Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖެ އަންނަ ފަތުރުވެރިން

މި މަހުގެ ފުރަތަމަ 8 ދުވަހު 38،000ށް ވުރެ ގިނަ ފަތުރުވެރިން

އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ ހަތް ވަނަ ދުވަހު، އެއީ 6،083 ފަތުރުވެރިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 9 އޯގަސްޓު 2021 | ހޯމަ 07:54
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް

ރާއްޖެއަށް އައި ފަތުރުވެރިންތަކެއް

އޮގަސްޓު މަހުގެ ފުރަތަމަ 8 ދުވަހު 38،000ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، މިއޮގަސްޓު މަސް ފެށިގެން އައީ ވެސް 5،000ށް ވުރެ ގިނަ ފަތުރުވެރިންނާއެކުއެވެ. އެގޮތުން މަހުގެ ފުރަތަމަ ދުވަހު ވެސް 5،424 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ދެވަނަ ދުވަހު 4،165 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ތިން ވަނަ ދުވަހު 4،358 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

Advertisement - businessAdvertisement

އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 4،629ށް އިތުރުވެފައެވެ. އަދި ފަސް ވަނަ ދުވަހު އެއަދަދު 5،205ށް އިތުރުވެފައިވާއިރު، މަހުގެ ހަ ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 3،751ށް ވެއްޓިފައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 6،000ށް ވުރެ މައްޗަށް އަރާފައެވެ. އެއީ 6،083 ފަތުރުވެރިންނެވެ. މިއީ މިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި ދުވަހެވެ.

މި މަހުގެ 8 ވަނަ ދުވަހު ރާއްޖެ އައި 5،164 ފަތުރުވެރިންނާއެކު އޮގަސްޓު މަހުގެ ފުރަތަމަ 8 ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 38,779ށް އަރާފައެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 39,126 ފަތުރުވެރިންނާ އަޅާބަލާއިރު 347 ފަތުރުވެރިން މަދު އަދަދެކެވެ.

މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 651،146ށް އަރާފައެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، އެއް މަހަށް ވުރެ އަނެއް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. ޖެނުއަރީ މަހު 92,103 ފަތުރުވެރިން ރާއްޖެ އައި އިރު، ފެބްރުއަރީ މަހު އެ އަދަދު ވަނީ 96,882 ފަތުރުވެރިންނަށް އިތުރުވެފައެވެ. އަދި މާޗު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރާފައިވާއިރު، މިއީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން އެއް މަހެއްގައި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އެމަހު 109,585 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އޭޕްރިލް މަހުން ފެށިގެން ރާއްޖެ އަންނަމުންދިޔަ ފަތުރުވެރިންގެ އަދަދު މަޑުމަޑުން ދަށްވާން ފެށި އިރު އެ މަހު ރާއްޖެ އައިސްފައި ވަނީ 91,200 ފަތުރުވެރިންނެވެ. މެއި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 64,613ށް ވެއްޓުނު އިރު، ޖޫން މަހު ރާއްޖެ އައިސްފައި ވަނީ 56,166 ފަތުރުވެރިންނެވެ. މި ނިމުނު ޖުލައި މަހަކީ ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައި މަހެވެ. އެއީ 101,818 ފަތުރުވެރިންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ކޮވިޑްގެ ކުރިން ފަތުރުވެރިން ރާއްޖެ އަންނަމުންދިޔަ އަދަދަދާ އެއްވަރަކަށް މިހާރު ފަތުރުވެރިން އަންނަމުންދާއިރު، އަހަރު ނިމޭއިރަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތްކަމެއް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

ފަތުރުވެނިންމިނިސްޓްރީ އޮފް ޓުއަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު