Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކިއެލީނީ އެއްބަސްވުން އާކުރުން

ޔުވެންޓަސްގެ އެއްބަސްވުން ކިއެލީނީ އާކޮށްފި

3 އޯގަސްޓު 2021 | އަންގާރަ 06:31

2023 ގެ ނިޔަލަށް ޔުވެންޓަސްގައި ކިއެލީނީ މަޑުކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 އޯގަސްޓު 2021 | އަންގާރަ 06:31
ޔުވެންޓަސްގެ ކެޕްޓަން އަދި އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއަލީނީ

ޔުވެންޓަސްގެ ކެޕްޓަން އަދި އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއަލީނީ

ޔުވެންޓަސްއާއެކު އެ ޓީމުގެ ކެޕްޓަން އަދި އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއަލީނީ ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

އުމުރުން 36 އަހަރުގެ ކިއެލީނީ އެންމެ ފަހުން ޔުވެންޓަސްގެ އެއްބަސްވުން އާކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އިތުރު އެއް އަހަރަށެވެ. އޭގެ ކުރިން ފުޓްބޯޅަ ކުޅުން ހުއްޓާލަން ބޭނުންނުވާ ކަމަށް ކިއެލީނީ ބުނި ނަމަވެސް، އެ ފަހަރު އޭނާ އެއްބަސްވުން އާކުރީ މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެން ގަސްތުކޮށްގެންނެވެ.

އިޓަލީއާއެކު މި ފަހަރުގެ ޔޫރޯ ކާމިޔާބުކުރި ކިއެލީނީ ވަނީ ހޯމަ ދުވަހުގެރޭ ޔުވެންޓަސްގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފައެވެ. އެހެންކަމުން އައު އެއްބަސްވުމާއެކު އޭނާ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ޔުވެންޓަސްގައި މަޑުކުރާނެއެވެ. ކިއެލީނީގެ އެއްބަސްވުން އާކުރުމަށްފަހު ޔުވެންޓަސްއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާއަކީ ޔުވެންޓަސްގެ ދިގު ތާރީޚުގެ ބޮޑު ހިއްސާއެއް އޮންނަ ކުޅުންތެރިއެއް ކަމަށެވެ. އަދި މިދިޔަ 16 އަހަރު ކިއެލީނީ ޔުވެންޓަސްއަށް ކޮށްދިން ޚިދުމަތަށް ބަލާއިރު، އޭނާއަށް އައު އެއްބަސްވުމެއް ހައްގު ކަމަށްވެސް ވަނީ ބުނެފައެވެ.

ލިވޯނޯއިން މީގެ 20 އަހަރު ކުރިން ކެރިއަރު ފަށައި ރޯމާ އާއި ފިއޮރެންޓީނާއަށްވެސް ކުޅުނު ކިއެލީނީ އަކީ 2005 ވަނަ އަހަރުން ފެށިގެން ޔުވެންޓަސްގެ މުހިންމު ކުޅުންތެރިޔެކެވެ. އަދި ފަބިއޯ ކަނަވާރޯ ކުޅުން ހުއްޓާލި ހިސާބުން ފެށިގެން، އޭނާއަކީ އިޓަލީގެ އެންމެ އިތުބާރު ޑިފެންޑަރެވެ. ޔުވަންޓަސްއަށް މިހާތަނަށް ކިއެލީނީ 535 މެޗު ކުޅެދީފައިވާއިރު، އޭނާ ވަނީ 36 ލަނޑު ޖަހާފައެވެ. އަދި ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ނުވަ ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އިޓަލީގެ ގައުމީ ޓީމަށް 2004 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކިއެލީނީ ވަނީ ގައުމީ ޓީމުގެ ޖާޒީގައި މިހާތަނަށް 112 މެޗު ކުޅެފައެވެ. އިޓަލީއާއެކު ކިއެލީނީގެ ހަމައެކަނި ކާމިޔާބީއަކީ މި ފަހަރުގެ ޔޫރޯއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި
25 މާރިޗު 2017

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް