Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުވައްމުލަކު ނަރުދަމާ ނިޒާމުގެ މައްސަލަ

ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މައްސަލައަށް ވަރަށް އަވަހަށް ދާއިމީ ހައްލެއް ލިބިގެންދާނެ- އެމްޑީ ސައީދު

2 އޯގަސްޓު 2021 | ހޯމަ 07:19

އެކަމުގެ އަމަލީ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 އޯގަސްޓު 2021 | ހޯމަ 07:19
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު

ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ނަރުދަމާ ނިޒާމުގެ މައްސަލައަށް ވަރަށް އަވަހަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ފެނަކައިގެ މެނޭޖްމަންޓަށް، ނަރުދަމާ ނިޒާމަކުން ދިމާވާނެ އެންމެ ބޮޑު ތަކުލީފެއް ކުރިމަތިވަމުން މިދަނީ ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މައްސަލައިގައި ކަމަށެވެ. އަދި އެ ސިޓީގެ ނަރުދަމާގެ ނިޒާމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ.

Advertisement - newsAdvertisement

އެ މަސައްކަތް ނިމުމާއެކު އެރަށުގެ ރައްޔިތުންނަށް ވެސް ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ފުވައްމުލަކަށް ދިމާވެފައިވާ ނަޖިސް ބޭރުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އަމަލީ މަސައްކަތް ފަށާފައިވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި މި އިންވެސްޓްމަންޓަކީ 43 މިލިއަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި އެއީ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ނަރުދަމާގެ ނިޒާމެއް ކަމަށެވެ.

ސައީދު ވިދާޅުވީ ނަރުދަމާ ނިޒާމު ގާއިމުކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، ސަބަބަކީ ބައެއް ނަރުދަމާ ނިޒާމުތައް ބައްޓަން ކުރެވިފައިވާ ގޮތުން ރާއްޖޭގެ ރަށްރަށުގައި ކޮންމެ ހުޅަނގު މޫސުމެއްގައި ކޮންމެވެސް ރަށެއްގެ އައުޓްފޯލް ހޮޅި އެއްގަމަށް ލައްގާތީ ކަމަށެވެ. އެއީ ފަޅުމައްޗަށް ނުވަތަ ކަނޑަށް ނަޖިސް ބޭރު ކުރަން އޮންނަ ހޮޅި ކަމަށާއި، އެ މަރާމާތުކޮށް ބެލެހެއްޓުމަކީ ވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ކުދި ރަށްރަށުގައި ވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އައުޓްފޯލް ހޮޅި އެއްގަމަށް ލައްގާ މައްސަލަ ކަމަށެވެ. އަދި އެ ނިޒާމުގައި ބޭނުންކުރާ ޕަންޕުތަކަކީ ވެސް ވަރަށް އަގުބޮޑު ޕަންޕުތަކެއް ކަމަށާއި، އެއީ ވެސް ދިމާވާ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ.

އެހެންނަމަވެސް ފެނަކައިން އެ ކަންވެސް ވަރަށް ރަނގަޅަށް ޕްލޭން ކޮށްގެން ބަލަހައްޓަމުން ދާ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށުގެ ނަރުދަމާގެ ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތުން އެ ނިޒާމުގެ ކަންކަން ބެލެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް