Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޯކިއޯ އޮލިމްޕިކްސް

އޮލިމްޕިކްސްއިން މިހާތަނަށް 90 ޕޮޒިޓިވް ކޭސް

448،815 މީހުން ކޮވިޑަށް ސްކްރީން ޓެސްޓުކުރި

އަތޫފް އާތިފް
އަތޫފް އާތިފް | 2 އޯގަސްޓު 2021 | ހޯމަ 14:19
މިހާރު ކުރިއަށްދާ ޓޯކިއޯ އޮލިމްޕިކްސްގެ ތެރެއިން

މިހާރު ކުރިއަށްދާ ޓޯކިއޯ އޮލިމްޕިކްސްގެ ތެރެއިން

މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ޓޯކިއޯ އޮލިމްޕިކް ގޭމްސް 2020 އިން މިހާތަނަށް 90 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ މީޑިއާއިން ބުނެފިއެވެ.

އޮލިމްޕިކްސްއަށް އެތުލީޓުންނާއެކު ގައުމުތަކުގެ ކޮންޓިންޖެންޓް ވަނީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖަޕާނަށް ދާން ފަށާފައެވެ.

އެ ދުވަހުން ފެށިގެން ޖުލައި މަސް ނިމުމާ ހަމައަށް 448،815 (ހަތަރު ލައްކަ ސާޅީސް އަށްހާސް އަށްސަތޭކަ ފަނަރަ) މީހުން ކޮވިޑަށް ސްކްރީން ޓެސްޓު ކޮށްފައިވާ ކަމަށް އައިއޯސީގެ މީޑިއާއިން މައުލޫމާތުދެއެވެ. އަދި އޭގެ ތެރެއިން 90 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޮލިމްޕިކްސްގައި ވައިރަހަށް ޓެސްޓުކުރި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އިންސައްތައަކީ 0.02 ކަމަށްވެސް އައިއޯސީގެ މީޑިއާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން އޮލިމްޕިކްސްއަށް ދަތުރުކުރި އެތުލީޓުން އެއާޕޯޓުންވެސް ޓެސްޓުކުރި ކަމަށާއި، އޭގެ ތެރެއިން 35 އެތުލީޓަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށްވެސް އައިއޯސީގެ މީޑިއާއިން ބުނެއެވެ.

ކޮވިޑާއެކުވެސް މި އަހަރު އޮލިމްޕިކްސް ބާއްވާއިރު، ކޮވިޑުގެ ސަބަބުން އޮލިމްޕިކްސް މި އަހަރަށް ފަސްކުރުމަށް އައިއޯސީން ނިންމީ ގިނަ ގައުމުތަކުން އެކަމަށް ގޮވާލުމުންނެވެ. މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު އޮލިމްޕިކްސް ރަސްމީކޮށް ފެށިއިރު، މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕިކްސް ކުރިއަށްދާނެއެވެ. އަދި ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2020

ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

12 މާރިޗު 2020
ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
11 މާރިޗު 2020

ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

11 މާރިޗު 2020
ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
16 ސެޕްޓެމްބަރު 2019

2022 ގައި ބޭއްވޭ ވޯލްޑް ކަޕް ވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ފެންވަރު ރަނގަޅު ވޯލްޑްކަޕަށް: ސްޓިމެކް

16 ސެޕްޓެމްބަރު 2019
2022 ގައި ބޭއްވޭ ވޯލްޑް ކަޕް ވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ފެންވަރު ރަނގަޅު ވޯލްޑްކަޕަށް: ސްޓިމެކް
30 ޖޫން 2019

މިހާތަނަށް އިރުޝާދު ދިން އެންމެ މޮޅު ކޯޗަކީ ވެންހާލް: ރޫނީ

30 ޖޫން 2019
މިހާތަނަށް އިރުޝާދު ދިން އެންމެ މޮޅު ކޯޗަކީ ވެންހާލް: ރޫނީ
20 ޖެނުއަރީ 2019

މިހާތަނަށް މޮރީނިއޯ އަށް ހުށަހެޅި ތިން ހުށަހެޅުމަށްވެސް ބުނީ ނޫނެކޭ!

20 ޖެނުއަރީ 2019
މިހާތަނަށް މޮރީނިއޯ އަށް ހުށަހެޅި ތިން ހުށަހެޅުމަށްވެސް ބުނީ ނޫނެކޭ!
01 މެއި 2018

ރެއާލްގެ ބަލިފައި އެނގޭ، މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު: ހެއިންކޭސް

01 މެއި 2018
ރެއާލްގެ ބަލިފައި އެނގޭ، މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު: ހެއިންކޭސް
31 މާރިޗު 2018

ބަޔާންގައި މަޑުކޮށް އަހަރެންގެ ރެކޯޑު ލެވަންޑޯސީ މުގުރާލާނެ: ހެއިންކޭސް

31 މާރިޗު 2018
ބަޔާންގައި މަޑުކޮށް އަހަރެންގެ ރެކޯޑު ލެވަންޑޯސީ މުގުރާލާނެ: ހެއިންކޭސް
07 ޑިސެމްބަރު 2017

ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން

07 ޑިސެމްބަރު 2017
ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން
23 ނޮވެމްބަރު 2017

ހެއިންކޭސް ދާއިމީ ކޯޗަކަށް ހަދަން ބޭނުންވޭ: ރޮބެން

23 ނޮވެމްބަރު 2017
ހެއިންކޭސް ދާއިމީ ކޯޗަކަށް ހަދަން ބޭނުންވޭ: ރޮބެން
05 އޮކްޓޯބަރު 2017

ހެއިންކޭސް އެނބުރި ބަޔާންގެ ކޯޗަކަށް

05 އޮކްޓޯބަރު 2017
ހެއިންކޭސް އެނބުރި ބަޔާންގެ ކޯޗަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު