Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން ދުވަސް

ދިވެއްސަކަށް ވިތީ ފަޚުރުވެރިވާންވީ ސަބަބުތައް ދިވެހީންނަށް އެނގެންޖެހޭ- ޝަމީމް

27 ޖުލައި 2021 | އަންގާރަ 10:44

ދިވެހި ރާއްޖޭގެ ޚާއްސަ ސިފަތަކާއި ގައުމިއްޔަތުގެ އަސާސްތަކާއި ދިވެހި ރާއްޖެއަށް ލިބިފައިވާ ރީތި ނަން އެނގެންޖެހޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 27 ޖުލައި 2021 | އަންގާރަ 10:44
ޑރ. އަލީ ޝަމީމް

ޑރ. އަލީ ޝަމީމް

ދިވެއްސަކަށް ވިތީ ފަޚުރުވެރިވާ ސަބަބުތައް ދިވެހީންނަށް ކިޔައިދޭން އެނގެންޖެހޭނެ ކަމަށް އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރ ޑޮކްޓަރ އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.  

ޑޮކްޓަރ ޝަމީމް މިހެން ވިދާޅުވީ މިނިވަން ދުވަހަށް ޚާއްސަކޮށް ރާއްޖެޓިވީން ކުރިއަށްގެންދިޔަ 'މިނިވަން އުފާ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ ކުރީއްސުރެން ދިވެހީންނަކީ އަމިއްލަވަންތަ އަދި ދިވެހީންގެ ކަންކަން އަމިއްލައަށް ނިންމާ ބައެއް ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމް ބިނާކުރުމުގައާއި ވެރިކަން ހިންގުމުގައި ވެސް ދިވެހިން ދިވެހިންގެ މައްޗަށް އަމުރުކުރަމުން އައި ގައުމެއް ކަމަށެވެ.

ދިވެހި ރާއްޖޭގެ ޚާއްސަ ސިފަތަކާއި ގައުމިއްޔަތުގެ އަސާސްތަކާއި ދިވެހި ރާއްޖެއަށް ލިބިފައިވާ ރީތި ނަން ކޮންމެ ދިވެއްސަކަށް އެނގެންޖެހޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. މި މައުލޫމާތަކީ މިހާރުގެ ދަރިވަރުންނަށް އަދި ޒުވާނުންނަށް ދަސްކޮށްދޭންޖެހޭ މައުލޫމާތެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ސެޓެލައިޓް ޓީވީއިން ފެށިގެން ގޮސް މޮބައިލް ފޯނާއި އިންޓަރނެޓުގައި ވަގުތު ހޭދަކުރާ މިންވަރު އިތުރުވެ، އޭގެ ސަބަބުން ކުދިންނަށް ކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑު ވެފައިވާ ކަމަށެވެ. އަދި މިނިވަންކަމަކީ ދިވެހީންނަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަށް ވީ ނަމަވެސް ދިވެހިން އެކަމުގެ މައްޗަށް ސަމާލުކަން އެންމެ އެދެވޭ މިންވަރަށް ނުދެވޭ ކަމަށެވެ.

ޝަމީމް ވިދާޅުވީ މިނިވަންކަމަކީ ރައުސުލްމާލެއްގެ ގޮތުގައި ބަލާއިރު އެންމެ ވަރުގަދަ އެއް ރައުސުލްމާލު ކަމަށެވެ. އަދި ދިވެހީންނަށް ގިނަ ފަހަރު މިނިވަންކަން ތަސައްވަރު ކުރެވެނީ ފަލަސްތީނުގެ މީހުންގެ ވާހަކަ ދެއްކީމާ ކަމަށެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަކީ ގައުމިއްޔަތުގެ ބިންގާ ކަމަށާއި ގައުމިއްޔަތުގެ ފުރަތަމަ އަސާސަކީ ދިވެހިރާއްޖެއަކީ މިނިވަން ގައުމެއް އަދި މިނިވަން ދައުލަތެއްކަން ސާބިތުކޮއްދިނުން ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖެއަކީ ވަރަށް ޝަރަފުވެރި ތާރީޚެއް އޮތް ގައުމެއްކަމަށާއި ދިވެހިރާއްޖެ ވަރުގެ ޝަރަފުވެރި ތާރީހެއް އޮތް ގައުމެއް އިންޑިއާ ކަނޑުގައި ވެސް ނެތް ކަމަށް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ މިކަހަލަ ފަޚުރުވެރި ޖަޒީރާ ގައުމެއް ނެތްކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 އޯގަސްޓު 2019

އެއިމްސް ގައި ހިނގި އަލިފާނުގެ ހާދިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ

17 އޯގަސްޓު 2019
އެއިމްސް ގައި ހިނގި އަލިފާނުގެ ހާދިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ
21 އެޕްރީލު 2019

ބޮން ގޮއްވުމުގެ ހާދިސާގައި އެއްވެސް ދިވެއްސަކަށް މިހާތަނަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ނުލިބޭ

21 އެޕްރީލު 2019
ބޮން ގޮއްވުމުގެ ހާދިސާގައި އެއްވެސް ދިވެއްސަކަށް މިހާތަނަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ނުލިބޭ
18 މާރިޗު 2019

ޓްރިވަންޑްރަމް ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ދިވެއްސަކަށް އަނިޔާ ނުވޭ

18 މާރިޗު 2019
ޓްރިވަންޑްރަމް ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ދިވެއްސަކަށް އަނިޔާ ނުވޭ
15 މާރިޗު 2019

ނިއުޒިލެންޑުގެ މިސްކިތްތަކަށް ދިން ހަމަލާގައި ދިވެއްސަކަށް އަނިޔާއެއް ނުވޭ

15 މާރިޗު 2019
ނިއުޒިލެންޑުގެ މިސްކިތްތަކަށް ދިން ހަމަލާގައި ދިވެއްސަކަށް އަނިޔާއެއް ނުވޭ
24 ޑިސެމްބަރު 2018

ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާވޭ ފަށައިފި

24 ޑިސެމްބަރު 2018
ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާވޭ ފަށައިފި
29 އޮކްޓޯބަރު 2018

ނަޝީދަށް ދަންނަވަނީ ދިވެއްސަކަށް ކިޔާނެ އެންމެ ކުލަގަދަ މަރުހަބާ: އިންތި

29 އޮކްޓޯބަރު 2018
ނަޝީދަށް ދަންނަވަނީ ދިވެއްސަކަށް ކިޔާނެ އެންމެ ކުލަގަދަ މަރުހަބާ: އިންތި
28 އެޕްރީލު 2018

މަރިޔަމް ސައީދު އަވަހާރަވުމަކީ ދިވެހި ޅެންވެރިކަމާއި ދިވެހީންނަށް ލިބިގެންދިޔަ ހިތާމަވެރި ހުސްކަމެއް: ރައީސް ނަޝީދު

28 އެޕްރީލު 2018
މަރިޔަމް ސައީދު އަވަހާރަވުމަކީ ދިވެހި ޅެންވެރިކަމާއި ދިވެހީންނަށް ލިބިގެންދިޔަ ހިތާމަވެރި ހުސްކަމެއް: ރައީސް ނަޝީދު
13 އޯގަސްޓު 2017

ލަންކާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް!

13 އޯގަސްޓު 2017
ލަންކާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް!
23 މެއި 2017

މެޗެސްޓަރގައި ދެވުނު ޓެރެރިސްޓް ހަމަލާއާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވޭ!

23 މެއި 2017
މެޗެސްޓަރގައި ދެވުނު ޓެރެރިސްޓް ހަމަލާއާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވޭ!
01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް