Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަޟްޙާ ޢީދު

ބެރަށް ފައި ހަމަކޮށް، ކުރިއަށްގެންދާ ގަމު ކޯޑި ކުޅިވަރު

ކޯޑި ނެރެ ދައްކާލުމަށްފަހު ފިރިހެންވެރިން ރުކެއްގައި ކޯޑި އެލުވަނީ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 23 އޯގަސްޓު 2018 | ބުރާސްފަތި 13:38
ލ.ގަމު މަތިމަރަދޫ އަވަށުގެ ކޯޑި ކުޅިވަރުގެ ތެރެއިން

ލ.ގަމު މަތިމަރަދޫ އަވަށުގެ ކޯޑި ކުޅިވަރުގެ ތެރެއިން

ކޯޑި އޭ ބުނުމުން އެއީ ކޯއްޗެއް ކަން ބައެއް މީހުންނަން ނޭގިދާނެއެވެ. އަޟްހާ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ބައެއް ރަށްތަކުގައި ކުރިއަށް ގެންދާ ސަގާފީ ކުޅިވަރުތަކުގެ ތެރެއިން "ކޯޑި ކުޅިވަރު" އަކީ އެންމެ ހާއްސަ ކުޅިވަރެއެވެ. ހައްދުންމަތީގެ ގިނަ ރަށްތަކުގައި އަޝްހާ އީދު ހާއްސަ ވަނީ ކޯޑި ކުޅިވަރާ އެކުގައެވެ.

ކޯޑިއަކީ އަޝްހާ އީދުގެ ތިން ވަނަ ދުވަހުގައި ފިރިހެންވެރިން ތައްޔާރުކުރާ އެއްޗަކެއެވެ. ރުކުގެ ފަންބޭނުންކޮށްގެން، ތައްޔާރުކުރާ ކޯޑިގައި ފަނުން ދޫނި ފަދަ ތަކަތި އެލުވާފައި ހުރެއެވެ. ބައެއް ރަށްތަކުގައި މިހާރު މިކަން ކުރަނީ އެކި ވައްތަރު ވައްތަރުގެ ރީތި ކަރުދާހުން އެއްޗެހި ހަދައިގެންނެވެ. އެހެންނަވެސް ގަމުގެ ކޯޑި އަދިވެސް ތައްޔާރުކުރަނީ އިހުޒަމާނުގައި އެކަން ކުރާ ގޮތަށެވެ.

ލ.ގަމު މަތިމަރަދޫ އަވަށުގެ ކޯޑި ކުޅިވަރުގެ ތެރެއިން

ކޯޑި ހެދުމަށްފަހު ގަމު މަތިމަރަދޫ އަވަށު ފިރިހެންވެރިން ކޯޑި ހިފައިގެން ނުކުންނަނީ ބެރަށް ފައި ހަމަކުރަމުންނެވެ. ކޯޑި ޖަހަން ފިރިހެން ވެރިން ރަށުގެ މަގުތަކުގައި ހިނގާއިރު، ކޯޑި ކުޅިވަރަށް ހާއްސަކޮށްފައިވާ އިހުގެ ކޯޑި ލަވަތައް ކިޔައެވެ. ބޮޑުބެރާއިއެކު ކޯޑި ހިފައިގެން ހިނގާއިރު ބައެއް ފިރިހެންވެރިން ބެރަށް ފައި ހަމަކުރުއެވެ. ކޯޑި ނެރެ ދައްކާލުމަށް ފަހު މަތިމަރަދޫ އަވަށުގައި ކޯޑި އެއަވަށުގެ އަންހެންވެރިންގެ ބޮލުގައި ޖަހައެވެ. "ކޯޑިއޯ" އޭ ކިޔާފައެވެ. އެއީ ޒަމާނުންސުރެ މިކަން ކުރާ ގޮތެއެވެ.

ލ.ގަމު މަތިމަރަދޫ އަވަށުގެ ކޯޑި ކުޅިވަރުގެ ތެރެއިން

ކޯޑި ނެރެ ރަށުގެ ބައެއް މަގުތަކުގައި ކޯޑި ހިފައިގެން ހިނގުމަށް ފަހު، ފިރިހެން ވެރިން ބިލައްދަފި ނަގެއެވެ. އެއަށްފަހު ރަށުގެ ކުދި ބޮޑު އެންމެން ކުރިމަތީގައި ކޯޑި ރުކެއްގައި އެލުވައެވެ. ދެން އޮންނާނީ ރަށުގެ އަންހެންވެރިން އެ ކޯޑި ކަނޑާނެ ފިރިހެނެއް ހޯދުމެވެ. އަންހެވެރިން ކޮންމެ ގޮތެއް ހަދާފައި ވެސް ކޯޑި ކަނޑާނެ މީހެއް ހޯދާނެއެވެ. ކޯޑި ކަނޑާލުމުން ފިރިހެންވެރިން ކޯޑި ޝަރީއަތް ކުރިއަށް ގެންދާނެއެވެ. ކޯޑި ކެނޑި މީހެއް ހޯދުމަށެވެ. ޝަރީއަތުން ކޯޑި ކެނޑި މީހާއަށް އަދަބެއްގެ ގޮތުން އެނާގެ ގައިގައި އަޅިދެލިން ކުރެހުމަށްފަހު ރަށުގެ މަގުތަކުގައި ގަން ހިންގުމަށް ހުކުމް ކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރޮފައިލް: ސަލްމާން ރަސްގެފާނު

ޕްރޮފައިލް: ސަލްމާން ރަސްގެފާނު

17 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017
ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!

ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!

26 ފެބުރުއަރީ 2017
ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!

ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!

07 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު