Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް

ދުނިޔޭގެ މުބާރާތުގައި ރާއްޖޭގެ ހަ ބޮޑީބިލްޑަރުން

މުބާރާތް އޮންނާނީ އުޒްބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 31 ޖުލައި 2021 | ހޮނިހިރު 12:32
ގައުމީ ބޮޑީބިލްޑިން ޓީމާއެކު ބީބީއޭއެމްގެ އޮފިޝަލުން

ގައުމީ ބޮޑީބިލްޑިން ޓީމާއެކު ބީބީއޭއެމްގެ އޮފިޝަލުން

އަންނަ އޮކްޓޯބަރު މަހު ބާއްވާ 12 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖޭގެ ހަ ބޮޑީބިލްޑަރަކު ވާދަކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މުބާރާތް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް އުޒްބެކިސްތާނުގެ ވެރިރަށް ޓަޝްކެންޓުގައެވެ. މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު ވާދަކުރާއިރު، ރާއްޖޭގެ ހަ ބޮޑީބިލްޑަރަކު މުބާރާތުގައި ވާދަކުރަން ނިންމާފައިވާ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން މައުލޫމާތުދެއެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ އަޒްނީން ރަޝީދާއި، ހުސެއިން ހިމްޔާނާއި، ފަތުހުﷲ މުޙައްމަދާއި، އިބްރާހީމް ނަބީލުގެ އިތުރުން މުޙައްމަދު މޫސާ އާއި މުޙައްމަދު ރަޝީދެވެ. މި ޓީމުގެ ކޯޗަކީ އަބްދުލް ހަސީބު ހުސެއިންއެވެ. އަދި ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ބީބީއޭއެމްގެ ނައިބު ރައީސް އަޙްމަދު އައިމަނެވެ.

މި ފަހަރުގެ މުބާރާތުގައި އަޒްނީން ވާދަކުރާއިރު، އޭނާ ވަނީ ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި 11 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ލޯ މެޑަލް ހާސިލްކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ނޭޕާލުގެ ކަތުމަންޑޫގައި 2019 ވަނަ އަހަރު ބޭއްވި 12 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 170 ސެންޓިމީޓަރު ބައިން ރަން މެޑަލް އާއި އިންޑޮނީޝިއާގެ ބަތަމްގައި 2019 ވަނަ އަހަރު ބޭއްވި 53 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ބައިން ހަތަރުވަނަވެސް ހޯދާފައެވެ. އަދި މި އަހަރު ބޭއްވި ގައުމީ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް (މިސްޓަރ މޯލްޑިވްސް) ގެ ސްޕޯޓްސް ފިޒީކް ބައިން އެއްވަނަ ހޯދީވެސް އަޒްނީނެވެ.

ދެން ގައުމީ ޓީމުގައި ހިމެނުނު ފަތުހުﷲ މުޙައްމަދު ވަނީ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 167 ސެންޓިމީޓަރު ބައިން ލޯ މެޑަލް ހާސިލުކޮށްފައެވެ. އަދި މި ފަހަރުގެ މިސްޓަރ މޯލްޑިވްސްގައި އޭނާ ވަނީ އެތުލެޓިކް ފިޒީކުގެ 170 ސެންޓިމީޓަރު ބައިން އެއްވަނަ ހޯދާފައެވެ.

ގައުމީ ޓީމުގައި ދެން ހިމެނޭ މުޙައްމަދު މޫސާވެސް މީގެ ކުރިން ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓަގަރީން ލޯ މެޑަލް ހާސިލްކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 55 ކިލޯގެ ބައިން ރަން މެޑަލް އާއި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 55 ކިލޯގެ ބައިން ލޯ މެޑަލްވެސް ހޯދާފައެވެ. އަދި މި އަހަރު ބޭއްވި މިސްޓަރ މޯލްޑިވްސްއިން މޫސާ ވަނީ 60 ކިލޯގެ އެއްވަނަވެސް ހޯދާފައެވެ.

މި ފަހަރުގެ މުބާރާތުގައި ދެން ވާދަކުރާ މުޙައްމަދު ރަޝީދު ވަނީ މި އަހަރުގެ މިސްޓަރ މޯލްޑިވްސްގެ 70 ކިލޯގެ އެއްވަނަ ހޯދާފައެވެ. އަދި މީގެ ކުރިން އޭނާ ވަނީ ތިން ފަހަރެއްގެ މަތިން މިސްޓަރ މޯލްޑިވްސް ކާމިޔާބުކޮށްފައެވެ.

މި އަހަރު ބާއްވާ ދުނިޔޭގެ މުބާރާތުގައި ރާއްޖޭގެ ހަ ބޮޑީބިލްޑަރުން ވާދަކުރާއިރު، ގައުމީ ޓީމު އެކުލަވާލާފައިވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހު ބޭއްވި ސިލެކްޝަނުންނެވެ. އެ ސިލެކްޝަނުގައި އަށް ބޮޑީބިލްޑަރުން ވާދަކުރި ކަމަށް ބީބީއޭއެމުން މައުލޫމާތުދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު