Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން

ކުޅުދުއްފުށި ސިޓީގެ މަގުތައް: ފޭސް-2 ގެ އަމަލީ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ

12 އޯގަސްޓު 2021 | ބުރާސްފަތި 10:50

މި މަޝްރޫއުގެ އަގަކީ އެއް މިލިއަން ރުފިޔާ

އަމްނާ އިމާދު
އަމްނާ އިމާދު | 12 އޯގަސްޓު 2021 | ބުރާސްފަތި 10:50
އާރްޑީސީގެ މުއައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން،

އާރްޑީސީގެ މުއައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން،

ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ފޭސް-2 ގެ އަމަލީ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފިއެވެ.

ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ މަޝްރޫއުގެ ފޭސް- 2 ގައި ސޮއިކޮށްފައިވަނީ 25 ފެބްރުއަރީ 2021 ގައެވެ. އަދި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކުރާތާ 510 ދުވަސް ތެރޭގައެވެ. މި މަޝްރޫއުގެ އަގަކީ އެއް މިލިއަން ރުފިޔާއެވެ.

ބުރާސްފަތި ދުވަހު އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު ވަނީ ކުޅުދުއްފުށީ އާރުޑީސީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިއަށްދާގޮތުގެ މައުލޫމާތު އޮޅުންފިލުވާލައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދިމާވާ ދަތިތަކާއި ފޭސް-2ގެ އަމަލީ މަސައްކަތް ވީހާ ވެސް އަވަހަށް ފެށުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އާރްޑީސީން ބުނީ ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއުގެ ފޭސް 2-ގެ ދަށުން 24 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 37633.90 މީޓަރުގެ މަގު ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ މަގުތަކުގައި ސައިޑްވޯކް ހެދުމާއި ފެންހިނދާ ނިޒާމް ގާއިމްކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ސްޕީޑް ބްރޭކަރުތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޑިޒައިން އެންޑް ބިލްޑު އުސޫލުން އާރުޑީސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބެހޭ ގޮތުން އާރްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އާރުޑީސީން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ނުވަތަ ސައިޓު ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ. ސައިޓްގެ މަސައްކަތް ގާތްގަނޑަކަށް 15 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި، ދެމަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ނިމޭނެ ކަމަށް އާރްޑީސީން ބުނެއެވެ.

މީގެ ކުރިން ވަނީ މި މަޝްރޫއުގެ ފޭސް އެކެއްގެ މަސައްކަތްތައް ނިފައެވެ. މި މަޝްރޫއުގެ ފޭސް 1 ގައި ޖުމްލަ 13 މަގެއް ކުރިން ވަނީ ހަދާ ނިމިފައެވެ. އަދި ފޭސް 2 ގެ މަސައްކަތްތަކުގެ ތެރެއިން ފޭސް 1 ގައި މަސައްކަތް ކުރި މަގުތަކުގައި، މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ޒިބްރާކްރޮސް އެޅުމުގެ މަސައްކަތް ފޭސް 2 ގެ ތެރެއިން ކުރިއަށް ދާނެއެވެ.

އާރްޑީސީމަގު

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
19 އޮކްޓޯބަރު 2025

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ
14 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި
08 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

08 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި
04 އޮކްޓޯބަރު 2025

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
21 އޯގަސްޓު 2025

މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި

21 އޯގަސްޓު 2025
މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި
07 އޯގަސްޓު 2025

ހއ. ތުރާކުނު ހިމެނޭހެން އިތުރު 10 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން އާރުޑީސީ އާ ހަވާލު ކޮށްފި

07 އޯގަސްޓު 2025
ހއ. ތުރާކުނު ހިމެނޭހެން އިތުރު 10 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން އާރުޑީސީ އާ ހަވާލު ކޮށްފި
07 ޖުލައި 2024

ބޮޑު މުސާރައިގައި ކޮންސަލްޓަންޓުން ނަގާތީ އެވާހަކަ ދެއްކުމުން އާރުޑީސީގެ ރަސްމީ އެކްސް އެކައުންޓުން އަވަގުރާނަ ގޮވައިފި

07 ޖުލައި 2024
ބޮޑު މުސާރައިގައި ކޮންސަލްޓަންޓުން ނަގާތީ އެވާހަކަ ދެއްކުމުން އާރުޑީސީގެ ރަސްމީ އެކްސް އެކައުންޓުން އަވަގުރާނަ ގޮވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް