަންނައި ދިނުންވެސް މުހިއްމު ކަމުގައެވެ. އަދި އެ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދީ ޒުވާނުން އެކަމުގައި އިސް ދައުރެއް އަދާކުރަން ޖެހޭ ކަމަށެވެ. މިއަހަރު ޒުވާނުންގެ ދުވަހުގެ އެއް މަޤްސަދަކީ ޒުވާނުން ހޭލުންތެރިކުރުވުމާއި، އެމީހުންގެ ބައިވެރިވުން ހޯދުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އައު ހައްލުތަކާއިއެކު ވިޔަފާރީގެ ހުނަރުވެރިކަމުގެ ޒަރިއްޔާއިން މިއަހަރުގެ ފަހުކޮޅު ބާއްވާ ދުނިޔޭގެ އިސްވެރިންގެ ކާބޯތަކެއްޗާއިބެހޭ ހާއްސަ ސަމިޓަށް ތައްޔާރުވުމަށްޓަކައި ޒުވާނުންގެ އެއްބާރުލުންވެސް ހޯދުން މުހިއްމު ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ "ޓްރާންސްފޯމިންގ ފުޑް ސިސްޓަމް" ނުވަތަ "ކާބޯތަކެތީގެ ނިޒާމު އިސްލާހުކުރުން" އެވެ. މިއަހަރުގެ އޭޕްރީލްމަހު އދ ގެ އިގްތިސާދީ އަދި އިޖްތިމާއީ ކައުންސިލްގެ ޔޫތު ފޯރަމްގައިވެސް ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބެހޭގޮތުން މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިއަހަރުގެ ޒުވާނުންގެ ދުވަހުގެ މަގްސަދަކީވެސް ދުނިޔޭގެ ކާބޯތަކެތީގެ ނިޒާމްތައް މިހާރު ހުރިގޮތް ނޫން އެހެންގޮތަކަށް ބަދަލުކުރުން ކަމުގައި އދ އިން ފާހަގަކޮށްފައިވާތީ އެކަން އެގޮތަށް ގެންދިއުމަށް މިނިސްޓަރވަނީ ބާރު އަޅުއްވައި ވާހަކަ ދައްކަވާފައެވެ. އިންސާނުންގެ ސިއްހަތާއި ދުނިޔޭގެ ރައްކާތެރިކަމަށް ކާބޯތަކެތީގެ ނިޒާމްތައް އިސްލާހުކުރުމުގައި ޒުވާނުންގެ ބައިވެރިވުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އާބާދީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާއިރު އެންމެބޮޑަށް ކުރިމަތިލާންޖެހޭނެ ކަންބޮޑުވުމަކީ ރައްކާތެރި ކާބޯތަކެތި ލިބުމުގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ، އާބާދީއަށް ބޭނުންވާ ރައްކާތެރި ކާބޯތަކެތި ދަނޑުތަކުގައި ހެއްދުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. އެހެންކަމުން ކާބޯތަކެތި އުފައްދާ ގޮތަށާއި ކާބޯތަކެތި ފޯރުކޮށްދޭ ގޮތައް ވިސްނައި ރާއްޖޭގައި ހެއްދެން ހުރި ބާވަތްތައް ރާއްޖޭގައި ހެއްދުމަށް މަސައްކަތްކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިހާރުވެސް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަނީ ރާއްޖޭގައި ވާދަވެރިގޮތެއްގައި 17 ބާވަތެއް ހެއްދިދާނެކަމަށް ކަނޑައަޅާފައިވާ ކަމަށާއި، އެކަމަށް މިހާރުވެސް މިނިސްޓްރީން ބާރުއަޅައި އެކަމަށް ކޮށްދެވެންހުރި ކަންތައް ކޮށްދެއްވާ ކަމަަށް ވިދާޅުވިއެވެ. ސިއްހީގޮތުން ރައްކާތެރި ކާތަކެތި ހައްދައި ބޭނުންކުރަންޖެހޭ ކަމަށާއި، ރާއްޖޭގެ ހުރިހާ ދާއިރާއެއްގައިވެސް ޒުވާނުންނަށް ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށް ވިދާޅުވިއެވެ. މިފަދަ ފަހި ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ޒުވާނުްނ ހިފަން ޖެހޭ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
07 އޯގަސްޓު 2023

18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ

07 އޯގަސްޓު 2023
18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ
10 މެއި 2023

ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

10 މެއި 2023
ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް
07 އެޕްރީލު 2023

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު

07 އެޕްރީލު 2023
ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު
07 އެޕްރީލު 2023

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ

07 އެޕްރީލު 2023
ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް