Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޑޮލަރުގެ ކަޅު ބާޒާރުގެ ވާހަކަދައްކާ ބަޔަކު ނެތީތަ؟

އެކި ކޮމިއުނިޓީ ހަދައިގެން ބޮޑު އަގުގައި ފައުޅުކަން ބޮޑު ގޮތެއްގައި ޑޮލަރު ވިއްކަމުންދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2021 | ހުކުރު 12:44
ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ހުރީ 18:80ށެވެ.

ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ހުރީ 18:80ށެވެ.

މިފަހުގެ ތާރީޚެއްގައި ދުނިޔޭގެ އިގްތިސާދަށް ދިމާނުވާހާ ބޮޑެތި ގޮންޖެހުންތައް މިހާރު ވަނީ ކުރިމަތިވެފައެވެ. މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑްގެ ބަނަ ވިލާގަނޑާއެކު ގައުމުތަކުން ދަނީ އިގްތިސާދީ ގެއްލުންތައް ތަހައްމަލް ކުރަމުންނެވެ. މިއަނދަވަޅުން އަރައިގަތުމަށް އެކި ގައުމުތަކުން ދަނީ އެކި ސްޓްރެޓެޖީ އިޚްތިޔާރު ކުރަމުންނެވެ.

ކޮވިޑްގެ މި ވަބާގައި، ރާއްޖޭގެ އިގްތިސާދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ދިވެހި އިގްތިސާދު ނަގައި ކޮޅަށް ޖެހުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އިގްތިސާދު ކޮޅަށް ޖެހޭނެ ކަމުގެ ފެހި ސިގްނަލް މިހާރު ވަނީ ލިބެންވެސް ފަށާފައެވެ.

ސަރުކާރުގެ ހިކުމަތްތެރި ވިސްނުމާއެކު، ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ހިއްސާކުރާ ފަތުރުވެރިކަމަށް ހުޅުވާލި ފުރުސަތުގެ ސަބަބުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ފެންނަމުން މިދާ ހެޔޮ ބަދަލުތަކާއެކު ރާއްޖޭގެ އިގްތިސާދު އިހު އޮތް ގޮތަށް ބަދަލުވެދާނެ ކަމުގެ އުންމީދު ވަނީ އާލާވާން ފަށާފައެވެ.

ކޮންމެއަކަސް ކޮވިޑް19ގެ އެންމެ ނުރައްކާތެރި ހާލަތުން އަރައިގަނެވުނު ކަމުގެ އިހުސާސް ކުރެވުނު ނަމަވެސް، މި ކާރިސާގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެވޭތަން އަދި ފެނިގެނެއް ނުދެއެވެ.

ކޮވިޑާއި ގުޅުންހުރި ހަރުކަށި ލޮކްޑައުންތަކާއެކު، ވިޔަފާރިތައް ބަންދުކުރަންޖެހި އަލުން ހުޅުވުމުގެ ފުރުސަތު ލިބިގެންދިޔަތާ މިވީ މަހެއްހާ ދުވަހެވެ. ކޮވިޑުގެ ބިޔަރާޅުތައް ވިޔަފާރިތަކަށް ބިންދާލުމާއެކު، އެކަމުން ސަލާމަތްވުމަށް ވިޔަފާރިތަކުން އެކި ނަންނަމުގައި ލޯނު ނަގަން ފެށިއެވެ. މި ލޯނުތައް ދައްކަން ޖެހުމުގެ ބުރަވެސް ހަމަ އުފުލަން ޖެހޭނީ އެ ވިޔަފާރިތަކުންނެވެ. ވިޔަފާރިތައް ހަމައަކަށް އެޅުވުމަށް ވިޔަފާރިވެރިން ކުރަމުން އަންނަ މަސައްތާއެކު ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އުފުލި، މުދަލުގެ އަގުވެސް މިހާރު ވަނީ އުފުލިފައެވެ.

މިއީ، ކޮވިޑާއެކު ރާއްޖެއަށް ބޭރު ފައިސާ ވަންނަން ހުރި ދޮރާށި ބަންދު ވުމުގެ ނަތީޖާކަމަށްވެސް ވެދާނެއެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުނަސް ވިޔަފާރިތަކުން ރާއްޖެއަށް މުދާ އެތެރެކުރަމުން އަންނައިރު، ކަޅު ބާޒާރު ނައްތާލުމަށް އެއްވެސް ބަޔަކު ވާހަކަ ދައްކާ ތަނެއް ނުފެނެއެވެ. ޑޮލަރުގެ ޑިމާންޑު މިހާ ބޮޑުވެފައި މިވަނީ ޓޫރިޒަމް ދަށްވުމުން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

ޑޮލަރުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މައްސަލަ ހައްލުކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރާތަނެއް ނުފެނެއެވެ. އެއްކޮޅުން ވިޔަފާރިވެރިންނާއި އާންމުން ޑޮލަރު ނުލިބިގެން އަގުބޮޑުކޮށްވެސް ޑޮލަރު ގަންނަން ޑޮލަރު ފަހަތުން ދުވަނީއެވެ. ދައުލަތަށް ލިބެމުންއައި އާމްދަނީ އެކީއެކަށް ހުއްޓުމަަކަށް އައިސްފައިވީ ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްވެސް ގެންދަނީއެވެ.

މިހުރިހާ ކަމެއް މިހެން އޮތް އިރު، މުދަލުގެ އަގު އުފުލި، ވިޔަފާރިވެރިންނާއި، ރައްޔިތުން ހަނާވަމުންދާއިރު، މިވާހަކަ ދައްކާނެ ބަޔަކު ނެތެވެ. މިކަމަކީ ހަގީގަތުގައިވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ. ޑޮލަރު ގަތުމަށްޓަކައި، އެކި ކޮމިއުނިޓީ ހަދައިގެން ބޮޑު އަގުގައި ފައުޅުކަން ބޮޑު ގޮތެއްގައި ޑޮލަރު ވިއްކަމުންދާއިރު، މިކަން ހަމައަކަށް އަޅުވަން އެއްވެސް ކަމެއް ނުކުރެއޭވެސް ދެންނެވިދާނެއެވެ.

އެހެންނަމަވެސް، ފާއިތުވެދިޔަ ތަނުގައި ބޭއްވި މަދު ޕްރެސް ކޮންފަރެންސްތަކުގައި، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މާލީ ވަޒީރު ވިދާޅުވެފައި އެބަހުއްޓެވެ. މިގޮތުން އެންމެފަހުން ވިދާޅުވެފައިވަނީ، ޑޮލަރުގެ މަސަލައަށް އަދި ހައްލު އައިސްފައި ނުވަނީ، އެމްއެމްއޭއާއި ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަދި ނިންމަވާ ލެވިފައި ނުވާތީ ކަމުގައެވެ. އެމަސައްކަތް މިއަހަރު ފެބްރުއަރީ މަހުން ފެށިގެން ކުރިޔަށްދާކަމަށްވެސް ވިދާޅުފައި ވެއެވެ.

ޑޮލަރުގެ ވަރުގަދަ ކަޅު ބާޒާރެއް ރާއްޖޭގައި އުފެދި، ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ގޮސްފައިވާއިރު، މުއައްސަސާތައް ހިމޭނުން ތިބުމަކީ ހައްލު ގެނެވޭނެ ގޮތެއް ނޫނެވެ އިދިކޮޅު ކޯލިޝަނުން ވެސް މިވާހަކަ ދައްކާތަނެއް ނުފެނެއެވެ. މިއަށްވުރެ އެ މީހުންނަށް މުހިއްމީ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލުން ކަމަށް ވެދާނެއެވެ.

ފިނޭންސް މިނިސްޓްރީފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު