Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގެއްލުނު ޒުވާނާ ފެނުން

ނައުފަލް ފެނުނު ނަމަވެސް ކަންހިނގި ގޮތާމެދު ބައިވަރު ސުވާލުތަކެއް

1 އޯގަސްޓު 2021 | އާދީއްތަ 11:46

ނައުފަލް މާލެ އައީ ޑޮކްޓަރަށް ދައްކަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 އޯގަސްޓު 2021 | އާދީއްތަ 11:46
ނައުފަލް ފެނުނީ ގެއްލިގެން ހޯދަމުންދާތާ ހަ ދުވަސް ފަހުން

ނައުފަލް ފެނުނީ ގެއްލިގެން ހޯދަމުންދާތާ ހަ ދުވަސް ފަހުން

ދާދި ފަހުން ނޫސްތަކުގެ ފަލަސުރުޚީތަކަށް އެރި ޚަބަރަކީ އދ. ކުނބުރުދޫއަށް އުފަން އުމުރުން 26 އަހަރުގެ އަހްމަދު ނައުފަލް ގެއްލިގެން އުޅޭކަމުގެ ވާހަކަތަކެވެ. ރަށުގައި އުޅުމަށްފަހު އޭނާ މާލެއައީ ޑޮކްޓަރަށް ދެއްކުމަށެވެ. އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެއިންނެވެ. އޭނަގެ ޚަބަރެއް ނުވެގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާއިލާގެ މެމްބަރުން އެ ވާހަކަތައް ހިއްސާކުރުމުން ދިޔައިރު ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ އޭނާ ސަލާމަތުން އާއިލާއަށް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެ ދުއާކޮށް ހަދާފައެވެ.

ނައުފަލް ގެއްލުނުތާ 6 ދުވަސް ފަހުން އޭނާ ފެނުނީ ހޮނިހިރު ދުވަހުގެ 04:45 ގައެވެ. ފުލުހުން ހަމައެކަނި ހިއްސާކުރި މައުލޫމާތަކީ ނައުފަލްގެ ހާލު ރަނގަޅު ކަމަށެވެ. އާންމުންނެކޭ އެއްފަދައިން އަޅުގަނޑުގެ ހިތުގައި ވެސް ނައުފަލް ގެއްލެންވީ ކީއްވެތޯ ސުވާލު އުފެދުނެވެ. އަދި ނައުފަލް ފެނުނީ ފުލުހުންނަށް ނުވަތަ އާއިލާ މީހުންނަށްތޯ ވެސް ސުވާލު އުފެދުނެވެ. އެހެންކަމުން ކަން ހިނގާ ދިޔަ ގޮތް އިތުރަށް ސާފުކުރުމަށްޓަކައި ނައުފަލްގެ އާއިލާގެ މެމްބަރަކަށް ގުޅުމުން ބުނީ ނައުފަލް އޭނާގެ ކޮއްކޮއަށް ހޮނިހިރު ދުވަހު އަމިއްލައަށް ގުޅި ކަމަށެވެ. ގުޅުމަށްފަހު ފޯނު ހަލާކުވެގެން އުޅޭ ވާހަކަ ބުނި ކަމަށެވެ. ނައުފަލްގެ އާއިލާ މެމްބަރަކު އޭނާ ބަލައި ދިޔައީ ރޮމްބަސް ކައިރިއަށެވެ.

އާއިލާ އިން ބުނީ މިހާރު ނައުފަލް އަނބުރާ ރަށަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި އޭނާއާ ވަކިން ވާހަކަ ދެއްކުމުން ވެސް ތަކުރާރު ކުރަނީ ހަމަ އެއް ވާހަކައެއް ކަމަށެވެ. ފޯނު ހަލާކުވި ކަމަށް ބުނަމުންދާ ކަމަށާއި ގެއްލިގެން ހޯދަކަން އެނގުނީ ވެސް ހޮނިހިރު ދުވަހުގެ މެންދުރު ކަމަށް ނައުފަލް ބުނާ ކަމަށް އާއިލާ އިން ބުންޏެވެ.

ނައުފަލް އަކީ ކަންނެލި ދޯންޏެއްގައި މަހަށް ދާ މީހަކަށްވުމުން އޭނަ މާލެ އައީ މަސް ކިރުމަށް ކުރި ދަތުރު ނިންމާލުމަށްފަހު ޑޮކްޓަރަށް ދައްކާށެވެ. 21 ވަނަ ދުވަހު އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި ކަމަށާއި އޭނަ ގެއްލުނު ރޭ އާއިލާގެ މެމްބަރަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމުން ރޭގަނޑު ނުވައަކުން ބާރައަށް އެމީހާގެ ކައިރީގައި މަޑުކުރި ކަމަށް ވެސް އާއިލާ އިން ބުންޏެވެ. ނައުފަލް އެންމެ ފަހުން ފޯނުން ވާހަކަ ދެއްކީ އޭނަގެ މަންމަޔާއެވެ. އަދި އޭނާ ގެއްލުނު ރޭ ހުންނަނީ ކޮންތާކުތޯ ސުވާލުކުރުމުން ރައްޓެއްސެއް ކަމަށްވާ ހައިޝަމް ގާތު ހުންނަ ކަމަށް ބުނި ކަމަށް ވެސް އާއިލާ އިން ބުންޏެވެ. އެހެންނަމަވެސް ހައިޝަމް އަކީ ކާކު ކަމެއް އާއިލާ މީހުންނަކަށް ނޭނގެއެވެ.

އާއިލާއާ އޭރު ވާހަކަ ދެއްކިއިރު ބުނީ ނައުފަލް އަކީ އެގޮތަށް ޚަބަރު ނުވެ ހުންނަ ކުއްޖެއް ނޫން ކަމަށެވެ. މިޖާޒުގައި މަޑުމައިތިރި ގޮތްތަކެއް ހުންނަ ނައުފަލް އަކީ، ވަރަށް މަދުން މީހުންނާއި ވާހަކަ ދައްކާ މީހެއް ކަމަށް ވެސް އާއިލާއިން ބުންޏެވެ. އަދި އޭނާ އަކީ އެއްވެސް އިރެއްގައި ރައްޓެހިންނާއެކު ބޭރަށް ގޮސް، ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ ކުއްޖެއް ނޫން ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

ކޮންމެއަކަސް މިހާރު ނައުފަލް ފެނިފައިވާއިރު ހިތުގައި ބައިވަރު ސުވާލުތަކެއް އަނެއްކާވެސް ވަނީ އުފެދިފައެވެ. އޭނަގެ ޚަބަރެއް ނުވެގެން އާއިލާއިން އުޅުނުއިރު ހަ ދުވަސްވީއިރު އާއިލާ މީހުންނާއި ނުގުޅާ ހުރީ ކީއްވެގެންބާވައެވެ. އެހާ ދުވަސްވީއިރު ހަމަގައިމުވެސް އާއިލާގެ މީހުން ހޯދަނެކަން ނައުފަލްއަށް ވެސް އެނގޭނެ ނޫން ހެއްޔެވެ. ފޯނު ހަލާކުވި ދުވަހު އާއިލާގެ މީހުންނަށް ގުޅާ އެކަން ނޭންގީ ކީއްވެބާއެވެ. މިފަދަ އެތައް ސުވާލުތަކެއް އަޅުގަނޑުގެ އިތުރުން ނައުފަލްގެ އާއިލާ މީހުންގެ ހިތުގައި ވެސް އުފެދޭނެކަން ޔަގީނެވެ.

ނައުފަލް އަމިއްލައަށް އޭނަ ނުގެއްލޭ ކަމަށް ބުނި ނަމަވެސް ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނައުފަލް ފެނުނު ނަމަވެސް ކަންހިނގި ގޮތާމެދު ކޮންމެ މީހެއްގެ ހިތުގައި ވެސް ބައިވަރު ސުވާލުތައް އަދިވެސް އުފެދޭނެކަން ޔަގީނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

08 މާރިޗު 2018

ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

08 މާރިޗު 2018
ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!
14 ފެބުރުއަރީ 2018

ކިތަންމެ ބާރެއް ލިބިފައިވީ ނަމަވެސް ތަގުދީރެއް ބަދަލެއް ނުކުރެވޭނެއެވެ!

14 ފެބުރުއަރީ 2018
ކިތަންމެ ބާރެއް ލިބިފައިވީ ނަމަވެސް ތަގުދީރެއް ބަދަލެއް ނުކުރެވޭނެއެވެ!
11 ފެބުރުއަރީ 2018

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

11 ފެބުރުއަރީ 2018
ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
27 ޖެނުއަރީ 2018

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

27 ޖެނުއަރީ 2018
ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން
11 ނޮވެމްބަރު 2017

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

11 ނޮވެމްބަރު 2017
 ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!
19 ސެޕްޓެމްބަރު 2017

ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!

19 ސެޕްޓެމްބަރު 2017
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!
18 ސެޕްޓެމްބަރު 2017

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!
13 ސެޕްޓެމްބަރު 2017

ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!

13 ސެޕްޓެމްބަރު 2017
ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!
19 ޖުލައި 2017

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް