Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލައް ސިޓީގެ ކޮވިޑް-19ގެ ހާލަތު

ފުވައްމުލައް ސިޓީން އިތުރު 5 މީހުން ޕޮޒިޓިވް!

828 މީހަކު ބަލިން ރަނގަޅުވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 4 އޯގަސްޓު 2021 | ބުދަ 02:01
ފުވައްމުލައް ސިޓީގެ މަގެއް،

ފުވައްމުލައް ސިޓީގެ މަގެއް،

ފުވައްމުލައް ސިޓީން އިތުރު 5 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 880ށް އަރައިފިއެވެ.

ފުވައްމުލައް ހޮސްޕިޓަލުން ބުނީ އާދިއްތަ ދުވަހުގެ ހަވީރު 5:00ން ހޯމަ ދުވަހުގެ ހަވީރު 5:00ށް އިތުރު 45 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން އިތުރު 5 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ 5 ދިވެހިން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 880 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އަދި 828 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. މޮނިޓަރިންއަށް 765 ގެއެއް ލާފައިވާއިރު، 316 މީހުން ހައިރިސްކް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. ހޮސްޕިޓަލުން ބުނީ 53 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، ފެސިލިޓީގައި 3 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެ ހެނދުނު 9:00ގައި ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު 94 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ނިޔާވެފައެވެ. މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި 222 ވަނަ މީހާއެވެ.

ފުވައްމުލައް ހޮސްޕިޓަލުން ބުނީ ސާމްޕަލިންގެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ. އެގޮތުން މިހާތަނަށް 19583 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އަދި 64 ސާމްޕަލެއް ނަތީޖާ ނުލިބޭ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ހޮސްޕިޓަލުން ބުނީ ކޮވިޑް-19ން ދިފާއުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަށް ބާރު އަޅާކަން ފާހަގަކޮށް ހޮސްޕިޓަލުން ބުނީ މިހާތަނަށް 4945 މީހުން ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި 5992 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވެއެވެ.

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ބަލީގެ ހާލަތު ރަނގަޅުވަމުން އަންނާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއިތައް ދެމުންނެވެ. ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ބަލިން ރައްކާތެރިވުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. ފުވައްމުލައް ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން މެއި މަހުގެ 5 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ފުވައްމުލައް ސިޓީކޮވިޑް-19

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
12 ނޮވެމްބަރު 2025

"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"

12 ނޮވެމްބަރު 2025
"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"
12 ނޮވެމްބަރު 2025

ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް

12 ނޮވެމްބަރު 2025
ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު
12 ނޮވެމްބަރު 2025

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން

12 ނޮވެމްބަރު 2025
ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދެން: ވިޔަފާރިވެރިޔާ ޝަރަފުއްދީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް