Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ގައުމީ އެއަރލައިން

މާލީ ހާލަތު ރަނގަޅެއް ނޫން، ބޭރުގެ ބަޔަކާ ގުޅިގެން ގައުމީ އެއަރލައިން ހިންގަން މަޝްވަރާކުރަނީ

އައިލެންޑް އޭވިއޭޝަނަކީ ކުރިންވެސް ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2021 | ބުރާސްފަތި 04:20
މޯލްޑިވިއަންގެ ފްލައިޓަށް މީހުން އަރަނީ

މޯލްޑިވިއަންގެ ފްލައިޓަށް މީހުން އަރަނީ

ގައުމީ އެއަރލައިން މޯލްޑިވިއަންގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ބޭރުގެ ބަޔަކާ ގުޅިގެން އެ އެއަރލައިން ހިންގުމަށް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައިލެންޑް އޭވިއޭޝަނަކީ ކުރިންވެސް ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެއް ކަމަށެވެ. ކޮވިޑާ ގުޅިގެން ސަރުކާރަށް ވަރަށް ގިނަ މާލީ ދަތިތައް ކުރިމަތިވި ކަމަށާއި ކުންފުނީގެ މާލީ ހާލަތު ކުރިއަށްވުރެ ރަނގަޅުނުވާ ކަމަށެވެ. އެހެންކަމުން ބޭރުގެ ބައެއް ފަރާތްތަކާއެކު ޖޮއިންޓް ވެންޗަރ ހެދުމަށްޓަކައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ޤައުމީ އެއަރލައިނެއް އޮންނަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ވައިގެ ދަތުރުފަތުރުގެ ނިޒާމެއް ޤައުމީ އެއަރލައިނެއްގެ ގޮތުގައި އޮންނަން ޖެހޭ ކަމަށެވެ. ޚާއްޞަކޮށް ޑޮމެސްޓިކް ދަތުރުފަތުރުގެ ނެޓްވޯކެއް އޮންނަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ސަބަބުން ނުސީދާކޮށް ލިބޭ ވަރަށް ގިނަ ފައިދާތައް އެބަހުރި ކަމަށެވެ. ރާއްޖޭގައި ޚާއްޞަކޮށް ޑޮމެސްޓިކް ދަތުރުފަތުރުކުރުމުގައި ޑިސްކައުންޓް ރޭޓެއްގައި ސަރުކާރުން ސަބްސިޑައިޒްކޮށްގެންނަމަވެސް އެ އެއަރލައިން ދަމަހައްޓަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން ސީޕްލޭންގެ ޚިދުމަތް ވެސް އިތުރަށް ފުޅާކުރުމަށް އިންވެސްޓް ކުރެވޭނެ ގޮތްތައް ހޯއްދަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންތައްތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އަށް ވަނީ 25.3 މިލިއަން ރުފިޔާގެ ގެއްލުން ވެފައެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު ކުންފުނީގެ ގެއްލުމުގެ އިންސައްތަ ވަނީ 53 އިންސައްތަ ދަށްވެފައެވެ. އެއީ ކުންފުނީގެ އާމްދަނީ އިތުރުވެ ހިންގުމުގެ ޚަރަދު ކުޑަކުރަމުންނެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުން ކުންފުނިން ކުރާ ޚަރަދުތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ޚަރަދު ވަނީ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްއަށެވެ. އެގޮތުން 2020 ވަނަ އަހަރު ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މި އަހަރު މި ޚަރަދު ވަނީ 1.7 މިލިއަން ރުފިޔާއަށް އަރާފައެވެ.

މޯލްޑިވިއަނުން ދަނީ މާލެ ހިމެނޭހެން ރާއްޖޭގެ 16 އެއަރޕޯޓަކަށް ދަތުރުތައް ބާއްވަމުންނެވެ. 2000 ވަނަ އަހަރު އުފެއްދި އައިލެންޑް އޭވިއޭޝަންގެ ދަށުން އުދުހޭ ފްލައިޓްތަކުގެ ނަން މޯލްޑިވިއަނަށް ބަދަލު ކުރީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. 

މޯލްޑިވިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

26 އޮކްޓޯބަރު 2025
މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

23 ސެޕްޓެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު