Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިންސީ ގޯނާގެ މައްސަލަ

ޖިންސީ ގޯނާގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވޭ

ޖިންސީ ގޯނާ ކުރީ ކާކުކަމެއް ފުލުހުން ހާމަކޮށްފައެއް ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ޖުލައި 2022 | ބުދަ 07:21
ކ އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އާންމުންގެ ގިނަ ބައެއްގެ ސަމާލުކަން އެ މައްސަލައަށް ލިބިފައިވޭ

ކ އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އާންމުންގެ ގިނަ ބައެއްގެ ސަމާލުކަން އެ މައްސަލައަށް ލިބިފައިވޭ

ކ އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އާންމުންގެ ގިނަ ބައެއްގެ ސަމާލުކަން އެ މައްސަލައަށް ލިބިފައިވާއިރު، އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، އެރަށުގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ކަމަށާއި، ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން، ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

އެހެންނަމަވެސް ޖިންސީ ގޯނާ ކުރީ ކާކުކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ބުނެ އާންމުން ނުކުމެ ޒުވާނަކަށް ހަމަލާދީފައިވާ އިރު، އޭރު ހިނގާދިޔަ ހަމަނުޖެހުން ކޮންޓްރޯލްކޮށްފައިވަނީ މާލެއިން ސްޕެޝަން އޮޕަރޭޝަންސްގެ ފުލުހުން ގޮސްގެންނެވެ. މި ހަމަނުޖެހުންތަކުގައި ފުލުހުންނަށާއި، ޖިންސީގޯނާގެ ތުހުމަތުކުރެވޭ މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރެވޭ 22 އަހަރުގެ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ހައްޔަރުވެސް ކުރިއެވެ.

ފުލުހުން ބުނީ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އިތުރުން، ތުހުމަތުކުރެވޭ މީހާއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާއި، އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާއި، ކ. ދިއްފުށީ ސިއްހީ މަރުކަރުގެ ތަކެއްޗަށް ގެއްލުންދީގައިވާ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން ފުލުހުން ބުނީ، ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަވެސް އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކޮށް އެރަށު މީހުން އަނިޔާ ކޮށްފައިވާ ފަރާތަށް ލިބިފައިވާ އަނިޔާތަކަށް މިހާރުވެސް އޭނާ ގެންދަނީ ފަރުވާ ހޯދަމުންނެވެ. މިފަދަ މައްސަލަތަކާއި ގުޅިގެން އެއްވެސް މީހަކު ނުވަތަ ބަޔަކު އަމިއްލައަށް ކަންތައްތަކެއް ކުރުމުގެ ބަދަލުގައި، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ ޒިންމާ އޮންނަ ދައުލަތުގެ އިދާރާތަކަށް އަންގައިގެން އޮންނަ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި މައްސަލައިގައި އަނިޔާވި މީހާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. 

ޖިންސީ ގޯނާމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު