Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އަލަށް އުފައްދާ ޕާޓީތަކަށް ކުރިއަށް ދެވިދާނެތަ؟

28 ޖުލައި 2021 | ބުދަ 12:59

ސިޔާސީ ޕާޓީތައް ބައިބައިވެ އިތުރު ޕާޓީތައް ވުޖޫދުވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 ޖުލައި 2021 | ބުދަ 12:59
އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތް

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތް

ރާއްޖޭގެ ޑިމޮކްރަސީގެ މުޅިން އައު ބާބެއް ފެށިގެން ދިޔައީ 2008 ވަނަ އަހަރުއެވެ. ޒަމާނުއްސުރެ އަމަލުކުރަމުން އައި ނޫ ގާނޫނޫއަސާސީ މާޒީގެ ތެރެއަށް ދޫކޮށްލުމަށްފަހު ދިވެހިން ހިފީ، ފެހި ގާނޫނުއަސާސީގައެވެ. ވެރިކަން ކުރަމުން އައި ނިޒާމު ރިޔާސީ ނިޒާމުގެ ތެރެއިން ޕާޓީ ނިޒާމު ތައާރަފުކުރިއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ޑިމޮކްރަސީގެ ޅަފަތުގައި އޮތް މިގައުމުގައި، ވެރިކަމުގެ ހުވަފެން ދެކެމުން ވުޖޫދުވި ޕާޓީތައް ވަރަށް ގިނައެވެ. ޕާޓީތައް ވުޖޫދުވުމަށްފަހު ވެރިކަން ހޯދުމަށް މަސައްކަތްކުރި މަންޒަރުވެސް ފާއިތުވި 13ވަރަކަށް އަހަރުގެތެރޭގައި ފެންނަން އެބައޮތެވެ. އެހެންނަމަވެސް ވެރިކަމުގެ ހުވަފެނުގައި ކުލަ ނުޖެހި ބައެއް ޕާޓީތަކާއި ޕާޓީތަކުގެ ލީޑަރުންވެސް ވަނީ ގެއްލިފައެވެ. މީގެ ބައެއް މިސާލުތަކަށް ބާލާއިރު، އޭރު ސިޔާސީ މަސްރަހުގައި އެންމެ ކުރީގައި އުޅުއްވި ބައެއް ބޭފުޅުން އުފެއްދެވި ސިޔާސީ ޕާޓީތައްވެސް ހިމެނެއެވެ. ޑރ.ހަސަން ސައީދު އިސްވެ ހުންނަވައި އުފެއްދެވި ދިވެހި ގައުމީ ޕާޓީއާއި، އުމަރު ނަސީރު އުފެއްދެވި އައިޑީޕީ މިގޮތުން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ޑިމޮކްރަސީގެ ހަލަބޮލި ކަނޑުގައި މިހާތަނަށް ކިރިޔާވެސް ހިފަހައްޓާލެވުނީ ތިން ޕާޓީއަކަށޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެއީ އެންމެ ފުރަތަމަ އުފެދުނު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި، ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއެވެ. އެހެންނަމަވެސް އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި މިހާރުވެސް 10 ސިޔާސީ ޕާޓީއެއް އެބައޮތެވެ.

ބައެއް ޕާޓީތަކަކީ، އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީތައް ބައިބައިވެގެން އުފެދުނު ޕާޓީތަކެވެ. އެގޮތުން 2005ވަނަ އަހަރު އުފެދުނު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ދެބައިވެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސް (ޕީޕީއެމް) އުފެދުނެވެ. ޕީޕީއެމް ދެބައިވެ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުފެދުނެވެ.

މިހާރު ސިޔާސީ ޕާޓީ އުފެއްދުންވެސް މިއީ ހަވީރު ސަޔަށް މީހުން އެއްކުރުން ކަހަލަ ކަމަކަށް ވަނީ ވެފައެވެ. މީގެ ދެ އަހަރު ކުރިއަށް ޖެހިލާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ޕާޓީތަކަށް ހަރަކާތްތެރިވުމުގެ ފުރުސަތު އޮތީ ގެއްލިފައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ޕާޓީ ތަކުގެ ވެރިން ތިއްބެވީ ޖަލުގައެވެ. ހަގީގަތަކީ، ރައީސް ޔާމީން ފިޔަވައި މިގައުމުގައި އިތުރު އެއްވެސް ލީޑަރަކު ވެރިކަމަށް ވަޑައިގަތުމުގެ ހުވަފެން ދުށުންވެސް މަނާ ކަމަކަށް އޮތީ ވެފައެވެ. އެހެންކަމުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިދިކޮޅަށް ހަރަކާތްތެރި ވުމުގެ ފުުރުސަތު އޮތީ ގެއްލިފައެވެ.

ލިބިފައި އޮތް ހަނި ފުރުސަތު ތަކާއެކުވެސް އެމަނިކުފާނަށް ދެވަނަ ދައުރެއްދޭން ބޭނުންނުވެ، އެހެން ހުރިހާ ސިޔާސީ ލީޑަރުން އެކައްޗެއް ކިޔައި، ވެރިކަމަށް އެހެން ބޭފުޅަކު ހޮވީއެވެ. އެއާއެކު ސިޔާސީ މަސްރަހު ހަލަބޮލިވެ، އައު ސިޔާސީ ޕާޓީތައް އުފެދެން ފުރުސަތު ފަހިވީއެވެ. އެހެންކަމުން 2018ވަނަ އަހަރުން ފެށިގެން މިހާތަނަށް ދަފްތަރުގައި އިތުރު 4 ސިޔާސީ ޕާޓީއެއް އެބައޮތެވެ.

މިހާރުވެސް އަނެއްކާ މިވަނީ އައު ސިޔާސީ ޕާޓީތައް ވުޖޫދުވާން އުޅޭކަމުގެ އަޑު ގަދަވެފައެވެ. މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ، ކުރީގެ ޑިފެންސް މިނިސްޓަަރ، އަދި މިހާރުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އިސްހުންނަވާ، އުފައްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީއެވެ. މިޕާޓީ ވުޖޫދުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ ތިއްބަވައިގެންނެވެ.

މި ޕާޓީ ވުޖޫދު ވަނީ، މުހިއްމު ދަނޑިވަޅެއްގައެވެ. ގައުމު ސިޔާސީ ހަލަބޮލިކަމެއްގައި އޮތް ދުވަސްވަރެއްގައެވެ. ރައީސް ސާލިހުގެ ދައުރު ދެބައިވެ، ރިޔާސީ އިންތިޚާބުގެ ފޯރިވެސް ގަދަ ވާން ފަށާފައިވާ ދުވަސްވަރެއްގައެވެ. މިއީ ވެރިކަމަށް ވަޑައިގަތުމަށް ޕާޓީތަކުގެ ލީޑަރުން އަތުކުރި އޮޅާލައްވާ ދުވަސްވަރެވެ.

2023ގެ ރިޔާސީ ރޭހަށް ނަޒަރު ހިންގާލާއިރު، އިދިކޮޅު ޕީޕީއެމްގެ ލީޑަަރު، ކުރީގެ ރައީސް ޔާމީން ހުންނެވީ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްގައެވެ. އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ނިމުމެއް ނާދެއެވެ. އެހެންކަމުން ރިޔާސީ ރޭހުގައި އެމަނިކުފާނު ވާދަކުރެއްވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.

އެމްޑީޕީއަށް ބަލާއިރު އެ ޕާޓީ ތެރޭގައިވެސް އޮތީ ޒާތެއްގެ ކޯޅުން ގަނޑެކެވެ. ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ރިޔާސީ ރޭހުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. 2010 ވަނަ އަހަރު ދަރުބާރުގޭގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވަނީ، ޕާޓީގެ ކެންޑިޑޭކު ރައީސް ކަމަށް އިންތިޚާބު ވެއްޖެ ނަމަ ދެވަނަ ދައުރެއްގެ ޓިކެޓް ކަށަވަރުވާނެ ކަމަށް ނިންމާފައެވެ. އެހެންނަމަވެސް މިހާރު އެ ނިންމުން މިހާރު އެއްވެސް ލިޔެ ކިޔުމަކުން ފެންނަން ނެތެވެ. . އަދި ޕާޓީގެ އަސާސީ ގަވާއިދުގައިވެސް އެކަން އެހެން ހިމަނާފައި ނެތެވެ.

މިފަދަ ދަނޑިވަޅެއްގައި ކާނަލް ނާޒިމް އިސްވެ ހުންނަވާ އުފައްދަވާ އެމްއެންޕީއަކީ ކުރިޔަށް އޮތްތަނުގައި، ފުރުސަތުތަކެއް ލިބިގެން ހިގައިދާނެ ޕްލެޓްފޯމެއް ކަމަށް ބެލިދާނެތޯއެވެ. ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް ބޭނުންވަނީ ހަރުދަނާ ލީޑަރޝިޕެކެވެ. މިކަން ސިޔާސީ ޕާޓީތަކުގެ ކުރު މާޒީއަށް ބަލައިލުމުން ފެންނާނެއެވެ. މިއަދާ ހަމައަށްވެސް ސިޔާސީ މަސްރަހުގައި ހިފަހައްޓާލެވުނީ، ޕާޓީގެ މެމްބަރުން ގޮވައިގެން ކުރިއަށްދާން ދަންނަ ލީޑަރޝިޕް އޮތް ޕާޓީ ތަކަށެވެ.

ޕާޓީތައް އުފެއްދުމުގައި، ފޯރިއާއި ޖޯޝުގައި އުއްމީދާއެކު އެތައްބަޔަކު މަސައްކަތް ކުރިކަމުގައިވިޔަސް، ޕާޓީތައް ވުޖޫދުވެ، ސިޔާސީ މައިދާނުގައި ދާނެ މިސްރާބު އޮޅި، ހިންގާނެ ލީޑަރެއް ނެތުމުން ކުރިއަށްދާތަން ނުފެނެއެވެ. އެހެންކަމުން އަލަށް އުފެދޭ ސިޔާސީ ޕާޓީތަކަށް ސިޔާސީ މަސްރަހުގައި ކޮޅަށް ހުއްޓިލެވޭނެބާއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2018

ގޭގައި ތިބެގެން އާމްދަނީ ހޯދާ މީހުން: އުފައްދާ ތަކެތި ވިއްކާނެ މާކެޓެއް ނެތް

22 އޮކްޓޯބަރު 2018
ގޭގައި ތިބެގެން އާމްދަނީ ހޯދާ މީހުން: އުފައްދާ ތަކެތި ވިއްކާނެ މާކެޓެއް ނެތް
06 އޮކްޓޯބަރު 2018

އިންތިހާބީ ރައީސް ސޯލިހަށް ކުރިއަށް އޮތީ އުދަނގޫ ދުވަސްތަކެއް!

06 އޮކްޓޯބަރު 2018
އިންތިހާބީ ރައީސް ސޯލިހަށް ކުރިއަށް އޮތީ އުދަނގޫ ދުވަސްތަކެއް!
23 އޯގަސްޓު 2018

ބެރަށް ފައި ހަމަކޮށް، ކުރިއަށްގެންދާ ގަމު ކޯޑި ކުޅިވަރު

23 އޯގަސްޓު 2018
ބެރަށް ފައި ހަމަކޮށް، ކުރިއަށްގެންދާ ގަމު ކޯޑި ކުޅިވަރު
06 އޯގަސްޓު 2018

ދައުލަތުގެ ފައިސާ އިން ކުރާނެ ނުކުރާނެ ކަމެއް ނޭނގިފައި، އެންމެ ފަހުން ކައިވެނި ޕާޓީތަކަށް ހަރަދު ކުރަނީ!؟

06 އޯގަސްޓު 2018
ދައުލަތުގެ ފައިސާ އިން ކުރާނެ ނުކުރާނެ ކަމެއް ނޭނގިފައި، އެންމެ ފަހުން ކައިވެނި ޕާޓީތަކަށް ހަރަދު ކުރަނީ!؟
26 ޖުލައި 2018

ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން

26 ޖުލައި 2018
ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން
02 ޖުލައި 2018

އެމްޑީޕީގެ ކެމްޕެއިން: ސްޓައިލް ފައްކާ، އެހެން ޕާޓީތަކަށް ވެސް ކަމުދޭ!

02 ޖުލައި 2018
އެމްޑީޕީގެ ކެމްޕެއިން: ސްޓައިލް ފައްކާ، އެހެން ޕާޓީތަކަށް ވެސް ކަމުދޭ!
18 ފެބުރުއަރީ 2018

އެމްޑީޕީ އިން ރައީސް ނަޝީދު، ޖޭޕީ އިން ގާސިމް: އިދިކޮޅު ޕާޓީތަކަށް ގޮތެއް ނިންމޭނީ ކޮން އިރަކުން؟

18 ފެބުރުއަރީ 2018
އެމްޑީޕީ އިން ރައީސް ނަޝީދު، ޖޭޕީ އިން ގާސިމް: އިދިކޮޅު ޕާޓީތަކަށް ގޮތެއް ނިންމޭނީ ކޮން އިރަކުން؟
02 ފެބުރުއަރީ 2018

މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟

02 ފެބުރުއަރީ 2018
މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟
24 އޯގަސްޓު 2017

ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

24 އޯގަސްޓު 2017
ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!
24 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް