Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ

ގަރާޖު ސިޓީ ދޫކުރުން މާލޭ ސިޓީ ކައުންސިލަށް

2 އޯގަސްޓު 2021 | ހޯމަ 03:15

ޚިދުމަތަށް އެދޭ ފަރާތްތަކުން އެކަމާ ގުޅޭ ފޯމު މާލޭ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަންއަށް ހުށަހެޅޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 އޯގަސްޓު 2021 | ހޯމަ 03:15
އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭ

އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭ

މާލެ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ސިޓީ، މާލޭ ސިޓީ ކައުންސިލުން ދޫކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ގްރޭޓާ މާލޭ ސަރަހައްދުގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީކުރުމުގެ ކަންކަންތައްތައް ދެން ބަލަމުން ގެންދާނީ އެ ކައުންސިލުން ކަމަށެވެ. ޚިދުމަތަށް އެދޭ ފަރާތްތަކުން އެކަމާ ގުޅޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަނަށް ހުށަހެޅޭނެއެވެ. އަދި ސިޓީ ކައުންސިލްގެ ހުޅުމާލޭ ސެކްޝަން އެޗްޑީސީ ބިލްޑިންގެ އެއްވަނަ ފަންގިފިލާއިން ފޯމު ބަލައިގަންނާނެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޚިދުމަތަށް އެދޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަނުންނާއި ހުޅުމާލޭ ސެކްޝަނުން ލިބޭނެ ހުންނާނެ ކަމަށާއި މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުން ވެސް ފޯމު ލިބެން ހުންނާނެކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ވެހިކަލް ރަޖިސްޓަރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ސިޓީ، މާލޭ ސިޓީ ކައުންސިލުން ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މީގެ ކުރިން ބުނެފައެވެ. އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ. މިކަންކަން ބެލުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ.

ގަރާޖު ހުއްދަ ސިޓީ، މާލޭ ސިޓީ ކައުންސިލުން ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށް ބުނެ އެ އޮތީރިޓީން ބުނީ ގްރޭޓަރ މާލޭ ސަރަހައްދުގައި ރަޖިސްޓަރީކުރާ އުޅަނދުތައް ރަޖިސްޓަރީކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކްކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް 01 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުން ފެށިގެން ދެން ކުރިޔަށް ގެންދާނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.

އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދު ބާއްވާނެ ކަމުގެ ލިޔުން ހުށަހެޅުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދަނީ ދިރާސާ ކުރަމުންނެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ. އިސްލާހު ހުށަހަޅުއްވަމުން މެންބަރު ނަޝީދު ވިދާޅުވެފައިވަނީ މި ބިލަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓަރީކުރާއިރު ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓަރީ ކުރާ ގޮތަށް މިހާރު އޮންނާތީ އެކަމުގެ ނާޖާއިޒް ފައިދާ ބަޔަކު ނަގަމުންދާތީ ހުށަހަޅާ ބިލެއް ކަމަަށެވެ.

މީގެ އިތުރުން ޓްރާންސްޕޯޓު އޮތޯރިޓީން ކުރަމުން އައި މި މަސައްކަތް ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރަން ނިންމާފައިވާއިރު ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ހުށަހަޅާފައިވާ ބިލެއްް ވެސް ރައްޔިތުންގެ މަޖިލީހުން ދަނީ ދިރާސާ ކުރަމުންނެވެ. މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ ވިދާޅުވެފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

ހަމަދު އަބްދުލްޣަނީ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ވިސްނުމަކަށް އެންމެ ފުރަތަމަ ދިޔައީ އޮތޯރިޓީ އާއި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިޓީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމަށްފަހު އުފެއްދެވި ތަނެކެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް މެމްބަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު އެ ގާނޫނުން ލިބިދެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ބޯޑު ހިނގަމުންދާންވާނީ މިނިސްޓަރުގެ ބެލުމުގެ ދަށުންކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް