Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން

އިބޫ އާއެކު ރަނިންގމޭޓް ފައިސަލް ނަސީމް ބައިވެރިވަޑައިގެންނެވި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 26 ޖުލައި 2018 | ބުރާސްފަތި 12:12
އިބޫގެ ކެންޑިޑެސީ ފޯމު ހުށައެޅުމަށް އިންތިޒާމް ކުރި ހާއްސަ ރަސްމިޔާތުގެ ތެރެއިން

އިބޫގެ ކެންޑިޑެސީ ފޯމު ހުށައެޅުމަށް އިންތިޒާމް ކުރި ހާއްސަ ރަސްމިޔާތުގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ކުރިއަށް ފިޔަވަޅެއް އެޅިއްޖެއެވެ. އެތައް ދުވަސްތަކަށް ފަހުގައެވެ. ސަފުތައް އޮތީ ބަދަހި ކަމާއި އެކުގައެވެ. ގުޅިފައިވާ ހަތަރު ޕާޓީގެ ދިދަ ވިހުރަމުން އެބޭފުޅުން ހިންގަވާފައި ވަޑައިގެންނެވީ އިލެކްޝަން ކޮމިޝަނަށެވެ. ފުލުހުންގެ ހުރަސް އެޅުމެއް ނެތިއެވެ. އަނިޔާވެރިކަމާއި ދެކޮޅަށް ޕާޓީތަކުން ފެށި މައްސައްކަތަށް މިއަދު ވެސް ބޮޅެއް އިތުރުވީއެވެ. ކާމިޔާބީގެ ބޮޅެކެވެ. ހައްގުތައް ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ. އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ދެކިވަޑައިގަންނަވާ ގޮތުގައި މިއީ ކުރިއަށް އެޅުނު ފިޔަވަޅެކެވެ.

ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އިބޫ އާއި ފައިސަލް އަދި އިދިކޮޅު އިއްތިހާދުގެ ޕާޓީތަކުގެ އެހެން ވެސް ލީޑަރުން ވަޑައިގަންނަވާފައިވަނީ ހިންގަވައިފަ އެވެ. އިދިކޮޅު މައި ޕާޓީގެ އޮފީސް ދޮރުމަތިން ފެށި ރަސްމިއްޔާތުގައި އިދިކޮޅު އިއްތިހާދުގެ ޕާޓީތަކުގެ އިސްބޭފުޅުން ތިއްބެވީ އެ ޕާޓީތަކުގެ ކުލަތައް ރަމްޒްކޮށްދޭ ދިދަތައް ހިއްޕަވައިގެންނެވެ. އޭގެ ތެރޭގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫނު ތަމްސީލު ކުރައްވާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގެ ވާހަކަ ދައްކަން ފެށުމާއި އެކު ސަރުކާރުން އެކި ގޮންޖެހުންތައް ކުރިމަތިކުރިވި ކަމަށެވެ. އެހެން ނަމަވެސް މިއަދު ގޮންޖެހުންތައް ގިރާކުރެވޭނެކަން ޕާޓީތަކުން ސާބިތު ކޮށްދެމުންދާ ކަމަށް ހަސަން ވިދާޅުވިއެވެ.

އިބޫގެ ކެންޑިޑެސީ ފޯމު ހުށައެޅުމަށް އިންތިޒާމް ކުރި ހާއްސަ ރަސްމިޔާތުގެ ތެރެއިން

"އެންމެ ފުރަތަމަ ސަރުކާރުން ވިދާޅުވީ އަޅުގަނޑުމެންނަކަށް އެއް ކެނޑިޑޭޓެއް ނުނެރެވުނޭ، އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއް ކެނޑިޑޭޓް ނެރެ އެހެރީ ދައްކާފަ، ދެން އެހެން ވިދާޅުވި އެބޭފުޅުން ވިދާޅުވާ ގޮތް ނޫން ގޮތަށް، އަޅުގަނޑުމެން ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން، މިއަދަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓްގެ ފޯމް އިލެކްޝަން ކޮމިޝަނަން ހުށައަޅާ ދުވަސް" ހަސަން ލަތީފް ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓްގެ ކެންޑިޑެންސީ ފޯމު ހުށަހަޅަން ވަޑައިގެންނެވިއިރު، ޖަޒީރާވަންތަ ދިވެހިރާއްޖޭގެ ސަޤާފަތް ރަމްޒު ކޮށްދޭ ބޮޑުބެރުގެ ހަރަކާތްތަކެއް ވެސް ފެނިގެން ގޮސްފައިވެއެވެ. އަދި މި ހަރަކާތައް ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހި ސަރުކާރުގެ ގޮންމުށުގެ ބާރުގެ ދަށުގައި ދެން އިތުރު މިނިވަން ދުވަހެއް ނާންނާނެ ކަމަށެވެ.

އިބޫގެ ކެންޑިޑެސީ ފޯމު ހުށަހެޅުމަށް އިންތިޒާމް ކުރި ހާއްސަ ރަސްމިޔާތުގެ ތެރެއިން

" އަޅުގަނޑު މި ދަންނަވަނީ އޭގެ ލަފްޒުތަކުގެ މާނަ ނުހިމެނޭ ގޮތަށް، މާތް ﷲ ގެ ހެޔޮރަހުމަތް ފުޅުން އިރާދަކުރެއްވިއްޔާ ރާއްޖެ މި އަންނަ އަހަރު ބައްދަލު ކުރާނީ ޙަގީގީ މިނިވަން ދުވަހަކާއި އެކީގައި، ހަގީގީ ރައްޔިތުންގެ ވެރިކަމެއް ގާއިމްވެގެން، އަޅުގަނޑުމެންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި ރައްޔިތުންގެ ހައްގުތައް އިޔާދަވެގެންދާތަން ފެންނަން" ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ސޯސަންމަގުން ފެށި މި ރަސްމިއްޔާތު ނިންމާލާފައި ވަނީ ބުރުޒު މަގުން ކުރިއަށް ގޮސް އިލެކްޝަން ކޮމިޝަން ކުރި މައްޗަށެވެ. އިބޫ އާއި ފައިސަލް ހިންގަވާފައި ވަޑައިގެންނެވިއިރު، މަގުތަމިން ހިނގާފައި ދިޔަ އެތައް ބައެއް އިބޫއަށް މަރުޙަބާ ދެންނެވިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ މިއަދަކީ ވައްކަމާއި ކޮރަޕްޝަނުން ރައްޔިތުން ސަލާމަތް ވުމަށް ބިންގާ އަޅާލި ދުވަސް ކަމަށެވެ.

އިބޫގެ ކެންޑިޑެސީ ފޯމު ހުށައެޅުމަށް އިންތިޒާމް ކުރި ހާއްސަ ރަސްމިޔާތުގެ ތެރެއިން

"އަޅުގަނޑު އެދެނީ ހުރިހާ ދިވެހި ރައްޔިތުން ވެސް ނުކުމެވަޑައިގެން 23 ސެޕްޓެމްބަރ ގައި، ހަމަ ހެޔޮފާހަގަ އިބްރާހިމް މުހައްމަދު ސޯލިހަށް ޖައްސަވާ ދެއްވުމަށް ، އިރާދަ ކުރެއްވިއްޔާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިކުރާ މަސައްކަތުން އަޅުގަނޑުމެންނަން މިރާއްޖެ ސަލާމްތް ކުރެވޭނެ" މާރިޔާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު މިއަދު ރައީސް މައުމޫން އަރިހުގައި މަސައްކަތް ކުރައްވާ ނާދިރާ ވިދާޅުވީ ރައީސް މައުމޫން ދެން ވެސް ރައީސް ޔާމީންނަން ތާއީދު ނުކުރައްވާނެ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް މިއަދު ކުރިއެރުން ލިބޭކަން ނާދިރާ ފާހަގަ ކުރެއްވިއެވެ.

"ސަރުކާރުން ހިންގަވަމުންދާ ޖަރީމާތަކުގެ ތެރެއިން ރައީސް މައުމޫން އެވަނީ ޖަލުގައި ބަންދު ކޮށްފަ، ވަރަށް ސާބިތުކަމާއި ސާފުކޮށް ރައީސް މައުމޫން ވިދާޅުވެއްޖެ، ތިމަންނަ ޔާމީނަކަށް ތާއީދެއް ނުކުރައްވާނަމޭ، އެހެންވީމަ އެކަން އެއޮތީ ވަރަށް ސާފުކޮށް އެނގިފަ، ރައީސް ޔާމީނަކަށް ތާއީދެއް ރައީސް މައުމޫނެއް ދެނެން ނުކުރައްވާނެ" ނާދިރާ ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ވަޑައިގަތުމުން އެދެބޭފުޅުންނަށް މަރުޚަބާ ދެންނެވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފެވެ. އިބޫގެ ކެންޑިޑެސީ ފޯމާއި ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފެވެ. ޝަރީފާއެކު އިލެކްޝަންސް ކޮމިޝަނުގެ އެހެން މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިބޫގެ ކެންޑިޑެސީ ފޯމު ހުށައެޅުމަށް އިންތިޒާމް ކުރި ހާއްސަ ރަސްމިޔާތުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ މިނިވަން ދުވަހު ދިވެހި ރައްޔިތުންނަން ލިބެމުން މިދަނީ އުފާވެރި އުންމީދުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީތަކުގެ ހަރާކާތްތައް ވަރަށް ކުރިއަށްދާނެ ކަމަށް ސައުދު ހުސެއިން ވިދާޅުވިއެވެ.

"ހަތަރު އަހަރަށް ފަހުގައި މިގޮތަށް މާލޭގައި ހިނގާލަން ފުރުސަތު މިލިބުނީ، އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަނީ މިއަދަކީ މިނިވަން ދުވަހުގެ އުފާ ދިވެހި ރައްޔިތުން ލިބިގަންނަން ބޭނުންވެފައި އޮތް ދުވަހެއްގައި، ހިނގާލުމުގެ މިނިވަންކަން މިއަދު ލިބިގެން ދިއުމަކީ ވެސް ސަރުކާރު ބަލިވަމުންދާ ކަމުގެ ސިގުނަލެއް ކަމަށެވެ.

ފޯމް ހުށައެޅުންވުމަށް ފަހު އިބޫ ހިންގަވާފައި ވަޑައިގެންނެވީ މި ކެމްޕެއިންގައި އެންމެ ފުރަތަމަ ހުޅުވި ހުވަދޫ އަޓިގެޔާ ޖަގައަށެވެ. އެ ޖަގަހައިގައި ހުންނަވައިގެން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އާދަމް އާޒިމް ވިދާޅުވީ ކާނަލް ނާޒިމް އަށް ތާއީދުކުރައްވާ ހުރިހާ ރައްޔިތުން ވެސް އަނިޔާވެރިކަމާއި ދެކޮޅަށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ.

"ކާނަލް ނާޒިމްގެ ފަރާތުން ވެސް އަޅުގަނޑު އެދޭ ކަމަކީ، އާއިލާގެ ފަރާތުން ވެސް އެދޭ ކަމަކީ އަދި ޖަލުތަކުގައި ބަންދުވެފައި ތިބި އެންމެ ބޭފުޅުންގެ ފަރާތުން ވެސް އެދޭ ކަމަކީ، ރައީސް ޔާމީން ދުރުކުރުމަށް ކުރާ މަސައްކަތް ކޮށްދެއްވާށޭ، މިއަދު ބިރުގަންނާނެ ކަމެއް ނެތް" އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން ދެން އަޅުއްވާނީ ކޮން ފިޔަވަޅެއް؟

ރައީސް ޔާމީން ދެން އަޅުއްވާނީ ކޮން ފިޔަވަޅެއް؟

03 ޖުލައި 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު