Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދަށް ދިން ހަމަލާ

މޭ 6 ގެ ހަމަލާއާ ގުޅިގެން އަދުހަމާއެކު ވަނީ އިއުތިރާފުގެ އެއްބަސްވުން ހެދިފައި

3 އޯގަސްޓު 2021 | އަންގާރަ 09:55

އަދުހަމް އިއުތިރާފްވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާއާއި، އައިއެސް ޖަމާއަތަށް ތާއީދު ކުރުމުގެ ގޮތުން އަމަލުތައް ހިންގާ ކަމުގެ ދައުވާއަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 3 އޯގަސްޓު 2021 | އަންގާރަ 09:55
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި 4 މީހުން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި 4 މީހުން

މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ނީލޯފަރު މަގުގައި އައިއޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމާއެކު އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ގޮތުން ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވީ، އިއުތިރާފުގެ އެއްބަސްވުން ހަދަން ހުށަހެޅި، ނިމުނީ އިއުތިރާފުވެގެން ކުރިއަށް ގެންދިޔުމަށް ކަަމަށެވެ. އެއާއެކު، ހޯމަ ދުވަހު އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އަދުހަމާއެކު އިއުތިރާފުގެ އެއްބަސްވުމަކަށް އާދެވުނީ 3 ދުވަސް މަތިން ވާހަކަދައްކައިގެން ކަމަށާއި، އެއްބަސްވެފައިވަނީ، ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދުހަމް އިއުތިރާފްވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާއާއި، އައިއެސް ޖަމާއަތަށް ތާއީދު ކުރުމުގެ ގޮތުން އަމަލުތައް ހިންގާ ކަމުގެ ދައުވާއަށް ކަމަށް ޕީޖީ ވިދާޅުވިއެވެ. އެ ދެ ދައުވާއަށް އަންނަނީ ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެއް ކަމަށެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ، ދައުވާ ކުރަން ކޯޓަށް ހުށަހެޅިއިރު، މި އެއްބަސްވުން ވެސް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. މިކަމަށް ދެން ގޮތެއް ނިންމާނީ ކޯޓު މަރުހަލާގައި ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން އަދުހަމްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 23 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ. އަދުހަމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ، 32/2015 ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނާއި، 9/2014 ގާނޫނޫލް އުގޫބާތުގެ މާއްދާތަކުގެ މައްޗަށް ބިނާކޮށް ކަމުގައި ޝަމީމު ވިދާޅުވިއެވެ.

މި މައްސަލާގައި ދެން ދައުވާ ކުރުމަށް ފޮނުވާފައިވަނީ، މުޖާޒު އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ވެސް ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި، ކުށެއް ކޮށްފައިވާ މީހެއް ފިލުވަމަށް މަސައްކަތް ކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ. އޭނާގެ މައްޗަށް ކުށް ސާބިތު ވެއްޖެނަމަ، ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާއާ ގުޅިގެން 17 އަހަރާއި 20 އަހަރުގެ ހުކުމެއް އަދި ކުށެއް ކޮށްފައިވާ މީހަކު ފިލުވަން މަސައްކަތް ކުރުމުގެ ދައުވާ އާ ގުޅިގެން 9 މަހާއި 18 މަހުގެ ހުކުމެއް އަންނާނެއެވެ.

ތަހުމީން އަހުމަދު ގެ މައްޗަށް 4 ދައުވާއެއް އުފުލާފައިވާއިރު، ކުށް ސާބިތު ވެއްޖެނަމަ، 49 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

އަލީ ހައިޝަމްގެ މައްޗަށް އުފުލާފައިވަނީ، ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި، ގޮވާ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިޔުމަށް ރޭވުން، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 46 އަހަރުގެ ހުކުމެއް އަންނާނެކަން ޕީޖީ ފާހަގަކުރެއްވިއެވެ.

ޕީޖީ ޝަމީމު ވިދާޅުވީ، މިހާރު ދައުވާކުރަން ފޮނުވާފައިވާ މީހުންގެ މައްޗަށް ދައުވާތައް ސާބިތުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިތުރު 5 މީހުންގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، އެ މީހުންގެ މައްޗަށް ވެސް މި އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ދައުވާ އުފުލޭނެ ކަމަށެވެ.

އައިއީޑީ ގޮއްވާލާފައިވަނީ ކިހިނެތްކަން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިހުން ހަދާފައި އޮތް އެނަލިސިސް އިން ފެންނަން އެބައޮތް ކަމަށާއި، އެވާހަކަތައް ވެސް ކޯޓު މަރުހަލާގައި ކިޔައިދެއްވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. މި ހަމަލާއަށް ފައިނޭންސް ކުރި ގޮތާ ބެހޭ ގޮތުން ކުރަމުން އަންނަ ތަހުގީގު ނުނިމޭ ކަމަށާއި، އެއީ ވަކި މައްސަލައެއް ގޮތުގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި މި ތަހުގީގުގައި ޕީޖީގެ ޕްރޮސެކިއުޓަރުން ވެސް ބައިވެރިވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް