Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއައްސަސާތަކާ ބައްދަލުކުރެއްވުން

އައްޑޫގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ޖެންޑަރ މިނިސްޓަރު ބައްދަލުކުރައްވައިފި

12 އޯގަސްޓު 2021 | ބުރާސްފަތި 06:42

ނާޒުކު ހާލަތްތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 އޯގަސްޓު 2021 | ބުރާސްފަތި 06:42
ފުލުހުންނާއެކު ޖެންޑަރ މިނިސްޓަރު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ފުލުހުންނާއެކު ޖެންޑަރ މިނިސްޓަރު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

އައްޑޫގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ، މިނިސްޓަރ އޮފް ޖެންޑަރ, ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މިނިސްޓަރު، އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލާއި އައްޑުއަތޮޅުގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފީހަށް ޒިޔާރަތް ކުރައްވައި، އެތަންތަނުގެ އިސްފަރާތްތަކާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެގޮތުން މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެއްވީ، ނާޒުކު ހާލަތްތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ސަރުކާރާ ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ހައިރިސްކް ކޭސްތަކާ ގުޅޭ ގޮތުން ކުރާ މަސައްކަތުގައި ކަންކުރާ އުސޫލުތައް މުޠާލިއާ ކުރުމާ ބެހޭގޮތުން ވެސް، މިނިސްޓަރު އެފަރާތްތަކާ މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރާއި އައްޑޫސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާ ވެސް މިނިސްޓަރު ބައްދަލުކުރެއްވިއެވެ. އައްޑޫސިޓީއަށް މިނިސްޓަރު ކުރެއްވި ޒިޔާރަތުގެ ތެރެއިން ބުރާސްފަތި ދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި، ގާނޫނާ ހިލާފުވާ ކުޑަކުދިންނާއި އަނިޔާލިބޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކުރުމުގައި ދިމާވާ މައްސަލަތައް އޮޅުންފިލުއްވައި އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ފުލުހުންނާ މަޝްވަރާކުރެއްވިއެވެ.

އަދި ޖެންޑަރ މިނިސްޓްރީއާއި ފުލުހުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރާނެ ދާއިރާތަކެއް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން، ކުށުގެ ވެށީގައި އުޅޭ ކުދިންނާއި އަނިޔާލިބޭ ކުދިން ދެނެގަނެ، އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް މަޝްވަރާކުރެއްވިއެވެ. ކުޑަކުދިން ކުށުގެ ވެށިން ދުރުހެލިކުރުވައި އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތް ކުރުމުގެ އިތުރުން ފުލުހުންނާއި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ ހިމެނޭގޮތަށް އާއިލާތަކާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރުމަށް ވެސް މަޝްވަރާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އާޠިފްއާއި އައްޑޫސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ އިތުުރުން ޖެންޑަރ މިނިސްޓްރީގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު
06 ނޮވެމްބަރު 2023

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި
18 ޖުލައި 2023

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ
27 ޖޫން 2023

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި
26 މެއި 2023

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި
25 މާރިޗު 2023

ޖެންޑާ މިނިސްޓްރީ އަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަނީ

25 މާރިޗު 2023
ޖެންޑާ މިނިސްޓްރީ އަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަނީ
24 މާރިޗު 2023

"ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދޭ ބައެއް މީހުން ރަނގަޅުވުމުން ވެސް އާއިލާއިން ހަވާލެއްނުވޭ"

24 މާރިޗު 2023
"ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާދޭ ބައެއް މީހުން ރަނގަޅުވުމުން ވެސް އާއިލާއިން ހަވާލެއްނުވޭ"
26 ފެބުރުއަރީ 2023

ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތައާރަފުކޮށްފި

26 ފެބުރުއަރީ 2023
ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތައާރަފުކޮށްފި
06 ފެބުރުއަރީ 2023

ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި

06 ފެބުރުއަރީ 2023
ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި
15 ޖެނުއަރީ 2023

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2023
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް