Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޗައިލްޑް ސޭފްގާރޑިންގ ޕޮލިސީ

ކުޅިވަރުގެ މައިދާނުގައި ކުޑަކުދިންނަށް ރައްކާތެރިކަން އޮންނަންޖެހޭ: ފަރސްޓްލޭޑީ

މައްސަލަތަކަށް އިޖާބަދޭނެ ގޮތް މެނޭޖްމަންޓަށް އެނގިފައި އޮތުން މުހިންމު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 އޯގަސްޓު 2021 | ހޮނިހިރު 14:23
ޗައިލްޑް ސޭފް ގާރޑިންގ ޕޮލިސީ އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު

ޗައިލްޑް ސޭފް ގާރޑިންގ ޕޮލިސީ އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު

ކުޅިވަރުގެ މައިދާނުގައި ކުޑަކުދިންނަށް ހާމަކަން ބޮޑު ގޮތެއްގައި ރައްކާތެރިކަން އޮންނަންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން (ފަރސްޓްލޭޑީ) ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޗައިލްޑް ސޭފްގާރޑިންގ ޕޮލިސީ އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފަރސްޓްލޭޑީ ވަނީ ކުޅިވަރުގެ މުހިއްމުކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކުޅިވަރަކީ އޭގެ ޒާތުގައިވެސް ރައްކާތެރިކަމާއި ހިމާޔަތް ލިއްބައިދޭ އެއްޗެއްކަން ފަޒްނާ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ކުޅިވަރުގެ މާހައުލަކީވެސް ހިމާޔަތްލިބޭ، ރައްކާތެރި މާޙައުލަކަށް ވާން ޖެހޭކަން ފާހަގަ ކުރައްވައި ފަޒްނާ ވިދާޅުވީ، ކުޅިވަރުގެ މާހައުލުގައި ކުދިންނަށް ދިމާވާ ދަތިތައް ހިއްސާ ކުރުމަށް ބައެއް ފަހަރު ޖެހިލުންވާކަމަށް, ކަމުގެ ތަޖުރިބާކާރުން ފާހަގަކުރާ ކަމަށެވެ. އަދި އެކަމަށް މެދުވެރިވާ ސަބަބުތަކަށްވެސް ފަޒްނާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ފަޒްނާ ވިދާޅުވީ، ކުޅިވަރުގެ ތެރޭގައިވެސް އެކިކަހަލަ ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާ ކުރުން ފަދަ ކަންކަން އެކި ކަންކޮޅުތަކުގައި ހިނގާ ކަމަށެވެ.

އޭގެ އިތުރުން، "ޗައިލްޑް ސޭފްގާރޑިންގ ޕޮލިސީ"ގެ ފައިދާ ވާނީ ހަމައެކަނި ކުދިންނަށް ނޫންކަންވެސް ފަޒްނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެގޮތުން ކުދިންގެ ކޯޗުންނާއި މެނޭޖްމަންޓަށްވެސް އެކަމުގެ ފައިދާތައް ކުރާނެކަމަށް ފަޒްނާ ވިދާޅުވިއެވެ. ޚާއްސަ ގޮތެއްގައި މިފަދަ ޕޮލިސީއެއް އޮތުމުން، އެކި ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތް ފެންނަން އޮންނާނެކަން ފަޒްނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ކުއްޖަކާ ގުޅޭ މައްސަލައެއް ހުށައެޅުމުން އެކަމާ ގުޅޭ މައުލޫމާތުތަކާއި އެކަމަށް އިޖާބަދޭނެ ގޮތް މެނޭޖްމަންޓަށް އެނގިފައި އޮތުން މުހިންމުކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ. ފަޒްނާ ވަނީ އެފްއޭއެމްއިން އާރކްއާ ގުޅިގެން ފަށާފައި މިވާ މަސައްކަތުގެ ފޮނި ނަތީޖާ ފެންނާނެކަމަށް އުއްމީދު ކުރައްވާކަން ފާހަގަ ކުރައްވައި، އެހެން ކުޅިވަރު އެސޯސިއޭޝަން ތަކުންވެސް މި ކަންކަން ބަލައިގަންނާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

އާރކް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު