Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިސޯޓްތައް ހުޅުވުން

ރިސޯޓުތަކުގެ 95 ޕަސެންޓް ހުޅުވިއްޖެ - ރައީސް

12 އޯގަސްޓު 2021 | ބުރާސްފަތި 02:04

މިހާތަނަށް 655,000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 އޯގަސްޓު 2021 | ބުރާސްފަތި 02:04
ކޯވިޑް-19 އާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ، ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން

ކޯވިޑް-19 އާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ، ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން

ފަތުރުވެރިކަމުގެ ދާއިރާ އަނބުރާ އިޢާދަކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 93 ޕަސެންޓް މީހުން ވެކްސިން ޖަހައި ދެ ޑޯޒް ހަމަކޮށްފައިވާ ކަމަށެވެ. އަދި ބޯޑަރ ކޮންޓްރޯލްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ކޮވިޑުގެ ޙާލަތާއެކު ދިގު މުއްދަތަކަށް ގެސްޓްހައުސްތައް ބަންދުވެފައި ހުރުމަށްފަހު، އަލުން ހުޅުވައިލެވި ޚިދުމަތް ދޭން ފެށިފައިވާ ކަމަށެވެ. މިހާރު ރާއްޖޭގައި ހިންގަމުންދާ ރިޒޯޓުތަކުގެ 95 ޕަސެންޓް މުޅިން ހުޅުވާފައިވާ ކަމަށެވެ. މީގެ އިތުރުން މިހާތަނަށް 655,000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވުމާއެކު، އަޅުގަނޑުމެން ވެސް މި ހޭދަކުރީ ވަރަށްދަތި އުނދަގުލުގައި ކަމަށެވެ. އަދި ދުނިޔޭގައި ކޮވިޑް ފެތުރެން ފެށިއިރު، ރާއްޖެއަކީ މިފަދަ ބަލިމަޑުކަމަކާ ކުރިމަތިލުމުގެ އެއްވެސް ވަސީލަތެއް ޤާއިމުކުރެވިފައިވާ ޤައުމެއް ނޫން ކަމަށެވެ. އަދި އަޅުގަނޑުމެންގެ ފުރަތަމަވެސް އަމާޒަކަށްވީ، މި ބައްޔަށް ފަރުވާދެވޭވަރަށް ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޤާބިލުކަން އިތުރުކުރެއްވުން ކަމަށާއި، މި ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާނެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދަތިތައް ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ކޮށްދެވެންހުރި ކަންތައްތައް ކޮށްދެއްވުން ކަމަށެވެ. ރައީސް ވިދާޅުވީ މާތްﷲގެ އިރާދަފުޅުން ކޮވިޑުގެ ޙާލަތު ކޮންޓްރޯލް ކުރެވި، އާ ޢާންމު ޙާލަތަކަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް ފެށި، ކުދި ވިޔަފާރިތައް ހުޅުވާލައި، ވަޒީފާތައް އިޢާދަވާން ފަށާފައިވާ ކަމަށާއި، ދިރިއުޅުން އާރާސްތުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. މިކަން މިގޮތުގައި ދެމެހެއްޓޭނީ، ހުރިހާ ރައްޔިތުން އެކުގައި ގުޅިގެން ވެކްސިން ޖެހުމަށް މިކުރާ މަސައްކަތް ކާމިޔާބުކޮށް، ރާއްޖެއަކީ 12 އަހަރުން މަތީގެ ހުރިހާ އެންމެން ވެކްސިން ޖަހާފައިވާ އާބާދީއެއް ދިރިއުޅޭ ޤައުމަކަށް ހެދިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ މިއަދުގެ ވެސް އިލްތިމާސަކީ، ހުރިހާ ރައްޔިތުން ވެސް ވީހާ އަވަހަކަށް ވެކްސިން ޖަހައި ނިންމުން ކަމަށެވެ.

މގެ އިތުރުން މި ހަފްތާގެ ތެރޭގައި އޮފީސްތަކުގެ މުވައްޒަފުން އޮފީހަށް ނުކުމެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި، ކެފޭ، ރެސްޓޯރެންޓް، ސެލޫން އަދި ޖިމާއި އެހެނިހެން ވިޔަފާރިތައް، ޢާންމު ޙާލަތުގެ ގަޑިތަކާ އެއްގޮތަށް ހުޅުވައި، މިހާރު މިވަނީ ޚިދުމަތް ދޭން ފަށާފައި ކަމަށެވެ. މީހުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ވަރަށްގިނަ ލުއިތަކެއް ދެވިފައިވާ ކަމަށާއި، މި ދެވުނު ލުއިތަކާ އެކީގައި، އިޤްތިޞާދީ ޙަރަކާތްތައް ރަނގަޅުވާން ފަށާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެކްސްޕޯޓްގެ މިންވަރު، މިދިޔަ އަހަރުގެ ޖުލައިމަހާ އަޅައިބަލާއިރު، މިހާރުވަނީ 19 ޕަސެންޓް އިތުރުވެފައި ކަމަށެވެ. އިމްޕޯޓުގެ މިންވަރު، މިދިޔަ އަހަރުގެ ޖުލައިމަހާ އަޅައިބަލާއިރު، 45 ޕަސެންޓް އިތުރުވެ، މި އަހަރުގެ ޖުލައިގެ ނިޔަލަށް ދައުލަތުގެ ޖުމްލަ އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، 14 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި، ހަމައެކަނި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، 23 ޕަސެންޓް އިތުރު ކަމަށް ރައީސް ވިދާޅުވިއެވެ.

ރިސޯޓުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކޮވިޑް-19ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
11 ސެޕްޓެމްބަރު 2025

ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

11 ސެޕްޓެމްބަރު 2025
ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
06 އޯގަސްޓު 2025

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް