Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަ ކުދިން އިމާމުވެ ނަމާދުކުރުން

ނަމާދުގެ ހުކުމްތައް ދަންނަ 13 ނުވަތަ 15 އަހަރުގެ ކުދިން އިމާމުވެ ނަމާދުކުރުމަކީ މައްސަލައެއް ނޫން: ޑރ. ޝަހީމް

ރީތިކޮށް ޤުރުއާން ކިޔަވައި ހިތުދަސް ކުދިންނަށް އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު އޮތުމަކީ ރަނގަޅު ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 ޖުލައި 2021 | ބުރާސްފަތި 03:33
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު،

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު،

ނަމާދުގެ ހުކުމްތައް ދަންނަ ޝަރުއީ ގޮތުން ބާލިޣުވެފައިވާ 13 ނުވަތަ 15 އަހަރުގެ ކުދިން އިމާމުވެ ނަމާދުކުރުމަކީ ދީނީ ގޮތުން މައްސަލައެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމްގެ) ޗާންސެލަރުކަން ވެސް ކުރައްވާފައިވާ ޑރ. ޝަހީމް ވިދާޅުވީ ރަސްމީ އިމާމުންނަކީ ވަކި ފާހެއް އޮންނަން ޖެހޭ ބައެއް ނަމަވެސް ރީތިކޮށް ކިޔަވައި ޤުރުއާން ހިތުދަސް ކުދިންނަށް އެ ފުރުސަތު އެއްކޮށް ބަންދުވެގެންނުވާނެ ކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ ނަމާދުގެ ހުކުމްތައް ދަންނަ ޝަރުއީ ގޮތުން ބާލިޣުވެފައިވާ 13 ނުވަތަ 15 އަހަރުގެ ކުދިން އިމާމުވެ ނަމާދުކުރުމަކީ ދީނީ ގޮތުން މައްސަލަ އޮތް ކަމެއް ނޫން ކަމަށެވެ. އެކަމަށް ތާއީދުކުރާކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ ޚާއްސަކޮށް ރީތިކޮށް ޤުރުއާން ކިޔަވައި ހިތުދަސް ކުދިންނަށް އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު އޮތުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ޑރ. ޝަހީމް ވިދާޅުވީ ނަމާދަށް ސަފު ހަދާއިރު، ކުރީ ސަފުގައި ކުޑަ ކުއްޖަކު އިނަސް އެކުދިން ފަހަތު ސަފަށް ޖައްސައި ބޭރުކޮށްލުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި، ކުރީ ސަފުގެ ޖާގަތަކަކީ އެތަނުގައި ކުރިން އިންނަ މީހެއްގެ ހައްގެއް ކަމަށެވެ. ކުޑަ ކުއްޖަކު ގޮސް ކުރިން އިށީންދެއްޖެނަމަ އެކުއްޖަކު ބޭރު ނުކުރެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ ކުޑަ ކުދިން މިސްކިތަށް ލޯބި ޖެއްސުމާއި މިސްކިތުން އެ ކުދިން ބަލައިގަންނަކަން އެ ކުދިންނަށް އިހުސާސްވާން ޖެހޭނެ ކަމަށެވެ. ސުންނަތަކީ ކުޑަ ކުދިންނަށް މިސްކިތުން ލޯތްބާއި އިހުތިރާމް ދިނުންކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

ނަމާދުގެ ހުކުމްތައް ދަންނަ ޝަރުއީ ގޮތުން ބާލިޣުވެފައިވާ 13 ނުވަތަ 15 އަހަރުގެ ކުދިންނަށް އިމާމުވެ ނަމާދު ކުރުމަކީ ދީނީ ގޮތުން މައްސަލައެއް ނޫންކަން ޑރ. ޝަހީމް ފާހަގަކުރައްވާފައި މިވަނީ ހުއްދައަކާ ނުލައި ކުޑަކުދިން ލައްވައި އިމާމުވެ ނަމާދު ނުކުރުވަން އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފައިވަނިކޮށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިފަހުން ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދިންތަކެއް ލައްވާ އިމާމުވެ ނަމާދުކުރުވުން އާއްމު ކަމަކަށް ހަދާތީ އެކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި އެމައްސަލަ ބަލާފައިވާއިރު، އެއީ އެއްވެސް ހުއްދައަކާ ނުލާ ކޮށްފައިވާ ކަމެއްކަމަށް މިނިސްޓްރީން ވަނީ ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު