Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޯޓެއް ހައިޖެކްކުރުން

ގަލްފް އޮފް އޮމާން ކައިރިން ދަތުރުކުރި ބޯޓެއް ހައިޖެކްކޮށްފި

ހައިޖެކް ކުރުމަށް ފަހު އިރާނަށް ދިއުމަށް ބޯޓުގެ މިސްރާބު ބަދަލުކުރުމަށް ހައިޖެކްކުރި މީހުން އަންގާފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 އޯގަސްޓު 2021 | ބުދަ 06:31
ޕެނަމާގެ ދިދަ ޖަހާފައިވާ 'އަސްފަލްޓް ޕްރިންސެސް' ބޯޓު

ޕެނަމާގެ ދިދަ ޖަހާފައިވާ 'އަސްފަލްޓް ޕްރިންސެސް' ބޯޓު

ގަލްފު އޮފް އޮމާން ކައިރިން ދަތުރުކުރި ބޯޓެއް ހައިޖެކްކޮށްފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި ބޯޓަކީ ދުބާއީގައި ހުންނަ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެކެވެ. ޕެނަމާގެ ދިދަ ޖަހާފައިވާ 'އަސްފަލްޓް ޕްރިންސެސް' ބޯޓަށް ހަތިޔާރާއެކު 9 މީހުން އަރައި ހައިޖެކް ކޮށްފައިވާއިރު މިކަން ކުރީ ކޮންބައެއްކަން ކަށަވަރު ވެފައެއް ނުވެއެވެ. ނަމަވެސް މިއީ އިރާނުގެ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ބޯޓު ހައިޖެކް ކުރުމަށް ފަހު އިރާނަށް ދިއުމަށް ބޯޓުގެ މިސްރާބު ބަދަލުކުރުމަށް ހައިޖެކްކުރި މީހުން އަންގާފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ހާދިސާ ހިނގާފައި މިވަނީ އޮމާންގެ އިރު އުތުރުގެ ރަށެއްކަމަށްވާ މަސީރާގައި ދަތުރުކުރަމުންދިޔަ (ލައިބީރިއާގެ ދިދަ ޖެހި) އިސްރާއީލުގެ ބިލިއަނަރ, އެޔަލް އޮފާގެ މާސާރ ސްޓްރީޓްސްގެ ތެޔޮ ޓޭންކަރަކަށް ޑްރޯން ރޮކެޓް ހަމަލާއެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.

މި ހަމަލާގައި ރޫމޭނިއާގެ ރައްޔިތަކާއި އިނގިރޭސިވިލާތައް ނިސްބަތްވާ ރައްޔިތެއް ވަނީ މަރުވެފައެވެ. މިކަމުގެ ޒިންމާ އިސްރާއީލުން އެންމެ ފުރަތަމަ ވެސް އެޅުވީ އެ ޤައުމުގެ އެންމެ ހަތުރުވެރި އީރާނުގެ ބޮލުގައެވެ. އިސްރާއީލަށްފަހު އެ ޤައުމަށް ވާގިވެރިވާ ހުޅަނގުގެ ބާރުތައްކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް ވަނީ މިކަމުގެ ޒިންމާ އީރާނުން ނަގަންޖެހޭނެކަމަށް ބުނެފައެވެ.

މީގެ އިތުރުން ވެސް މިފަދަ އެހެން ހާދިސާއެއް ފާއިތުވި ހަފްތާގައި ވަނީ ހިނގާފައެވެ. އެގޮތުން އޮމާން ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ އެ ޤައުމުގެ ކަނޑު ބޯޓަކަށް މި ދިޔަ ހަފުތާގެ ތެރޭގައި ހަމަލާއެއްދީ, ބޯޓުގެ 2 ފަޅުވެރިން ވަނީ މަރުވެފައެވެ. މި ދެ ހަމަލާ މިހާ ގަތްގާތުގައި ދިނުމުން އޮމާންގެ ރައްކާތެރިކަން ގެއްލި، ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށް އިސްރާއީލާއި ހުޅަނގުގެ ބާރުތަކުން ވަނީ ބުނެފައެވެ. އިސްރާއީލުގެ ބިލިއަނަރ, އެޔަލް އޮފާގެ މާސާރ ސްޓްރީޓްސްގެ މި ތެޔޮ ޓޭންކަރަށް ޑްރޯން ހަމަލާ އެރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެމެރިކާގެ ކަނޑުމަތީ ސިފައިން ވަނީ އެ ޤައުމުގެ ބާރު ހިނގާ ސަރަހައްދަކަށް މި ޓޭންކަރާއި އޭގައި ތިބި މީހުން ގެންގޮސްފައެވެ.

މިކަމާގުޅިގެން އިސްރާއީލުގެ ބޮޑު ވަޒީރު ނަފްޓަލީ ބެނެޓް ވަނީ (އެއްވެސް ހެއްކެއް ނެތި) މިކަމުގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވައި، މިކަމުގެ އިންޓެލިޖެންސް މައުލޫމާތު ހުރިކަމަށް ވިދާޅުވެފައެވެ. އިސްރާއީލުގެ ބޮޑު ވަޒީރު ވަނީ, އެއީ އީރާނުން ކުރިކަމެއް ކަމަށް ތުހުމަތުކުރައްވައި، މި އަމަލަކީ އެ ޤައުމުން ކުރި ބޮޑު ކުށެއްކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ވަޒަންކޮށްދީ, ޖަވާބުދާރީ ކުރުވަންޖެހޭނެކަމަށް ވަރަށް ހަރުކަށިކަމާއެކު ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ސެކެޓްރީ އެންތަނީ ބްލިންކަން, އަދި އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީ ޑޮމިނިކް ރާބް ވެސް ވަނީ މި ހަމަލާއަކީ އީރާނުން ދިން ހަމަލާއެއްކަމަށް ވިދާޅުވެފައެވެ. އިރާން ސަރުކާރުގެ ތަރުޖަމާނު ސަޢީދު ކަތިބްޒަޑޭ ބޭއްވެވި ވަރޗުއަލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އޭނާ ވަނީ މި ޤައުމުތަކުގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އިސްރާއީލުގެ ލާއިންސާނީ ބާރު ގަދަވެގެންދާ ކޮންމެ ތަނަކުން ވެސް ފެނިގެންދާނީ ހަނަފަސްކަމާއި، ބިރުވެރިކަން އަދި ހަމަނުޖެހުމުގެ އަމަލުތައްކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ފަލަސްތީނުން ފެނި, އަޅާނުލާ އެތައް ޤައުމެއް ތިބި އިރު، މިއަދު އޮމާންގައި އިސްރާއީލުގެ ބަސް ވިކެންފެށުމުން އެ ޤައުމަށް ވެސް އަތްގަދަކޮށް ފަނާކުރަނިވި އަމަލުތައް ހިންގަމުންދާކަމުގެ ތުހުމަތު އީރާން ސަރުކާރުގެ ތަރުޖަމާނު ކުރެއްވިއެވެ. މިގޮތަށް ބަހުގެ ހަމަލާތައް އަމާޒުކޮށް ތުހުމަތުތައް ކުރުމަކީ އީރާނުގެ ތަޞައްވުރު ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ކިލަނބުކުރުމަށް ކުރާ އަމަލެއްކަމަށް ސިފަކުރައްވައި, އޭނާ ވަނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ފަސްނުޖެހޭނެކަމަށް ވިދާޅުވެފައެވެ.

އީރާނާއި އިސްރާއީލަކީ މެދުއިރުމަތީގެ އެންމެ ނުފޫޒު ގަދަ ދެ ޤައުމުކަމުގައިވާއިރު، ދެ ޤައުމުގެ ދެމެދުގައި ވަނީ ގިނަ މައްސަލަތަކެއް އުފެދިފައެވެ. އެގޮތުން އީރާންގެ ނިއުކްލިއަރ ޑީލްގެ މައްސަލައާއި، ފަލަސްތީންގެ މުސްލިމުންނަށް އިސްރާއީލުން އަމަލުކުރަމުންދާ ލާއިންސާނީ ގޮތްތައް އެންމެ ބޮޑަށް ކުށްވެރިކުރާ ޤައުމަކީ އީރާނެވެ.

ޔޫއޭއީއީރާންއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
29 ނޮވެމްބަރު 2025

ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

29 ނޮވެމްބަރު 2025
ފަލަސްތީނު ގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު