Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޯޒޭ މޮރީނިއޯ

މިހާތަނަށް މޮރީނިއޯ އަށް ހުށަހެޅި ތިން ހުށަހެޅުމަށްވެސް ބުނީ ނޫނެކޭ!

މޮރީނިއޯ ހޯދަން ރެއާލުން އަންނަނީ މަސައްކަތް ކުރަމުން

ލީވާން އަލީ
ލީވާން އަލީ | 20 ޖެނުއަރީ 2019 | އާދީއްތަ 09:50
ޔުނައިޓެޑުގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯ

ޔުނައިޓެޑުގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯއަށް މިހާތަނަށް ތިން ހުށަހެޅުމެއް ލިބިފައިވާ ކަމަށާއި، އެ ތިން ހުށަހެޅުމަށްވެސް ނޫނެކޭ ބުނެފައިވާކަމަށް އޭނާ ބުނެފިއެވެ.

ބެއިން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ، ކުރިމަގުގައި ވާނެގޮތެއް އަދި ނޭގޭ ކަމަށާއި، މިހާތަނަށްވެސް ތިން ހުށަހެޅުމަކަށް ނޫނެކޭ ބުނެފައިވާނެ ކަމަށެވެ.

އެގޮތުން މޮރީނިއޯ ބުނީ، އޭނާއަށް ހުށަހެޅި ތިން ހުށަހެޅުމަކީ އެންމެ ރަނގަޅު ހުށަހެޅުންތަކެއް ނޫން ކަމަށާއި، ހަމަޔަކަށް ކަންކަން އަޅުވަން އަދިވެސް ވަގުތު ބޭނުންވާ ކަމަށެވެ.

މޮރީނިއޯ ބުނީ، ފާއިތުވެދިޔަ ތިން ހަފްތާ ނިމިގެންދިޔައީ ވަރަށް އުފާވެރިކޮށް ކަމަށާއި، އާ ކަންކަން ތަޖުރިބާކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް މާޗު މަސް ނިމުމަށްފަހު އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލް މެޑްރިޑުން އަންނަނީ މޮރީނިއޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރެއާލް އަދި މޮރީނިއޯވެސް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ޔުނައިޓެޑުގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރީ އެޓީމު ހޯދަމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.

މި ސީޒަނުގައި މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑަށް ލިބުނު 26 ޕޮއިންޓަކީ 91-1990 ސީޒަނުން ފެށިގެން އެޓީމު އެންމެ ދަށް ފެށުމެވެ. 2016 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މޮރީނިއޯ ވަނީ އެސީޒަނުގައި ލީގު ކަޕާއި، ޔޫރޮޕާ ލީގު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އެ ސީޒަން މެންޗެސްޓަރ އިން ނިންމާލީ ލީގުގެ ހަ ވަނައިގައި އޮވެގެންނެވެ.

އެހެންނަމަވެސް މިދިޔަ އަހަރު އެޓީމު ވަނީ ލީގުގެ ދެވަނަ ހޯދާފައެވެ. ލީގުގެ 1 ވަނަ ހޯދީ މެންޗެސްޓާ ސިޓީއެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު