Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަން ދިނުން

ޔޫތު މިނިސްޓްރީން 15 ޖަމްޢިއްޔާއަކަށް މާލީ އެހީ ހަވާލުކޮށްފި

މިފަހަރު މާލީ އެހީ ހޯދުމަށް ރާއްޖޭގެ 12 އަތޮޅަކުން 62 ޖަމްޢިއްޔާއެއް ކުރިމަތިލި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އޯގަސްޓު 2021 | ބުދަ 14:09
ޔޫތު މިނިސްޓްރީން 15 ޖަމްޢިއްޔާއަކަށް މާލީ އެހީ ހަވާލުކުރުން

ޔޫތު މިނިސްޓްރީން 15 ޖަމްޢިއްޔާއަކަށް މާލީ އެހީ ހަވާލުކުރުން

އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމުގެ ގޮތުން މަދަނީ ޖަމްޢިއްޔާތަކުން ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން 15 ޖަމްޢިއްޔާއަކަށް މާލީ އެހީ ހަވާލުކޮށްފިއެވެ.

ބުދަ ދުވަހުގެ މެންދުރު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ ޖަމްޢިއްޔާތަކާ ހަވާލުކޮށްދެއްވީ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމްއެވެ. މިއީ އެ މިނިސްޓްރީއިން ކުރިޔަށް ގެންދާ "އެންޖީއޯ ގްރާންޓް ޕްރޮގްރާމް"ގެ ދަށުން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން 15 ޖަމްއިއްޔާއެވެ.

Advertisement - newsAdvertisement

މިފަހަރުގެ ޕްރޮގްރާމްގައި އެ މިނިސްޓްރީއިން ވަނީ ތިން ދާއިރާއަކުން މާލީ އެހީ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު, މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހުޅުވާލާފައެވެ. ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރިއިރު މިފަހަރު މާލީ އެހީ ހޯދުމަށް ރާއްޖޭގެ 12 އަތޮޅަކުން 62 ޖަމްޢިއްޔާއެއް ކުރިމަތިލިއެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް މަދަނީ ޖަމްޢިއްޔާތަކަށް މާލީ އެހީ ދިނުމަށް އެކި ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް އެ މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާޔޫތު މިނިސްޓްރީމިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
29 ނޮވެމްބަރު 2025

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި
29 އޮކްޓޯބަރު 2025

ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް

29 އޮކްޓޯބަރު 2025
ސަރުކާރުން ސްޕޮންސަރ ދޭ މީޑިއާ ތައް ކަނޑައަޅައިފި، އެންމެ ގިނަ ލާރި ލިބެނީ އެ ފައިސާ ދޫކުރާ މިނިސްޓަރުގެ ޓީވީ އަށް
06 އޯގަސްޓު 2025

ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ

06 އޯގަސްޓު 2025
ވެރިކަމަށް އަންނަތާ 3 މަސް ތެރޭ ނިންމަން ވައުދުވި ކުނަހަންދޫ ފުޓުސަލް ދަނޑުގެ މަސައްކަތް ހުއްޓިފަ
18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު