Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕުގެ ބިޑް ކާމިޔާބުކުރުމުން ރައީސްގެ މަރުޚަބާ އެފްއޭއެމަށް

މިއީ ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާ ދެވަނަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 އޯގަސްޓު 2021 | ހޯމަ 14:34
ރާއްޖެ އާއި ގުއާމް ބައްދަލުކުރި މެޗު ރައީސް ޞާލިޙް ބައްލަވާލައްވަނީ

ރާއްޖެ އާއި ގުއާމް ބައްދަލުކުރި މެޗު ރައީސް ޞާލިޙް ބައްލަވާލައްވަނީ

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ކުރި ބިޑް ކާމިޔާބުކުރުމާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޚަބާ ދަންނަވައިފިއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ހުޅުވާލުމާއެކު ރަސްމީކޮށް ބިޑުކުރީ ރާއްޖޭގެ އިތުރުން ނޭޕާލެވެ. ހޯމަ ދުވަހު އޮންލައިންކޮށް ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މި އަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ފާސްކޮށްފައެވެ. އަދި މި ބައްދަލުވުމުގައި ވަނީ މި މުބާރާތް މި އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށްވެސް ނިންމާފައެވެ.

އެއާއެކު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ބާއްވަން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި މި މުބާރާތް ރާއްޖޭގައި ބޭއްވުމަށްޓަކައި އެފްއޭއެމާ ގުޅިގެން މަސައްކަތް ކުރި އެންމެހާ ބޭފުޅުންނަށް މަރުޚަބާ ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕުގެ ބިޑް ކާމިޔާބުކުރުމާއެކު ނައިބު ރައީސް ފައިސަލް ނަސީމުވެސް ވަނީ ވަނީ އެފްއޭއެމާއި އެ ކަމުގައި ޝާމިލުވި އެންމެހާ ބޭފުޅުންނަށް މަރުޚަބާ ދަންނަވާފައެވެ. އަދި ވިދާޅުވީ މިއީ ކާމިޔާބު އިވެންޓަކަށް ވާނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އަދި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ބާއްވަން ފުރުސަތު ލިބުމަކީ އުފާވެރި ޚަބަރެއް ކަމަށެވެ. އަދި މި ބިޑް ކާމިޔާބުކުރުމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ވަޒީރު ވަނީ މަރުޚަބާ ދަންނަވާފައެވެ.

މީގެ އިތުރުން ސާފް ޗެމްޕިއަންޝިޕުގެ ބިޑް ކާމިޔާބުކުރުމާއެކު އެފްއޭއެމުގެ ރައީސް ބައްސާމް ކުރެއްވި ޓްވީޓެއްގައި ވަނީ މި ބިޑް ކާމިޔާބުކުރުމަށް ރައީސް ޞާލިޙާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ދެއްވި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވައިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާފައިވަނީ 2008 ވަނަ އަހަރެވެ. އެ އަހަރު މުބާރާތް ބޭއްވީ ރާއްޖެ އާއި ސްރީ ލަންކާ ގުޅިގެންނެވެ.

ސާފް ޗެމްޕިއަންޝިޕްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު