Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައިނަލްއަގުވާމީ ޓީޓީ މުބާރާތްތައް ބޭއްވުން

ރާއްޖޭގައި ބާއްވާ ޓީޓީ މުބާރާތްތައް އަންނަ އަހަރަށް ފަސްކޮށްފި

މުބާރާތްތައް ބާއްވާނެ ތާރީޚެއް ނިންމާނީ ފެބްރުއަރީ ހިސާބުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 އޯގަސްޓު 2021 | ބުދަ 06:37
2019 ވަނަ އަހަރުގެ އައިއޯއައިޖީގެ ތެރެއިން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް

2019 ވަނަ އަހަރުގެ އައިއޯއައިޖީގެ ތެރެއިން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް

މި މަހުގެ ތެރޭގައި ރާއްޖޭގައި ބާއްވަން ނިންމި ޓޭބަލް ޓެނިހުގެ ބައިނަލްއަގުވާމީ ދެ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފިއެވެ.

މި އަހަރުގެ މާޗު މަހުގެ ތެރޭގައި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ވަނީ ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި، ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް މި މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިފައިވާކަން ހާމަކޮށްފައެވެ.

އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭ ޓީޓީ ހޯލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަނީ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުން އެއީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެގޮތުން މި އަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު އެ ދެ މުބާރާތް މިހާރު އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ޓީޓީއޭއެމުގެ ރައީސް އަލީ ރަޝީދު (އައްޔަ) ވަނީ ވިދާޅުވެފައެވެ. އައްޔަ ވިދާޅުވީ މުބާރާތްތައް ފަސްކުރަން ޖެހުނީ އޭޝިއާގެ މުބާރާތާއި ދުނިޔޭގެ ފެޑެރޭޝަންގެ މުބާރާތުގެ ތާވަލަށް ބަދަލުތަކެއް އައުމުން ކަމަށާއި، ދެން އެ ދެ މުބާރާތް ބާއްވާނެ ސީދާ ތާރީޚެއް ކަނޑައަޅާނީ ރަމަޟާން މަހުގެ ކުރިން، އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައި ކަމަށެވެ.

އަންނަ އަހަރު ރާއްޖޭގައި ޓީޓީގެ ބައިންލއަގުވާމީ ދެ މުބާރާތެއް ބާއްވާއިރު، މީގެ ކުރިން 2018 ވަނަ އަހަރު ރާއްޖޭގައި ވަނީ 24 ވަނަ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ބާއްވާފައެވެ. އެ މުބާރާތުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރިހި މެޑަލް ހޯދިއިރު، އައިޝަތު ރަފާ ނާޒިމް ވަނީ ލޯ މެޑަލް ހާސިލުކޮށްފައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު