Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފުރަތުގެ ބިލް

ނަފްރަތު ބިލުގެ މަގުސަދު އޮޅުވާނުލައި، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ފާސް ކުރަން ޖެހޭ - އިންތި

28 ޖުލައި 2021 | ބުދަ 15:00

ކޮމިޓީ ރިޕޯޓަށް ހުށަހެޅި އިސްލާހު އެގޮތަށް ފާސްވެއްޖެނަމަ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ބިލަށް ގެނައި ބަދަލުތައް ނަފީވެގެންދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 ޖުލައި 2021 | ބުދަ 15:00
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

ނަފްރަތު ބިލުގެ މަގުސަދު އޮޅުވާނުލައި، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ފާސް ކުރަން ޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ނަފުރަތުގެ ބިލަކީ، އާންމު ތަންތަނުގައި މީހުންނަށް ލާދީނީ ގޮވައި، ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި، އެކަމުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާތައް ދެމުން އަންނާތީ އެކަން ހުއްޓުވުމަށް ސަރުކާރުން ހުށަހެޅުއްވި ބިލެއް ކަމަށެވެ. އެހެން އެ ބިލް ހުށަހަޅާފައިވަނިކޮށް، މިހާރު އޭގެ މަގުސަދު އޮޅުވާލައި އެ ބިލް ފާސްވިޔަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ސަރުކާރުން ހުށަހެޅުއްވި ބިލަކަށް ތާއީދު އަނބުރާ ގެންދެވުމަށްފަހު މިހާރު އެ ބިލުގެ މަގުސަދު ގެއްލުވާލަން ސީދާ މަސައްކަތްކުރައްވާ ކަމަށް އިންތި ވިދާޅުވިއެވެ.

ކޮމިޓީން ބިލު ދިރާސާކޮށް ނިންމީ އެކަމުގައި ލަފާ ހޯދަން ޖެހޭ ފަރާތްތަކުގެ ލަފާ ހޯދުމަށްފަހުގައި ކަމަށާއި، އިސްލާމިކް މިނިސްޓްރީގެ ލަފަޔާ އެއްގޮތަށް ބިލަށް ބަދަލުވެސް ގެންނެވި ކަމަށް ވިދާޅުވިއެވެ. އެގޮތުން، ބިލުގައިވާ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށް ބުނާ މާއްދާ އުނިކޮށްފައިވާނެ ކަމަށެވެ.

އިންތި ވިދާޅުވީ، އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ބިލުގައި ހިމަނަން އެދުނު ކަމަށާއި، އެހެންނަމަވެސް އެއީ ކުށެއް ކަމަށް މިހާރުވެސް ޤާނޫނުލް ޢުޤޫބާތުގައި އޮންނަ ކަމަކަށްވާތީ އެކަން މި ބިލުގައި ހިމަނާފައި ނުވާނެ ކަމަށެވެ. އެކަން އެ ބިލުގައި ހިމަނާފައިނުވާތީ، ބިލު ފާސް ނުކުރަން ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވީ، ޖުޑިޝަރީ ކޮމިޓީން ބިލު ފާސްކޮށް ތަޅުމަށް ހުށަހެޅުމުން، ކޮމިޓީގެ އެއްވެސް މެމްބަރަކާވެސް މަޝްވަރާ ކުރުމެއް ނެތި، އިސްލާމިކް މިނިސްޓްރީން ކޮމިޓީގައި ނުވެސް ހިމެނޭ މެމްބަރެއް މެދުވެރިކޮށް އިސްލާހެއް ހުށަހެޅީ ކަމަށެވެ. ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު ހުށަހެޅުއްވި ބިލު އިސްލާހުކުރުމަށްފަހު ކޮމިޓީން ފާސްކޮށްފައިވަނިކޮށް، ކޮމިޓީއަށާއި، ބަންޑާރަ ނައިބަށްވެސް އެންގުމަކާ ނުލައި، ސަރުކާރުން އެބިލުގެ މަގުސަދު ގެއްލުވާލުމަށް މޭޒުދަށުން ހިންގި ހަރަކާތަކީ ޑަބަލްސްޓޭންޑަރޑް ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ.

އެ އިސްލާހު އެގޮތަށް ހުށަހެޅުމުން އަނެއްކާވެސް، މީހުންނާ ދިމާއަށް ކާފަރެކޭ ބުނެވޭ ގޮތަށް ބަދަލުވެގެންދާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކޮމިޓީ ރިޕޯޓަށް ހުށަހެޅި އިސްލާހަކީ، ސަރުކާރުން ބަންޑާރަނައިބު ބިލު ހުށަހެޅުއްވި، މަގުސަދު ގެއްލޭގޮތަށް ހުށަހެޅި އިސްލާހެއް ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، އިސްލާހު ހުށަހެޅުއްވި މެމްބަރަށްވެސް އެ މެމްބަރު އެ ހުށަހެޅުއްވި އިސްލާހުގައި ބުނާ އެއްޗެއް ފަހުމް ނުވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ދެއްވި ގޮތަށް ތަޅުމަށް ހުށަހެޅުއްވިކަމަށް މެމްބަރު ވިދާޅުވެފައިވާ ކަމަށެވެ. މިކަމަށް ޕީޖީ މެމްބަރުން ހެކިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، ކޮމިޓީ ރިޕޯޓަށް ހުށަހެޅި އިސްލާހު އެގޮތަށް ފާސްވެއްޖެނަމަ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ބިލަށް ގެނައި ބަދަލުތައް ނަފީވެގެންދާނެ ކަމަށެވެ. އިންތި ވިދާޅުވި، މިހާރު އަނެއްކާވެސް ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވާއިރު، އަދިވެސް ރަނގަޅު އިސްލާހެއް އައިސްފިނަމަ އެކަންވެސް ބަލައިގަންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2018

12 މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ހުށަހަޅައި އެންޓި-ޑިފެކްޝަން ބިލް ކޮމިޓީން ފާސްކޮށްފި

13 މާރިޗު 2018
12 މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ހުށަހަޅައި އެންޓި-ޑިފެކްޝަން ބިލް ކޮމިޓީން ފާސްކޮށްފި
05 މާރިޗު 2018

އީސީއަށް އައްޔަން ކުރުމަށް ޝަރީފްގެ ނަން ކޮމިޓީން ފާސްކޮށްފި

05 މާރިޗު 2018
އީސީއަށް އައްޔަން ކުރުމަށް ޝަރީފްގެ ނަން ކޮމިޓީން ފާސްކޮށްފި
22 އޯގަސްޓު 2017

މުންދުއަށް ކޮމިޓީން ރުހުންދީފި، އިދިކޮޅު މެމްބަރުން ވިދާޅުވީ ނިންމުން ސައްހަ ނޫން ކަމަށް

22 އޯގަސްޓު 2017
މުންދުއަށް ކޮމިޓީން ރުހުންދީފި، އިދިކޮޅު މެމްބަރުން ވިދާޅުވީ ނިންމުން ސައްހަ ނޫން ކަމަށް
10 އޯގަސްޓު 2017

އަނަސްގެ މަރުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީން ބޭރުކޮށްލައިފި

10 އޯގަސްޓު 2017
އަނަސްގެ މަރުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީން ބޭރުކޮށްލައިފި
12 ޖޫން 2017

ތެލުން ޑިއުޓީ ކުޑަކުރާ އިސްލާހު ކޮމިޓީން ފާސްކޮށްފި

12 ޖޫން 2017
ތެލުން ޑިއުޓީ ކުޑަކުރާ އިސްލާހު ކޮމިޓީން ފާސްކޮށްފި
09 އެޕްރީލު 2017

42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

09 އެޕްރީލު 2017
42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި
31 މާރިޗު 2017

ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން

31 މާރިޗު 2017
ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން
21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް