Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ގާނޫނުގެ ރޫހާ ޚިލާފުވުން

މާލެ ސިޓީ ކައުންސިލްގެ ނުރުހުން އެޗްޑީސީއަށް

އެއީ ލާމަރުކަޒީ ގާނޫނަށް ގޮންޖެހުމަށްފަހު ބޭއްވި ބައްދަލުވުމެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 އޯގަސްޓު 2021 | ބުރާސްފަތި 13:12
މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު

މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު

ހުޅުމާލޭގެ ބީޗް ސަރަހައްދު ތަރައްގީ ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބޭއްވި ބައްދަލުވުމަކީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ޚިލާފަށް ބޭއްވި ބައްދަލުވުމެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ހުޅުމާލޭގެ ބީޗް ސަރަހައްދު ތަރައްގީ ކުރުމާބެހޭ ގޮތުން ހުޅުމާލޭގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެޗްޑީސީގެ ފަރާތުން 11 އޮގަސްޓް 2021 ވަނަ ދުވަހުގެ ރޭ ކުލަބު ހައުސް މެދުވެރިކޮށް ބޭއްވި ބައްދަލު ވުމަކީ އެކޯޕަރޭޝަނަށް ލިބިގެން ނުވާބާރެއް ބޭނުންކޮށް، ލާމަރުކަޒީ ގާނޫނުގެ ރޫހާ ޚިލާފަށް، ލާމަރުކަޒީ ގާނޫނަށް ގޮންޖެހުމަށްފަހު ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުން މާލޭ ސިޓީ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބުނެފައިވަނީ މާލޭ ސިޓީގެ ތަރައްގީއަށް ގެންނަންޖެހޭ ބަދަލުތަކާއި މާލޭއަށް ގެންނަން ފެންނަ ޕްލޭންތަކާ ބެހޭގޮތުން މާލޭ ސިޓީގެ ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލު ހޯދުމަކީ، (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 110 ވަނަ މާއްދާ އިން މާލޭ ސިޓީ ކައުންސިލަށް މަތިކޮށްފައިވާ ގާނޫނީ ވާޖިބަކަށް ވާއިރު ހުޅުމާލޭގެ ބިޗް ސަރަހައްދު ޕްލޭން ކުރުމާ ބެހޭގޮތުން އެޗްޑީސީގެ ފަރާތުން 11 އޮގަސްޓް 2021 ވަނަ ދުވަހުގެ ރޭ މާލޭ ސިޓީ ކައުންސިލާއި އެއްވެސް މަޝްވަރާ ކުރުމެއް ނެތި ކުލަބު ހައުސް މެދުވެރިކޮށް ހުޅުމާލޭގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމަކީ ކައުންސިލުން ބަލައިގަންނާނެ ބައްދަލުވުމެއް ނޫން ކަމަށެވެ.

ކައުންސިލުން ބުނީ އެފަދަ ބައްދަލުވުންތައް އެއްވެސް ހައިސިއްޔަތެއް ނެތް ފަރާތަކުން ބާއްވާކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މާލޭ ސިޓީގެ ތަރައްގީގެ ޕްލޭން ތައްޔާރުކުރުމާ ބެހޭގޮތުން މިހާރު ވެސް ކައުންސިލްގެ ފަރާތުން މާލޭ ސިޓީގައި ހިމެނޭ ހުރިހާ އަވަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ކުރިއަށްދާ ކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރުން ވެސް ތާވަލު ކުރެވިފައިވާ ދަނޑިވަޅެއްގައި މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިފައިވާތީ، މިފަދަ ބައްދަލުވުންތައް ނުބޭއްވުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންމުއިއްޒުމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު