Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
"ގައުމޭ މިއީ މަގޭ"

ފަނާކުރުވަނިވި އާޑަކިޔުމަށްވުރެ ރަނގަޅީ ބިނާކުރުވަނިވި ފާޑުކިޔުމެވެ!

ކޮޕީ ރާގަކަށް ލަވައެއް ނެރުމަކީ އައު ކަމެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ޖުލައި 2021 | އަންގާރަ 12:55
''ގައުމޭ މިއީ މަގޭ'' - މިނިވަން ދުވަހާ ގުޅިގެން ރާއްޖެޓީވީން އާއްމުކުރި ލަވައެއް

''ގައުމޭ މިއީ މަގޭ'' - މިނިވަން ދުވަހާ ގުޅިގެން ރާއްޖެޓީވީން އާއްމުކުރި ލަވައެއް

އަމިއްލަ ރަށުގެ ޒަމާނީ ފެންވަރުގެ ބަނދަރު ގާއިމުކުރުމަށް ރީތި ގޮނޑުދޮށާއި ދޮންވެލިގަނޑު ނަގާލަން ވަރިހަމައެވެ. އެކަން މައްސަލައަކަށް ނުވިޔަސް ގޮނޑުދޮށުން ވެލި ނަގާނަމަ އެކަން ވަރިހަމައެއް ނުވާނެއެވެ. އަމިއްލަ ގޯތީގައި ބޮޑު އިމާރާތެއް އެޅުމަށް ދުވަސްވެފައިވާ ވެފައިވާ ބޮޑެތި ގަސްތައް ކަނޑާލަނީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. އެކަމަކު މާދުރު ހިސާބަކުން ރުއްތަކާއި ގަސްތައް ނަގައިގެން އެހެން ރަކަށަށް ގެންދާނަމަ ވަރަށް މޭކަރާނެއެވެ. ދަރިފުޅު ދުނިޔެއަށް އުފަންވީއްސުރެ ޓްވިންކަލް ޓްވިންކަލް ލަވައިން ފެށިގެން ދަސްކޮށްދެމުން ގޮސް މަންމަ އާއި ބައްޕަގެ ނަން ވެސް ޒަމާންކޮށްލާފައި މަންމި، ބައްޕި ކިޔުއްވަނީ ވެސް ވަރަށް ފަޚުރުވެރިކަމާއެކުއެވެ. ނަމަވެސް ދިވެހި ބަހުގައި މަންމި، ބައްޕިއަކީ ލަފްޒެއް ވެސް ނޫނެއެވެ.

ދިވެހިން ދިވެހިވަންތަކަން ދެއްކުމުގައި އަނެކުން ކުރާ ކަންކަމަށް ފާޑު ކިޔަމުންދާއިރު، މިހާރު މިވަނީ މިފަދަ ކަމެއް ފެންމަތިވެފައެވެ. މިނިވަން ދުވަހާގުޅިގެން ރާއްޖެޓީވީ ރިލީޒްކުރި ''ގައުމޭ މިއީ މަގޭ'' ލަވަޔަށް ގިނަ ބަޔައެއްގެ ފާޑު ކިޔުން އަމާޒުވެގެންދިޔައެވެ. މިނިވަން ދުވަހު ދިވެހިވަންތަ ލަވައެއް އަމިއްލަ ރާގެއްގައި ނުހެދީ ކީއްވެތޯ ސުވާލުކުރި މީހުން މަދެއް ނޫނެވެ. އަދި މިނިވަން ދުވަހެއްގައި ކޮޕީ ރާގަކަށް ލަވައެއް ނެރުމަކީ ލަދުވެތިކަމެއް ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ. ލަވައާއެކު ބައެއް މީހުން ވަރަށް ގައުމީވަންތަ ވެގެން ދިޔައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ކޮށްފައިވާ މަސައްކަތަކަށް ފާޑު ކިޔަމުންދާއިރު، އެއްބަޔަކު މިނިވަން ދުވަސް ފާހަގަކުރީ ކްލަބް ހައުސްގައެވެ. އަނެއް ބަޔަކު ޕަބްޖީ ކުޅުމުގައެވެ. ދެންތިބި މީހުން ސޯޝަލް މީޑިއާގައި ބޭރުގެ ފަންނާނުންގެ ލަވަތަކާއި އައިޓަމްތައް ޝެއަރކޮށް، ބެލުމުގައެވެ. މިއަހަރުގެ މިނިވަން ދުވަސް ނިމިގެން ދިޔައިރު ގެތަކުގައި ކުޑަ މިނުން ބޮކިފައްޗެއްވެސް އެލުވާލާފައިނެތެވެ. ބޭރަށް ފެންނަ ގޮތަށް ގައުމީ ދިދައެއް ވެސް ދިއްކޮށްލާފައި ނެތެވެ. ކޮވިޑުގެ މި ހާލަތުގައިވެސް މިނިވަން ދުވަހުގެ ފޮނި އިހުސާސް ކޮށްލެވޭނެ ކުޑަވެސް މަގެއް އޮތްނަމަ އެކަން ކުރުން އެންމެރަނގަޅެއް ނޫންބާއެވެ. އެހެންކަމުން މިނިވަން ދުވަހާ ގުޅިގެން ކޮށްފައިވާ މަސައްކަތަށް ފާޑު ކިޔުމަށްވުރެ ބިނާ ކުރަނިވި ޚިޔާލެއް ދިނުން ބުއްދިވެރިއެއްނޫންތޯއެވެ.

''ގައުމޭ މިއީ މަގޭ'' މިލަވައަކީ ސްރީލަންކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ، ޔޮހާނީގެ "މަނިކޭ މަގޭ ހިތޭ" ލަވައިގެ ކޮޕީ އެކެވެ. ސިންހަޅަ ބަހުން ކިޔާފައިވާ މަނިކޭ މަގޭ ހިތޭ ލަވައިގެ އޮރިޖިނަލް ލަވަ ރިލީޒްކޮށްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ސަތީޝާން ކިޔާފައިވާ މިލަވައަށް މިފަހަކުން ބޮޑު ތަރުހީބެއް ލިބިގެންދިޔައީ، ޔޮހާނީ މިލަވައިގެ ކަވަރއެއް ކިޔައި ރިލީޒްް ކުރި ހިސާބުންނެވެ. މިލަވައަށް ދިވެހިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު، ދިވެހި ބަހުން މިލަވަ ކިޔައިދިނުމަށް އެދި ގިނަ ދިވެހިންތަކެއް ވަނީ މީސްމީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ޔޮހާނީ ކައިރީގައި އެދިފައެވެ. ކޮމެންޓްތަކުގައި، ޔޮހާނީ ލައިވް ޓިކްޓޮކްތަކުގައި ދިވެހި ބަހުން މިލަވަ ކިޔައިދިނުމަށް އެދި އާދޭސް ކުރަނީ ދިވެހިންގެ ތެރޭގައި މޮޅު ލަވަ ކިޔުންތެރިއެއް ނެތީމަތޯއެވެ. ދިވެހި މޮޅު ފަންނާނުންގެ އެފަދަ ހުނަރު ނެތްކަމަށް ގަބޫލު ކުރެވެނީބާއެވެ؟

''ގައުމޭ މިއީ މަގޭ''އަށް ފާޑު ކިޔަމުންދާއިރު، މިލަވަ ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެގެންގޮސްފައެވެ. ފޭސްބުކަށް ދޫކޮށްލާފައިވާ މިލަވަ 24 ގަޑިއިރު ނުވަނީސް 3000ށްވުރެ ގިނަ މީހުން ޝެއަރކޮށްފައިވެއެވެ. 120،000ށްވުރެ ގިނަ މީހުން ބަލާފައިވެއެވެ. މިލަވައާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން ޢާމިރު ސަލީމް ބުނެފައިވަނީ، ކޮޕީ ރާނގަކަށް ލަވަ ހެދުމަކީ ރާއްޖޭގައި އައު ކަމެއް ނޫން ކަމަށާއި، ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް ކުރާ ކަމެއް ކަމަށެވެ. މިލަވައިން ވަރަށް ބޮޑު މެޖެސެއް ގައުމަށް ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. ކޮޕީ ރާގަކަށް ލަވަ ހާދައިފައި އޮތް ނަމަވެސް ގައުމު ދެކެ ލޯބިވުމާއި، ގައުމަށްޓަކައި ތިމާޔަށް އޮތް ހައްގު ބުނެދީފައިވެއެވެ. އަދި އެކިއެކި ކުލަތަކުން ގައުމު ބައިބައިނުކޮށް، ފެއްސާއި ރަތާއި ހުދުން، އެއްބައިވަންތަ ކަމަށް އިސްކަން ދިނުމަށް ގޮވާލާފައިވެއެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުއްރައޫފްގެ ކާފަ ދަރިފުޅު އައިކާ ލޫޝަން މިލަވައާ ބެހޭ ގޮތުން ބުނީ ލަވާއާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ނަމަވެސް ރިލީޒްކޮށް ކުޑައިރުކޮޅެއްގެ ތެރޭގައި ބައެއް މީހުން ކިޔާފައިވާ އެއްޗެހިން ވަރަށް އުނދަގޫވި ކަމަށެވެ. ނަމަވެސް މީހުން ކިޔާ އެއްޗެހިއްސަށް ބެލުމަށްނެތި ކުރިއަށްދާނެ ކަމަށް 16 އަހަރުގެ އައިކާ ބުނެފައިވެއެވެ.

ދިވެހިވަންތަ ރީތި ނެށުމެއް ދައްކުވައިދީފައިވާ މިލަވައިގެ ނެށުމުގައި ހަރަކާތްތެރިވެފައިވަނީ ޢާއިޝަތު ހައިފާއާއި އާމިނަތު އައިކާއެވެ. ރެޕްކުރީ މުޙައްމަދު ނާޒިމެވެ. ޢަދްލީ އަޙުމަދު ބެރު ޖަހާފައިވާއިރު، ލަވަ ރެކޯޑްކޮށްފައިވަނީ ހަބޭސް ސްޓޫޑިއޯގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ޕާނީ ޕޫރީ އާއި ގްލާބް ޖާމޫ އާއި އައްޕަތުރޭ ހަމަ ރަނގަޅީ

ޕާނީ ޕޫރީ އާއި ގްލާބް ޖާމޫ އާއި އައްޕަތުރޭ ހަމަ ރަނގަޅީ

09 އޮކްޓޯބަރު 2024
ރާއްޖެއަށް ބޮޑަށް ރަނގަޅީ އިންޑިއާތަ, ނޫނީ ޗައިނާތަ؟

ރާއްޖެއަށް ބޮޑަށް ރަނގަޅީ އިންޑިއާތަ, ނޫނީ ޗައިނާތަ؟

24 ނޮވެމްބަރު 2021
ބިނާކުރުވަނިވި ފާޑުކިޔާ. ނޫންނަމަ އުއްޑުންއޮވެ ކޮނުނު ވަޅުގަނޑަށް ބޯކޮޅުވަތައް ވެއްޓިދާނެ!

ބިނާކުރުވަނިވި ފާޑުކިޔާ. ނޫންނަމަ އުއްޑުންއޮވެ ކޮނުނު ވަޅުގަނޑަށް ބޯކޮޅުވަތައް ވެއްޓިދާނެ!

19 މާރިޗު 2020
ޖޭއެސްސީއަށް ރަނގަޅީ ކޮން މެމްބަރެއް؟

ޖޭއެސްސީއަށް ރަނގަޅީ ކޮން މެމްބަރެއް؟

29 މެއި 2019

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު