Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާ

ރައީސް ނަޝީދަށް ހަމަލާ ދިން މީހުންގެ މަގުސަދު ހާސިލްނުވިޔަސް އަދަބު ކުޑަވެގެން ނުވާނެ: ނިޝާން

28 ޖުލައި 2021 | ބުދަ 18:26

ރައީސް ނަޝީދަށް ހަމަލާ ދިން މީހުންގެ ނިޔަތަކީ ގަސްތުގައި މީހަކު މަރާލުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 ޖުލައި 2021 | ބުދަ 18:26
ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް

ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް

ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާގައި، އެ ހަމަލާ ދިން މީހުންގެ މަގުސަދު ހާސިލްނުވި ނަމަވެސް އެމީހުންނަށް ގިނަ ކުށްތަކެއްގެ ދަޢުވާ ކުރަންޖެހޭ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިނުމުގައި ހަރަކާތްތެރިވި މީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރިކަމުގެ ދަޢުވާ ކޮށްފިނަމަ އެމީހުންގެ މައްޗަށް އެ ދަޢުވާ ސާބިތު ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެމީހުންގެ ނިޔަތަކީ ރައީސް ނަޝީދު އަވަހާރަކޮށްލުންކަން ސާފުކޮށް އެނގެން އެބަ އޮތް ކަމަށާއި، އެހެންނަމަވެސް އެމީހުންގެ މަގުސަދު ހާސިލްނުވުމުން މި ހާލަތުގައި އެމީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ އުފުލިގެން ނުވާނެ ކަމަށް ނިޝާން ވިދާޅުވިއެވެ.

އެމީހުންގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދަޢުވާ ނުކުރެވުނު ނަމަވެސް، މި ހާލަތުގައި އެމީހުންގެ މައްޗަށް އުފުލާ ދަޢުވާ ކުޑަވެގެންނުވާނެ ކަމަށް ނިޝާން ވިދާޅުވިއެވެ. އެމީހުން ކޮށްފައިވާ ކުށަށް ބަލައި، އެމީހުންގެ މައްޗަށް ގިނަ ކުށްތަކެއްގެ ދަޢުވާ އުފުލަންޖެހޭނެ ކަމަށް ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އައިއީޑީގެ ސަބަބުން އެކި ގޮތްގޮތުން އަސަރުކޮށްފައިވާ ގިނަ ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށެވެ. މިއީ ޓެރަރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ތިންވަނަ ޕޮއިންޓުގައި ބަޔާންކުރާ، "އާންމު ރައްޔިތުންނަށް ބިރުދެއްކުމުގެ" ގޮތުން ކުރާ ކަމެއް ކަމަށް ނިޝާން ވަނީ ވިދާޅުވެފައެވެ.

ނިޝާން އިތުރަށް ވިދާޅުވީ މީހަކު ކުރި ކުށަކަށް ދަޢުވާ ކުރާއިރު، އެމީހަކަށް އަންނަ ދަޢުވާ އެކި ދަރަޖަތަކަށް ބެހިގެންދާ ކަމަށެވެ.

މި ހަމަލާގައި ހަމަލާ ދިން މީހާއާއި، ހަމަލާ ދިނުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވި މީހާއާއި، ފަންޑުކުރި މީހެއް ވާނަމަ އެމީހަކަށް އަންނަ ދަޢުވާ ވެސް ތަފާތު ވާނެ ކަމަށް ނިޝާން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މީހުންގެ ތެރޭގައި ހަމަލާ ދިނުމުގެ އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުން ކަމަށް ބެލެވޭ ބަޔަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް