Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލުކާކޫ ހޯދަން މަސައްކަތްކުރުން

ލުކާކޫއަށް ޗެލްސީން ކުރި ބިޑް އިންޓައިން ބަލައެއް ނުގަތް

މީގެ ކުރިން ހުށަހެޅި ބިޑުވެސް އިންޓައިން ބަލައިގެންފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 އޯގަސްޓު 2021 | އަންގާރަ 14:19
އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ

އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ

ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ގަންނަން ޗެލްސީން ހުށަހެޅި ދެވަނަ ބިޑުވެސް ބަލައިނުގަންނަން އިންޓަ މިލާނުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އުމުރުން 28 އަހަރުގެ ލުކާކޫ އިންޓައާ ގުޅުނީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި 74 މިލިޔަން ޕައުންޑަށެވެ. އެ ފަހަރު ލުކާކޫ ވަނީ އިންޓަ އާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން ލުކާކޫ މި ވަގުތު އިންޓަ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން މީގެ ކުރިންވެސް ވަނީ ލުކާކޫއަށް ބިޑް ކޮށްފައެވެ. އެކަމަކު އެ ބިޑް އިންޓައިން ބަލައިގެންފައެއް ނުވެއެވެ. އެއާއެކު ދާދި ފަހުން ޗެލްސީން ވަނީ ލުކާކޫ ގަންނަން 85 މިލިޔަން ޕައުންޑުގެ ބިޑެއް ކޮށްފައެވެ. ނަމަވެސް އެ ބިޑުވެސް ބަލައިނުގަންނަން އިންޓައިން މިހާރު ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޗެލްސީގެ އިތުރުން ލުކާކޫ ހޯދުމަށް މަސައްކަތްކުރާ ކުލަބުތަކުގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކުވެސް ހިމެނެއެވެ. އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލުކާކޫ ވަނީ ކުރިއަށް އޮތް ސީޒަނުގައިވެސް ފެންނާނީ އިންޓައިން ކަމަށް ބުނެފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އިންޓަގެ ފަރިތަކުރުންތަކުގައި ލުކާކޫ މިހާރު ބައިވެރިވަމުން އަންނައިރު، އިންޓަގެ ސީއީއޯ ބެޕޭ މަރޯޓާ ވިދާޅުވީ އެ ކުލަބުގެ އައު ކޯޗު ސިމޯން އިންޒާގީގެ ޕްލޭނުގެ ލުކާކޫ އަކީ މުހިންމު ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން ލުކާކޫ ވިއްކުމުގެ ވިސްނުމެއް އެ ކުލަބުން ނުގެންގުޅޭ ކަމަށެވެ.

މިދިޔަ ސީޒަނުގައި އިންޓައިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ލީގުގައި ލުކާކޫ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އިންޓަގައި ހޭދަކުރި ދެ ސީޒަނުގައި ލުކާކޫ މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 95 މެޗުގައި 64 ލަނޑު ޖަހާފައެވެ.

ރޮމެލޫ ލުކާކޫޗެލްސީއިންޓަރ މިލާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު