Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗައިލްޑް ސޭފްގާރޑިންގ ޕޮލިސީ

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުން މުއައްސަސާތަކުން ކުރާ މަސައްކަތްތައް މިވަނީ ދައްކުވައިދީފައި: މިނިސްޓަރ

7 އޯގަސްޓު 2021 | ހޮނިހިރު 14:14

އެފްއޭއެމްއާއި އާރކް ގުޅިގެން ވަނީ ޗައިލްޑް ސޭފްގާރޑިންގ ޕޮލިސީއެއް އެކުލަވާލާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 އޯގަސްޓު 2021 | ހޮނިހިރު 14:14
ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ

ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ޗައިލްޑް ސޭފްގާރޑިންގ ޕޮލިސީއެއް އެކުލަވާލުމުން އެއިން ދައްކުވައިދެނީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް ކަމަށް ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެންޑަރ މިނިސްޓަރ މިފަދައިން ވިދާޅުވީ އެފްއޭއެމްއިން އެކުލަވާލާފައިވާ ޗައިލްޑް ސޭފްގާރޑިންގ ޕޮލިސީ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޖެންޑަރ މިނިސްޓަރ ވަނީ އެފްއޭއެމްއިން ޗައިލްޑް ސޭފްޓީ އިންޓަރވެންޝަންއަށް ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.

މިކަމަށް ވަކި ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، ކޮމިޓީގައި ކަމާގުޅުންހުރި މުއައްސަސާތައް ހިމަނައި, ކުދިންނާއި ގުޅިގެން ކުރަމުންދާ މަޝްވަރާތަކަކީ ކުޑަކުދިންނާ ގުޅޭ މަޝްވަރާތަކަކަށް ހެދުމަށް މި ޕޮލިސީގައި ޚާއްސަ އިސްކަމެއް ދީފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުދިންނާ ގުޅޭ ޚިދުމަތްތަކެއް ދިނުމަށް އެ އިދާރާގައި ޗައިލްޑް ސެންޓަރޑް އޮފިސަރުން ކަނޑައަޅާފައި ތިބިކަންވެސް ފާހަގަކުރެއްވިއެވެ. މިކަން ޕޮލިސީގައި ހިމަނާފައިވުމުން، މިއީ ކުދިންނާ ގުޅިގެން ކުރާ މަސައްކަތްތަކުގެ މުހިންމުކަން އެފްއޭއެމްއިން ދެނެގަންނަކަން ހާމަވާކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މި ޕޮލިސީ ތަންފީޒުކުރުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ކުރިއަށްއޮތީ ބުރަ މަސައްކަތްތަކެއް ކަމަށާއި، މި މަސައްކަތް ތަންފީޒުކުރާނީ ހަމައެކަނި މާލޭގައި ނޫން ކަމަށާއި، އަތޮޅުތެރޭގައި ވެސް މިކަން ތަންފީޒުކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕޮލިސީ ތަންފީޒުކުރުމަށްފަހު ވެސް އިތުރު ބަދަލުތަކެއް ގެންނަންޖެހިއްޖެނަމަ އެ ބަދަލެއް ގެނައުމަކީ ވެސް މުހިންމު ކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި ޕޮލިސީއަކީ އެފްއޭއެމްއާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) ގުޅިގެން އެކުލަވާލާފައިވާ ޕޮލިސީއެކެވެ. މި ޕޮލިސީއަކީ ފުޓުބޯޅައިގެ މައިދާނުގައި ކުޑަކުދިންގެ ކަރާމާތްތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޕޮލިސީއެކެވެ.

މިނިސްޓްރީ އޮފް ޖެންޑަރފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
11 އޮކްޓޯބަރު 2025

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް

11 އޮކްޓޯބަރު 2025
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމެޓީ އަށް ރާއްޖޭގެ ޓޮމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް