Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްއޭ ސާވޭ

ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ބާއްވާ ސާވޭ ފަށައިފި

24 ޑިސެމްބަރު 2018 | ހޯމަ 11:59

ސާވޭ ކުރިއަށްދަނީ ޑިސެމްބަރ 24 އިން 30 އަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 ޑިސެމްބަރު 2018 | ހޯމަ 11:59
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކޮންމެ ބާއްވާ ސާވޭ ފަށައިފި ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

"ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާރވޭ" ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރ 24 އިން 30ގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި، ކުރިއަށްގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މި ސާރވޭގައި ދަތުރުގެ މައިގަނޑު މަގްސަދު، ދަތުރު ކުރި ގައުމު، ޓިކެޓުގެ ހަރަދު، ކެއުމާއި ހުރުމުގެ ހަރަދު، ބޭސް ފަރުވާއަށް ކުރެވުނު ހަރަދު އަދި ދަތުރުފަތުރަށް ހޭދަވި ހަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ހަރަދުގެ މައުލޫމާތު ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ ޒާތީ އެއްވެސް މައުލޫމާތެއް މި ސާރވޭގައި އެކެއް ނުކުރެވޭނެ ކަމަށާއި އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ދޭކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

ސާރވޭ ކުރެވޭ މުއްދަތުގައި، ދުވާލާއި ރޭގަނޑުގެ ޝިފްޓްތަކަށް ބަހާލައިގެން އެމްއެމްއޭގެ ޓީމްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ސާރވޭއަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެންމެ ފަހުން މިއަހަރުގެ މެދުތެރޭގައި ކުރި ސާވޭއިން ދައްކާ ގޮތުގައި ބޭސްފަރުވާއަށް އަދިވެސް އެންމެ ގިނަ ދިވެހިން ދާ ގައުމަކީ އިންޑިއާ ކަމަށާއި ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނަ ދިވެހިން ދާ ގައުމަކީ ލަންކާ ކަމަށް ވަނީ ތަފާސް ހިސާބުތަކުން ދައްކާފައެވެ.

އެމްއެމްއޭ އިން 2017 ވަނަ އަހަރުކޮށްފައިވާ މޯލްޑިވިއަންސް ޓްރެވެލިންގ އެބްރޯޑް ސަރވޭގައި މުހިއްމު ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރު 6943 ދިވެހިން ރާއްޖެއަށް ދަތުރުކޮށްފައިވާއިރު، ސަރވޭގެ މުއްދަތުގައި މީގެ ތެރެއިން 4220 މީހުންނާ ވަނީ ސަރވޭ ކުރެވިފައެވެ.

ސަރވޭ ކުރެވުނު މުއްދަތުގައި އެންމެ ގިނަ މީހުން ރާއްޖެއިން ބޭރަށް ގޮސްފައިވަނީ ސިއްހީ ހިދުމަތް ހޯދުމަށެވެ. އެގޮތުން 1889 މީހުން ސިއްހީ ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރަށް ގޮސްފައިވާ އިރު ޗުއްޓި ހޭދަކޮށްލުމަށް ރާއްޖެއިން ބޭރުގެ ގައުމުތަކަށް ގޮސްފައިވަނީ 1396 މީހުންނެވެ. އަދި ތައުލީމު ހާސިލް ކުރުމަށް 160 މީހުން ރާއްޖެއިން ބޭރަށް ގޮސްފައިވާ އިރު ވިޔަފާރީގެ ބޭނުންތަކުގައި 122 މީހުންވަނީ ސަރވޭގެ މުއްދަތުގައި ރާއްޖެއިން ބޭރަށް ގޮސްފައެވެ. އެހެނިހެން ބޭނުންތަކަށް 653 މީހުން ވަނީ ރާއްޖެއިން ބޭރަށް ސަރވޭ ކުރި މުއްދަތުގެ ތެރޭގައި ގޮސްފައެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު ޖުމްލަ 4488 މީހުން ސަރވޭގައި ބައިވެރިވި އިރު 2015 ވަނަ އަހަރު ސަރވޭގައި ބައިވެރިވެފައިވަނީ 3861 މީހުންނެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން 2015 ވަނަ އަހަރާ އަޅާ ބަލާއިރު ޗުއްޓީ ހޭދަކުރުމަށްދާ ދިވެހިން ވަނީ 18 ޕަސެންޓް އިތުރުވެފައެވެ. ސިއްހީ ހިދުމަތް ހޯދުމަށްދާ ދިވެހިންގެ އަދަދު 2016 ވަނަ އަހަރަށް ވުރެ 2017 ވަނަ އަހަރު މަދެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް