Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮޖެކްޓް އެވޯޑްކުރުން

ދައުލަތަށް ގެއްލުން ވާގޮތަށް މަޝްރޫޢުތައް އެވޯޑް ކުރި މައްސަލާގައި ކޯޓަށް

2 އޯގަސްޓު 2021 | ހޯމަ 01:45

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ދައުލަތަށް ލިބިދާނެ ގެއްލުމަކަށް ބަލައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 2 އޯގަސްޓު 2021 | ހޯމަ 01:45
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ދައުލަތަށް 21.6 މިލިއަން ރުފިޔާ ގެއްލުން ވާގޮތަށް ތިން މަޝްރޫޢެއް އެވޯޑު ކުރި މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އެސްޖޭ ކޮންސްޓްރަކްޝަންގެ ގާނޫނީ ޓީމް، އެޑްވޮކެސީ ޗެމްބާރސް އިން އާދީއްތަ ދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މި އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް އަދި ދައުލަތަށް 21.6 މިލިއަން ރުފިޔާގެ ގެއްލުންވާ ގޮތަށް ތިން މަޝްރޫޢެއް އެވޯޑްކޮށްފައިވާ ކަމަށެވެ. އެއީ ހދ. ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތުގެ މަޝްރޫޢު އާއި ތ. ވިލުފުށީގައި އިމާރާތްކުރާ ހައުސިން ޔުނިޓްގެ މަޝްރޫއު އަދި ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރާ ހައުސިން ޔުނިޓްގެ މަޝްރޫއެވެ.

Advertisement - newsAdvertisement

މި ބަޔާނުގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސްއިން އިޢުލާންކުރި މި 3 މަޝްރޫޢަކީ 27 ޖެނުއަރީ 2021 ގައި ބީލަމަށް ހުޅުވާލި ހދ. ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ ހައުސިންގ ޔުނިޓް ނިންމުމުގެ މަޝްރޫޢު އާއި، 02 ފެބްރުއަރީ 2021 ގައި ބީލަމަށް ހުޅުވާލި ތ. ވިލުފުށީގައި އިމާރާތްކުރާ ހައުސިންގ ޔުނިޓްގެ މަޝްރޫޢުއާއި، 15 ފެބްރުއަރީ 2021 ގައި ބީލަމަށް ހުޅުވާލި ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރާ ހައުސިންގ ޔުނިޓުގެ މަޝްރޫޢު ކަމަށެވެ.

އެސްޖޭއިން ބުނީ ތ. ވިލުފުށީ މަޝްރޫޢުއާ ގުޅިގެން ޕްރޮކިއުމަންޓް އޮފިސަރ ނިންމާފައިވަނީ އެސް.ޖޭގެ ފަރާތުން ހުށަހެޅި ބިޑް އިވެލުއޭޓްކޮށް އެވޯޑްކޮށްފައިނުވަނީ ހުށަހަޅާފައިވާ ބިޑްގައި އެމްޕްލޯޔަރސް ރިކުއަރމަންޓް އަދި ފައިނޭންޝަލް ރިކުއަރމަންޓް ފުރިހަމަ ނުވާތީ ކަމަށެވެ. އަދި  ހދ. ހަނިމާދޫ ޕްރޮޖެކްޓާއި ހދ. ނޮޅިވަރަންފަރު މަޝްރޫޢުއާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ޕްރޮކިއުމަންޓް އޮފިސަރަށް ހުށަހެޅި މައްސަލަތަކަށް މިހާތަނަށް ޖަވާބު ދީފައެއް ނުވާކަމަށެވެ. 

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 17.10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ޕްރޮކިއުމަންޓް އޮފިސަރަށް ހުށަހެޅި މައްސަލަ، ހުށަހެޅުނު ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި، އެ މައްސަލައާ މެދު ވަކިގޮތެއް ނިންމާފައި ނުވާނަމަ ނުވަތަ ޕްރޮކިއުމަންޓް އޮފިސަރުގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ މައްސަލަ އަލުން ބެލުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހެޅުމުގެ ހައްގު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވާއިރު، ތ. ވިލުފުށީ މަޝްރޫޢުއާ ގުޅިގެން ޕްރޮކިއުމަންޓް އޮފިސަރު ނިންމާފައިވާ ނިންމުމާމެދު ހިތްހަމަނުޖެހޭތީ މާލިއްޔަތު ގަވާއިދުގެ 17.10 ގެ ދަށުން އެ މައްސަލަ ބަލައިދިނުމަށް އެދި 28 މާރިޗް 2021 ގައި މުސްތަގިއްލު ރިވިއު ކޮމިޓީއަށް އެސްޖޭގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ހދ. ނޮޅިވަރަންފަރު މަޝްރޫޢުއާ ގުޅޭގޮތުން ނިންމި ނިންމުން ބަޔާންކޮށް މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން އެސް.ޖޭއަށް 01 ޖޫން 2021 ގައި ފޮނުވި ސިޓީގައި ބީލަން އަލުން އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދިއުމަށް ނޭޝަނަލް ޓެންޑާރއަށް އެންގުމަށް އެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 48 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާކަމަށް ބަޔާނުގައި ވެއެވެ.

ހދ. ހަނިމާދޫ މަޝްރޫޢުއާ ގުޅޭގޮތުން ނިންމިނިންމުން ބަޔާންކޮށް މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން އެސް.ޖޭއަށް 27 ޖޫން 2021 ގައި ފޮނުވި ސިޓީގައި، ބީލަން އަލުން އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދިއުމަށް ނޭޝަނަލް ޓެންޑާރއަށް އެންގުމަށް އެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 51 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާކަމަށް ވެއެވެ. އެސްޖޭއިން ބުނެފައިވަނީ، މުސްތަގިއްލު ރިވިއު ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު ހަވާލާ ދެވުނު 3 ޕްރޮޖެކްޓަށް އެސްޖޭއިން ހުށަހަޅާފައިވާ ބިޑްތަކަކީ ބީލަން ކަރުދާހުގައި ބުނާ ޝަރުތުތައް ފުރިހަމަވާ ބީލަންތަކެއް ކަމާއި ބިޑްތަކުގައި އެމްޕްލޯޔަރސް ރިކުއަރމަންޓް އަދި ފައިނޭންޝަލް ރިކުއަރމަންޓް ފުރިހަމަވާކަން އެނގެން އޮތްކަމަށެވެ. 

އެހެންނަމަވެސް މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުންތަކަށް އަމަލުނުކުރުމަށް ނެޝަނަލް ޓެންޑާ ބޯޑުން 16 ޖުލައި 2021 ގައި ނިންމާފައިވާކަމަށް އެސްޖޭއަށް މައުލޫމާތު ލިބިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެސްޖޭއިން ބުނީ އެ ކުންފުނީގެ ފަރާތުން ހުށަހެޅި ބިޑްތައް ރެސްޕޮންސިވް ނޫންކަމަށް ނެޝަނަލް ޓެންޑާ ބޯޑުން ނިންމާފައިވީ ނަމަވެސް، މިއީ ވުޖޫދުގައި ނުވާ ސަބަބުތަކެއްކަން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން، މި ބިޑްތައް އިވެލުއޭޓްކުރުމުގައި އަމަލުކުރަންޖެހޭނީ، އެސްޖޭގެ ފަރާތުން ހުށަހެޅި ބިޑްތައް ވެސް ހިމަނައިގެން ބިޑް އިވެލުއޭޓްކޮށް، އެވޯޑްކުރަންވީ ފަރާތް ކަނޑައެޅުމަށް ކަމަށާއި މި މަޝްރޫޢުތައް އެވޯޑްކުރުމުގެ ކަންކަން ބީލަން ކަރުދާހުގައި ހިމެނިފައިވާ ގޮތަށް ބަލާއިރު، ބިޑް މަޝްރޫޢުގައި ބަޔާންކޮށްފައިވަނީ ބިޑް އެވޯޑްކުރަންވާނީ ރެސްޕޮންސިވް ބިޑްތައް އިވެލުއޭޓްކުރުމުން، އެންމެ ދަށް އަގެއް ހުށަހަޅާފައިވާ ފަރާތަށް ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެސްޖޭއިން ބުނީ މުސްތަގިއްލު ރިވިއު ކޮމެޓީގެ ނިންމުމަކީ ޤާނޫނީ ބާރު ލިބިގެންވާ ނިންމުމެއްކަމަށްވާއިރު، އެ ނިންމުމާ ޚިލާފަށް ނޭޝަނަލް ޓެންޑަރއިން އަމަލުކުރުމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 17 ގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ވެސް ފުށުއަރާކަމެއް ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ދައުލަތަށް ލިބިދާނެ ގެއްލުމަކަށް ބަލައި އެކަމުގައި މިނިސްޓްރީގެ ތެރެއިން ހައްލެއް ހޯދަން މަސައްކަތް ކުރުމަށްފަހު ކަމަށްވަނީ ބުނެފައެވެ.

ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ނެޝަނަލް ޓެންޑާ ބޯޑުން އަމަލުކޮށްފައިވާ ގޮތުން ހިތްހަމަ ނުޖެހިގެން އެކަން ފިނޭންސްގެ މިނިސްޓްރީގެ ޕްރޮކިއުމެންޓް އޮފިސަރަށް ވެސް ހުށަހެޅި ކަަމަށެވެ. އެހެންނަމަވެސް އެދެވޭ ހައްލެއް އެކަމުގައި ލިބިފައި ނުވާތީ ދެން އެކަން ހުށަހެޅީ މި ފަދަ މައްސަލަތަކުގައި ފަހު ނިންމުން ނިންމާ މުސްތަގިއްލު ރިވިއު ކޮމިޓީއަށް ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ

08 މާރިޗު 2017
ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް